ދިވެހި އާއިލާއަކަށް ނިސްބަތްވާ ފިރިއެއް އޭނާގެ ހަތަރު އަނބިންނަށްޓަކައި ދިވެހި ފިލްމު "ލޯބި ވެވިއްޖެ"ގެ އަންގާރަ ދުވަހުގެ ފިލްމުގެ 7 ވަނަ ޝޯވ އެއްކޮށް ގަނެލައިފިއެވެ.

ހަތަރު އަނބިންނަށްޓަކައި 50،000 ރުފިޔާ ޚަރަދުކޮށްގެން މި ޝޯވ ބުކްކުރުމުން، އޭނާއާއިއެކު ޝޯވ ބަލަން ދިޔައީ ދެއަނބިން ކަމަށް މި ފިލްމުގެ ޕްރޮޑިއުސަރ ޝާނީޒް ޢަލީ "ވަގުތު" އަށް މައުލޫމާތު ދިނެވެ. ޕްރައިވެޓް ޝޯވ ބުކް ކުރި މީހާގެ އިތުރު މައުލޫމާތުތައް ހާމަކުރަން ބޭނުން ނުވާ ކަމަށާއި އެހެން ނަމަވެސް އެއީ ދިވެހި އާއިލާއެއްކަން އޭނާ ވަނީ ކަށަވަރު ކޮށްދީފައެވެ.

މިއީ ދިވެހި ފިލްމެއްގެ ޝޯވ މިފަދަ ގޮތަކަށް ބުކް ކުރެވުނު ފުރަތަމަ ފަހަރެވެ.

ޝާނީޒް ބުނީ މިފަދަ ގޮތަކަށް ޕްރައިވެޓް ޝޯވތައް ބުކް ކުރުމުގެ ފުރުޞަތު މިހާރުވެސް ހުޅުވާލެވިފައިވާ ކަމަށެވެ. މިފަދަ ޝޯވތަކަށް އެމީހަކު ބޭނުން ވަރަކަށް މީހުން ގެނެވޭނެ ކަމަށް އޭނާ ބުންޏެވެ.

150 ރުފިޔާއަށް ޓިކެޓްގެ އަގު ހުރި މި ފިލްމުގެ ހައުސްފުލް ޝޯވއެއްގެ ޖުމްލަ އާމްދަނީއަކީ 62،000 ރުފިޔާ ކަމަށް ޝާނީޒް ބުންޏެވެ.

"އަތޮޅު ތެރޭގެ 55 ރަށެއްގައި މި ޝޯވ ދެއްކުމުގެ މަސައްކަތް މި ކުރަނީ. މި ހުރިހާ ރަށެއްގައި އެއްފަހަރާ އެއް ވަގުތެއްގައި ފިލްމު އަޅުވަން ތައްޔާރުވެގެން މި ހުރީ އަންނަ މަހުގެ ކުރީކޮޅުގައި. އަދިވެސް އިތުރުު ރަށްރަށުގައި މި ޝޯވ އެޅުވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ" ޝާނީޒް ބުނެފައިވެއެވެ.

ލޯތްބާއި ސަސްޕެންސްގެ ހާދިސާއެއް ދައްކުވައިދޭ މި ފިލްމަކީ ގާތްގަނޑަކަށް 800،000 ރުފިޔާގެ ބަޖެޓަކާއިއެކު ތައްޔާރުކުރެވުނު ފިލްމެކެވެ.

މާލޭގެ އިތުރުން، އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ގދ. ތިނަދޫގައި މި ފިލްމު ވަނީ އަޅުވާފައިއެވެ. މިރެ އާއި މާދަމާ ރޭ އެ ތަންތަނުގައި ވަދާއީ ޝޯތައް އޮންނާނެކަމަށް ޝާނީޒް ބުންޏެވެ. އައްޑޫ ސިޓީގައި މި ފިލްމަށް ލިބުނު ތަރުހީބު ބޮޑުކަމުން ހައުސްފުލްކޮށް ޖާގަ ބުކްވި ކަމަށް އޭނާ ބުންޏެވެ.

ފިލްމަށް އާއްމުންގެ ތަރުހީބު ލިބޭ މިންވަރު ބޮޑުކަމުން ޝާނީޒް ބުނީ މި ފިލްމު ދިގު މުއްދަތަކަށް އެޅުވިގެންދާނެ ކަމަށެވެ.

މިއީ ޝާނީޒް ޢަލީ ޕްރޮޑިއުސްކޮށް ޢަލީ ސީޒަން ޑައިރެކްޓްކުރުމުގެ އިތުރަށް އެކްޓްކޮށްފައިވާ ފިލްމެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޏނ

    ދާނީ ޔަޤީނުން ވެސް 1 ވަނަ އަނބި އަދި 4 ވަނަ އަނބި

    19
    1
    • ކާކު؟

      ނުބުންޏަސް އިނގޭ ތީ ސޭޓްކަން. ރާއްޖޭގެ ކޯޓުތަކުގެ ލިޔެކިއުމަކުން ފެންނާކަށްނެތް ސޭޓުނޫންމީހަކު ހަތަރު އަނބިންގެންގުޅޭކަމަކަށް.

      40
      3
    • ޜަނާ

      ހިޔެއް ނުވޭ 1ވަނަ ދާނެހެނެއް މިނިސްޓަރ އަނބިވެސް ނުދާނެ ސޭޓްކަމަށްވާނަމަ

      13
  2. މީނަ

    މޮޔަ

    18
    4
  3. ކާސި މާ

    މަގޭ އަނބިންނާއި ނުބެހޭތި#

    8
    2
  4. Anonymous

    ކޮސް

    9
    1
  5. ޗަކޮއި

    ބޮޑަށް ވައްތަރީ ފިލުމު ނުހިނގައިގެން، ޕްރޮމޯޝަން ސަޓަންޓަކާއި. ނޫނީ ސީޒަން އަށް ކޮށްލި ހައިތާތަކާ..

    15
    1
  6. ހަތަރެއް

    ހަތަރު އަނބިން ދެއްވި ﷲ އަށް ޝުކުރު އަދާކުރަންވީ ތިހާ ބޭކާރު ކަމަކުން ނޫން!!

    24
  7. ކަމަނަ

    ސުންނަތަކައް ވާތީ ހަތަރު އަނބިން ގެންގުޅިފަ ބައެއްގެ ނާޗަރަންގީ ބަލަންދިޔާމަ ކަމަކުނުދޭ)

    13
    • މާތް ﷲ ގެ ރަސޫލާއަށް ލޯބިކުރުން

      ހަތަރު އަނބިން ގެންގުޅުމަކީ ސުންނަތެއް ނޫން! ސުންނަތް ކަންކަން މި މާނަ ކުރަނީ އެކަންކަން ކުރުން ވާޖިބު ނޫނަސް އެކަމެއް ކުރުމުން މަތް ﷲ ސުބްޙާނަހޫ ވަތަޢާލާ އާއި ކުއްތަންވެވޭ ކަންކަން. ރަނގަޅުގޮތަކީ ހުއްދަ ކަމެކޭ ބުނުން.