ބޭނުންވާނެ ތަކެތި:

ފެން

ކަސްޑަޓް ޕައުޑާ

އައިސްކްރީމް

އޯރިކޯ ކެޑްބަރީ ޗޮކޮލެޓް

ގެރިކިރު

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ފެން ފޮދުގައި ކަސްޑަޓް ޕައުޑާ ރަނގަޅަށް އެއްވަންދެން ގިރާލާނީ އެވެ. އެއަށްފަހުގައި ތެއްޔަށް އެއްކުރި ބައި އަޅާލުމަށް ފަހުގައި ކެއްކުމަށް އުދާނީ އެވެ. ދެން އޯރިކޯ ކެޑްބަރީ ޗޮކޮލެޓް ކޮޅު އަޅާލުމަށް ފަހު މަޑު ގިނީގައި ރަނގަޅަށް އެއްވަންދެން ކައްކާލާނީ އެވެ.

ހުރިހާ އެއްޗެއް ރަނގަޅަށް އެއްވުމުން އައިސް ކްރީމް ކޮޅެއް އަޅުމަށް ފަހު އެއްކޮށްލާނީ އެވެ. އަދި އެންމެ ފަހުން ގެރިކިރު ކޮޅު އަޅާލުމަށް ފަހު ކައްކާލާނީ އެވެ. ރަނގަޅަށް އޮލަވަންދެން ކައްކާލީމަ ރަނގަޅުވާނެ އެވެ.

ކައްކާ ނިންމާލުމަށް ފަހުގައި ފިނިކޮށްލައިގެން ވެސް ކެވިދާނެ އެވެ. ނުވަތަ ހޫނު ކަންމަތީގައި ވެސް ކާލެވޭނެ އެވެ.