މިއަހަރުގެ އަޟްހާ އީދު ފާހަގަ ކުރުމުގެ ގޮތުން މިއަދު ދިރާގުން ކުރިއަށް ގެންދިޔަ ''ދިރާގު އީދު ބޮނޑިބަތަށް'' ރާއްޖޭގެ އެކި ކަންކޮޅުތަކުން އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

އީދު ނަމާދަށް ފަހު ކުރިއަށް ގެންދިޔަ 'ދިރާގު އީދު ބޮނޑިބަތް' ހަރަކާތް ވަނީ މުޅި ރާއްޖޭގެ އެކި އަތޮޅުތަކުގައި ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެ ކުންފުނިން ވަނީ މާލެ ސަރަހައްދު، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ، ބ. އޭދަފުށި އަދި އދ. ދަނގެތީގައި 'ދިރާގު އީދު ބޮނޑިބަތް' ބަހާފައެވެ. މާލެ ސަރަހައްދުގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ސަލްޓަން ޕާކު ކުރިމަތީގައި މާލެ ސިޓީ ކައުންސިލާ ގުޅިގެން އަދި ހުޅުމާލެ ސިންތެޓިކް ޓްރެކްގައި އާބަންކޯއާ ގުޅިގެންނެވެ.

މީގެ އިތުރުން ދިރާގުން ވަނީ އެކި ރަށްރަށުގައި ސިޓީ ކައުންސިލްތަކާއި ޒުވާނުންގެ ޖަމިއްޔާތަކާ ގުޅިގެން ތަފާތު އީދު ކުޅިވަރުތަކަށް އެއްބާރުލުން ދީފައެވެ.

"ދިރާގު އީދު ބޯކިބާ'އަކީ ވޭތުވެދިޔަ އީދުތަކުގައިވެސް އާންމުންގެ ބޮޑު ތަރުޙީބެއް ލިބިގެންދިޔަ ހަރަކާތެއް. އެގޮތުން މިފަހަރުގެ ޢީދު ބޮނޑިބަތް ހަރަކާތަށްވެސް މި ލިބުނު ހޫނު ތަރުހީބަށް އަޅުގަނޑުމެން ވަރަށް އުފާކުރަން. ދިރާގުން އަބަދުވެސް ބަލަނީ މިކަހަލަ މުނާސަބު ދުވަސްތަކުގައި ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އެއްބައިވަންތަކަމުގެ ސަގާފަތް ދިރުވާ އާލާކުރާ މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް،" ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވިއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އާންމުންނަށް ތަފާތު ގިނަ އިޖްތިމާއީ ހަރަކާތްތައް ގެނެސްދީ އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ މުއްސަނދިކޮށްދިނުމަށެވެ.