ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް މި އަހަރުގެ މެޓް ގާލާއަށް 100،000 މުތް ހަރުކޮށްފައިވާ ހެދުމެއް ލައިގެން ގޮސްފި އެވެ. މިއީ އާލިއާ މެޓް ގާލާއަށް ދިޔަ ފުރަތަމަ ފަހަރެވެ.

މެޓް ގާލާއަށް އާލިއާ ބަޓް ދިޔައި ހުދު ކުލައި ބޮޑު ގައުންނެއް ލައިގެނެވެ. އެ ގައުނުގައި ބައިވަރު މުތް ހަރުކޮށްފައި ވެއެވެ. އާލިއާގެ އިސްތަށިގަނޑު ހުރީ ފަހަތަށް ވައްޓާލާފަ އެވެ. އޭނާ ހުރީ ވަރަށް އާދައިގެ މޭކަޕެއް ކޮށްފަ އެވެ. އާލިއާ ހީވަނީ ޕަރީއެއް ކަމަށް ގިނަ ބަޔަކު ދަނީ މީސް މީޑިއާގައި ބުނަމުންނެވެ.

އާލިއާ އޭނާގެ އިންސްޓަގްރާމް ގައި ވަނީ އޭނާގެ މެޓް ގާލާގެ ފެނިލުން އެހާ ފުރިހަމަވީ ސަބަބު ހިއްސާކޮށްފަ އެވެ. އަދި ޑިޒައިނަރު ޕްރަބަލް ގުރޫންގް އަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ. އާލިއާ ކުރި ޕޯސްޓުގައި ބުނެފައިވަނީ ޝެނަލްގެ ބްލައިޑުން ފެނިފައި އޭނާ އަބަދުވެސް އާޝޯހުވާ ކަމަށެވެ. ޑިޒައިނާ ކާލް ލަގަރފެލްޑް އަބަދުވެސް ފަހާ ހެދުންތައް އޭނާއަށް ވަރަށްކަމުދާ ކަމަށް އާލިއާ ބުނެފައިވެއެވެ.

އޭނާ މެޓްގާލާއަށް ލީ ހެދުމަކީ ކާލް ހެދުންތަކުންނާއި 1992 ވަނަ އަހަރުގެ ޝެނަލް ބްރައިޑަލް ލޫކް އިން ނަގާފައިވާ އިންސްޕަރޭޝަނެއް ކަމަށް އާލިއާ ބުނެފައިވެއެވެ. އާލިއާ ބުނެފައިވަނީ އޭނާގެ ހެދުމުގައި އިންޑިއާގެ 100،000 މުތް ބޭނުންކޮށްފައިވާ ކަމަށެވެ. އޭނާ އެކަމަށް ވަރަށް ފަހުރުވެރިވާ ކަމަށް އާލިއާ ބުނެފައި ވެއެވެ.

އެސްއެސް ރާޖަމޯލީގެ ހިޓް ފިލްމު "އާރްއާރްއާރް"ގައި ކުޑަ ރޯލްއެއް ކުޅުމަށްފަހު އާލިއާ މިހާރު ދަނީ "ހަރޓް އޮފް ސްޓޯން" ފިލްމާއެކު އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު ނެރުމަށް ތައްޔާރުވަމުންނެވެ. އޭނާއާ އެކީ މި ސްޕައި ތްރިލަރ ފިލްމްގައި ހޮލީވުޑް ފަންނާނުން ގާލް ގެދޮތް އާއި ޖޭމީ ޑޯނާން ފެނިގެންދާނެއެވެ.

މިހާރު އާލިއާގެ ނަން ވެފައިވަނީ އިންޑިއާގެ ނުފޫޒުގަދަ މީހުންގެ ތެރެއިން އެއް ނަމަކަށެވެ. އެގޮތުން، އޭނާ ވަނީ 'ޓައިމްސް 100'އިން ކޮންމެ އަހަރަކުވެސް ހޮވާ 'އެންމެ ނުފޫޒުގަދަ މީހުން"ގެ ލިސްޓްގައިވެސް ހިމެނިފައިއެވެ.