އެމެރިކާގެ ޓީވީ ޗެނަލަކުން، ލައިވްކޮށް ޚަބަރު ކިޔަން އިން ޕްރެޒެންޓަރެއްގެ ބޮލަށް، ތަފާތު ވައްތަރެއްގެ ބޮޑު ދޫންޏެއް ޖައްސައިފިއެވެ. ޕްރެޒެންޓަރުގެ ބޮލަށް ޖައްސާފައިވަނީ ސްކާލެޓް އައިބިސް އެކެވެ.

ނޫސް ރިޕޯޓުތައް ބުނާގޮތުން، ޕްރެޒެންޓަރުގެ ބޮލަށް މި ދޫނި ޖައްސާފައިވަނީ، ބައެއް ފަރާތްތަކުން ދިރޭ ތަކެއްޗާ މެދު އިހާނެތިކޮށް ކަންތައްކުރާކަމުގެ ޚަބަރެއް ކިޔާ ނިންމާލިތަނާއެވެ.

މީގެއިތުރުންވެސް، ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ދޫންޏަކީ، ޓީވީ ޗެނަލްގެ ތެރޭގައި، "ޒޫ ޑޭ" ނަމަކަށް ކިޔާ ޕްރޮގުރާމެއް ޝޫޓު ކުރަމުންދަނިކޮށް، އެސްޓޫޑިޔޯ ތެރެއިން އުދުހިގެން، ޚަބަރު ސްޓޫޑިޔޯ ތެރެއަށް އައި ދޫންޏެކެވެ.

މިކަން ހިނގުމާ ގުޅިގެން، ޚަބަރުގެ ތެރެއިން ދޫންޏާ ބެހޭ ޚާއްޞަ ސެގްމެންޓެއް ގެނެސްދީފައިވެއެވެ.

ޚަބަރު ކިޔަން ތިބޭ ޕްރެޒެންޓަރުންނަށް އަދި ޚަބަރު ސްޓޫޑިޔޯތަކުގައި ހިނގާ މިފަދަ ތަފާތު ކަންތައްތަކުގެ ވާހަކަ، ދޭތެރެ ދޭތެރެއިން ދަނީ އިވެމުންނެވެ.

ޕްރެޒެންޓަރުގެ ބޮލަށް ދޫނި ޖައްސާ ވީޑިޔޯ ތިރީގައި އެވަނީއެވެ.

ކިޔުންތެރިންގެ ހިޔާލު