އުމުރަކީ ހަމައެކަނި އަދަދެކޭ ބުނާތީ އަޑު އިވެއެވެ. އެހެންނަމަވެސް، މިއީ މާ ބޮޑު ޙަޤީޤަތެއް ވާކަމެއްކަމަށް ޤަބޫލެއްވެސް ނުކުރެވެއެވެ. އެކަމަކު، މިކަމުން، މިކަން ކޮންމެވެސް ވަރަކަށް ޔަޤީންވެއްޖެއެވެ.

އަންނަ މަހު 100 އަހަރު ފުރޭ، މިހާރު އުމުރުން 99 އަހަރުގެ އޮސްޓްރޭލިޔާ މީހަކު ދާދިފަހުންވަނީ ބޮޑު ފެތުމުގެ ރޭހެއް ނިންމާ، އެތައް ބައެއްގެ ސަމާލުކަން ހޯދާފައެވެ.

ޖޯޖް ކްރޯންސް ނަމަކަށް ކިޔާ މި މީހާ، މި ފެތުމުގެ ރޭސް ނިންމާލާފައިވަނީ އެޤައުމުގެ ގޯލްޑް ކޯސްޓުގައި ކުރިއަށް ދިޔަ ކޮމަންވެލްތް ގޭމްސްގެ ޓްރެއިލެއްގެ ތެރެއިންނެވެ.

އެންމެ ހައިރާންކުރަނިވި އެއް ކަމަކީ، އޭނާ ހަމައެކަނި ރޭސް ނިންމިކަމެއް ނޫނެވެ. މުޅި ރޭސް އެންމެ އަވަހަށް ނިންމާ، އެއްވަނަ ހޯދީވެސް އޭނާކަމެވެ. ހަމައެހެންމެ، ރޭސް ނިންމާލާފައިވަނީ އައު ރިކޯޑަކާވެސް އެކުގައެވެ. އެގޮތުން ފްރީ ސްޓައިލުގެ 50 މީޓަރު ނިންމާފައިވަނީ 56.12 ސިކުންތުންނެވެ.

މީގެއިތުރުން ދެން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ، އޭނާއަކީ މާ ކުރިންސުރެ ފަތާ އުޅުން މީހެއް ނޫންކަމެވެ. މިކަން އޭނާ ކުރަން ފަށާފައިވަނީވެސް އުމުރުން 80 އަހަރު ވީ ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެއުމުރުގެ މީހެއްގެ ހިތުގަ އެވަރުގެ ޕަވާއެއް ހުރުމުން އަޖައިބު!