ޒަމާން ތަރައްޤީ ވަމުން އަންނަ ވަރަކަށް ކުޑަ ކުދިންގެ ތެރެއިންވެސް ގިނަބަޔަކަށް މައިން ބަފައިންދަނީ ގިނަ ދޫ ތަކެއް ދެމުންނެވެ. އެކުދިންނަށް ޓެބްލެޓް ފަދަ ތަކެތި ގަނެދީ ނުވި ތާކަށް، އިންޓަރނެޓް ބޭނުން ކުރުމުގެ ފުރުސަތުވެސް ދޭން ބޭނުނެ ނުވާ މިންވަރަށް ދެއެވެ.

ކުޑަކުދިން ޒަމާނަށް ހާނުވާ އެކުދިންގެ ސިކުނޑި ތަރައްޤީ ކުރުމަށް އިންޓަރނެޓްއަށް ވަނުމުގެ ފުރުސަތު އެކުދިންނަށް ދިނުމަކީ އެއްވެސް ހާލެއްގައި ނުބައި ކަމެއް ނޫނެވެ. ނަމަވެސް މިގޮތަށް އެކުދިންނަށް މިނިވަންކަން ދޭއިރު، އެކުދިން އުޅޭ ނޫޅޭ ގޮތެއް ބެލުމަކީ މުހިންމު ކަމެކެވެ. ނޫންނަމަ އެކުދިން ތިމާގެ ކްރެޑިކް ކާޑްގެ ބޭނުންކޮށްގެން އިންޓަރނެޓްއިން ކޮންމެފަދަ އެއްޗެއްވެސް ގަނެފާނެއެވެ.

އެމެރިކާގެ ޔުޓަހްގައި ދިރިއުޅޭ އުމުރުން 6 އަހަރުގެ ކައިޓްލިން އޭނާގެ މަންމަގެ އެކައުންޓްއިން މަޝްހޫރު އޮންލައިންކޮށް މުދާ ވިއްކާ ޕްލެޓްފޯމްއެއް ކަމަށްވާ އެމަޒޮންއިން މީގެ ދެދުވަސް ކުރިން 400 ޑޮލަރުގެ ކުޅޭ އެއްޗެހި ވަނީ ގަނެފައެވެ. އެކުއްޖާގެ މައިންބަފައިން ބުނެފައިވަނީ މިކުއްޖާ މިތަކެތި ގަނެފައިވަނީ އޭނާގެ ކޮންޕިއުޓަރއިން ލޮގްއިން ވެގެން ކަމަށާއި މިތަކެތި ގަތްކަން އެނގިފައިވަނީ އެމުދާތައް ގެއަށް ޑެލިވާވުމުން ކަމަށެވެ.

"ޖޮގިން އަށް ގޮސްފައި އައިއިރު މުދާތައް ބާލާ އުޅެނީ. ފަހަރަކު އެއްޗެއް ބާލަމުން ގޮސް މުޅި ޓްރަކް ހުސްކޮށްލީ މިގެޔަށް. އޭރު ނޭނގެ ކާކު އެއްޗެއް ކަމެއް. ކައިޓްލިން ގަނެފައިވާ އެއްޗެއްކަން އެނގުނީ އަހަރެންގެ ނަމުގައި އިނީމަ." ކައިޓްލިންގެ މަންމަ ބުންޏެވެ.

އަހަރެއްގެ މައްޗަށް އެތައް ކުދިންނެއް މިގޮތަށް މަންމަ ނުވަތަ ބައްޕަގެ ކާޑް ބޭނުންކޮށްގެން ތަކެތި ގަންނަ އިރު، މިފަދަ ކަންކަމަކީ ސަމާލުކަން ދޭންޖެހޭ ކަންކަމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާަ

    ރަނގަޅު ގޯހެއްނޫން