ޒާމާނުއްސުރެއް ވެސް، ދިވެހިންނަކީ އަބަދުވެސް އީދެއް އައިސިއްޔާ ކުޅިވަޅުގެ ފޯރި ނަގާ، އެންމެން އެކުވެރިވެގެން އެއްބައިވަންތަ ކަމާއެކު އެ އީދެއްގެ އުފާ ފާހަގަ ކުރަމުންދާ ބައެކެވެ. މިފަދަ މުނިފޫހިފިލުވުމުގެ ކަންކަމުގައި އެންމެ އިސްކޮށް އުޅޭނެ އެއްބަޔަކަށް ވާނީ ހަމަ ގައިމުވެސް ފިލްމީ ތަރިންނާއި ލަވަކިޔުންތެރިން ކަން ގައިމެވެ.

މިފަހަރުގެ މި އަޞްހާ އީދުގައި ދ.އަތޮޅުގެ ދެ ރަށެއް ފަޅުފިލުވާލުމަށް، އާންމުންގެ މެދުގައި މަޝްހޫރު ކަން ހޯދައިފައިވާ، ފިލްމީ އާއިލާއަކަށް އުފަން ކުޅަދާނަ ފިލްމީ ތަރި އާއިޝަތު ރިޝްމީ ވެސް ދަނީ ތައްޔާރުވަމުންނެވެ.

ފުރަތަމަ ޝޯ ދ. ބަނޑިދޫގައި

"ވަގުތު" އަށް ދިން އިންޓަވިއުއެއްގައި ރިޝްމީ ބުނީ މިފަހަރުގެ އީދުގެ ފުރަތަމަ ޝޯ ދިނުމަށް ހަމަޖެހިފައި ވަނީ ދ.ބަނޑިދޫގައި ކަމަށެވެ.

މީގެކުރިންވެސް ރިޝްމީ ވަނީ ބަނޑިދޫގައި އީދު ޝޯއެއް ހުށަހަޅައިދީފައެވެ.

އީދުގެ ފުރަތަމަ ޝޯ ދިނުމަށް، މިއަދު ރިޝްމީ ބަނޑިދުއަށް ފުރުމަށް ހަމަޖެހިފައިވާއިރު، އެހެން އީދުތަކާއި އެއްގޮތަށް މި އަހަރުގެ މި އީދު ވެސް ފޯރިގަދަ އީދަކަށް ވާނެ ކަމަށް ބެލެވެއެވެ.

ދެވަނަ ޝޯއަށް ތ. އޮމަދޫއަށް

އީދުގެ ފުރަތަމަ ދުވަހު ދ.ބަނޑިދޫގައި ޝޯ ދިނުމަށްފަހު، ދެވަނަ ޝޯއަށް ރިޝްމީ ދިޔުމަށް ހަމަޖެހިފައިވަނީ ތ.އޮމަދޫ އަށެވެ.

ރިޝްމީ އިތުރަށް ބުނީ އީދުގެ ތިންވަނަ ދުވަހު ޝޯ ދިނުމަށް އަދި ވަކި ރަށެއް ފައިނަލް ވެފައި ނުވާ ކަމަށެވެ. ނަމަވެސް އެހެން އަހަރުތަކާއި އެއްގޮތަށް މި އަހަރުގެ އީދަށްވެސް އެކި ރަށްރަށުން ޑިމާންޑް އޮންނަ ކަމަށް ރިޝްމީ ބުނެއެވެ.

"ކޮންމެ ރަށަކުންވެސް އެ ރަށަކަށް އެރުމަށްފަހު، ވީ އެންމެ ފޯރިގަދަކޮށް، އަދި ވީ އެންމެ ރަނގަޅަކަށް މެހުމާންދާރީ ލިބޭ" ހުރިހާ އީދެއްގެ ތަޖުރިބާއަށް ބަލާ ރިޝްމީ ބުންޏެވެ.

ގިނަ ފިލްމީ ތަރިންނާއި ލަވަކިޔުންތެރިންގެ އީދު ޝެޑިއުލް ފުލްވެފައިވާއިރު، ބައެއް ފަރާތްތަކުން އީދުގެ ފުރަތަމަ ޝޯ ދިނުމަށް ހަމަޖެހިފައިވަނީ ރާއްޖޭން ބޭރުގައި ކަންވެސް ފާހަގަކޮށްލެވެއެވެ.