ބޮލީވުޑްގެ މަޤްބޫލު ތަރި އިމްރާން ހާޝްމީއާއި މުޅި ދުނިޔެއަށް މަޝްހޫރު ރީތީގެ ރާނީ އަދި ބަތަލާ އައިޝްވާރިޔާއާއި ދޭތެރޭ ރުޅިވެރިކަމެއް އުފެދިފައިވާކަން އެނގެނީ ކިތައް މީހުންނަށްބާ؟ އެ ދެމެދުގައި މާ ބޮޑު ގާތްކަމެއް ނޯންނަ އަދި އެކީގައި ދުވަހަކުވެސް ފިލްމު ކުޅެން ފުރުޞަތު ނުލިބޭ ތަރިން ދޭތެރޭގައި ރުޅިވެރިކަމެއް އޮންނަންވީ ކީއްވެގެންކަމާއި ދޭތެރޭ ސުވާލު އުފެދެއެވެ.

ކުރީގައި ދުޝްމަނުކަމެއް ނެތް މި ދެ ތަރިންގެ ނަފްރަތުގެ ވާހަކައަކީ މާބޮޑަށް ނުދެކެވުނު ވާހަކައަކަށްވިޔަސް، އިމްރާން ހާޝްމީ ބުނާ ގޮތުންނަމަ މި 'ހަގީގީ ހާދިސާ' ގެ ޑައިރެކްޓަރަކީ ހިންދީ ފިލްމު ޑިރެކްޓަރ ކަރަން ޖޯހަރުއެވެ.

ދެން ސުވާލަކީ މި ވާހަކައިގެ ސްޓޯރީލައިންއަށް ކަރަން ވަނީ ކިހިނެއްބާއެވެ؟ މަޝްހޫރު ލޯބީގެ ފިލްމުތައް ޑައިރެކްޓް ކުރަމުންދާ ކަރަންއަކީ އޭނާގެ އަމިއްލަ ޓޯކް ޝޯވ 'ކޮފީ ވިތް ކަރަން' ގެ ހޯސްޓެވެ.

ކަރަން ހޯސްޓްކުރަމުންދާ ސްޓަރ ވޯލްޑް އަދި ސްޓަރ ޕްލަސް އިން ދައްކާ މި ޝޯވގެ އެއް ސީޒަންގެ މެހެމާނަކަށް އެއް ދުވަހެއްގެ އެޕިސޯޑެއްގައި ގެނެސްފައިވަނީ އިމްރާން ޙާނެވެ.

ބެލުންތެރިންގެ ސަމާލުކަން ދަމައިގަތުމަށް ތަފާތު ސުވާލުތައް ކުރުމުގައި ކަރަންއަކީ މޮޅު ހޯސްޓެކެވެ. އެގޮތުގެ މަތިން، ކަރަން ވަނީ އޭނާ ކުރި ސުވާލަކަށް ދޭންވީ ޖަވާބުވެސް އިމްރާނަށް ކިޔާދީފައި ކަމަށް އިމްރާން ބުންޏެވެ. އިމްރާން ބުނީ ކަރަން ވަނީ އައިޝްވާރިޔާއާއި ދިމާލަށް ' ޕްލާސްޓިކް' އަންހެނެކޭ ބުނަން މަޖުބޫރުކޮށްފައި ކަމަށެވެ. ބޮލީވުޑްގައި އެންމެ ޕްލާސްޓިކީ ކޮން ފަންނާނެއްތޯ އެހުމުން އިމްރާން ޖަވާބެއްގެ ގޮތުގައި ދިނީ އައިޝްވާރިޔާގެ ނަމެވެ.

އޭގެފަހުން އިމްރާން ވަނީ އެތަކެއް ޝޯވ އަދި އިންޓަވިއުތަކަށް އަރައި އައިޝްވާރިޔާ ކައިރިން މައާފަށް އެދިފައިއެވެ. ނަމަވެސް، އައިޝްވާރިޔާ އަދިވެސް އޭނާއަށް މައާފް ނުކުރާ ކަމަށް އިމްރާން ބުންޏެވެ.

ފިލްމްފެއަރއަށް ދިން އިންޓަވިއުއެއްގައި އައިޝްވާރިޔާ ބުނީ މިހާތަނަށް މީހަކު އޭނާއާއި ދިމާލަށް ކިޔާފައިވާ އެންމެ ހިތުގައި ޖެހުނު އެއް ލަފްޒަކީ 'ޕްލާސްޓިކް' އޭ ބުނުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުބީނު މާރނީ

    ކަރަން އަކީ "އެކަހަލަ" މީހެއް. ވީމާ އޭނާ ރީތި އަންހެނުން ދެކެ ރުޅިއަރާނެ. ވީމާ މިއީ ކަރަން ހިފާލި ބަދަލެއް. ނަމަވެސް އައިޝްވަރްޔާ ވެސް ވަނީ ޕްލާސްޓިކް ސާރޖަރީ ހަދާފަ.