އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ޖޭޒީ އާއި އޭނާގެ އަންހެނުން ކެލިފޯނިއާގެ ހުރި އެންމެ އަގުބޮޑު ގެ ގަނެފިއެވެ. އެ ގޭގެ ޖުމްލަ އަގަކީ 200 މިލިއަން ޑޮލަރު ކަމަށް ބޭރުގެ ޚަބަރުތަކުން ރިޕޯޓްކޮށްފައި ވެއެވެ.

މި ގެއަކީ އެމެރިކާގައި ދެވަނައަކަށް ކުރެވުނު އެންމެ ބޮޑު ރިއަލް އެސްޓޭޓް ޑީލްއެވެ. މި ގެ ފަރުމާ ކޮށްފައިވަނީ ޖަޕާނުގެ ތަޖްރިބާކާރު އާކިޓެކްޓް ޓަޑާއޯ އަންޑޯއެވެ.

މިހާ އަގުބޮޑު ގެއެއް ގަތަސް، ބިލިއަނަރ ޖޭ-ޒީއާއި އޭނާގެ އަންހެނުން ހިޔާރުކުރަނީ ކެލިފޯނިއާއަށް ބަދަލުވުމުގެ ބަދަލުގައި ލޮސް-އޭންޖަލިސްގައި ހުރި އެމީހުންގެ 88 މިލިއަން ޑޮލަރުގެ ގޭގައި މަޑުކުރާށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 41 އަހަރުގެ ބިޔޯންސޭއާއި 53 އަހަރުގެ ޖޭ-ޒީ ބޭނުންވަނީ ދިރިއުޅުން ކެލިފޯނިއާއަށް އެއްކޮށް ވަގުތުން ބަދަލުކުރުމުގެ ބަދަލުގައި ލޮސް އޭންޖަލީސްގައި މަޑުކުރާށެވެ. ސަބަބަކީ އެ ދެމަފިރިންނަށް ލިބިފައިވާ ތިން ކުދިންގެ ސްކޫލް ލޮސް އެންޖަލީސްގައި ހުރުމުގެ އިތުރަށް ގާތް ރަހުމަތްތެރިންވެސް ލޮސް އެންޖަލީސްގައި ދިރިއުޅެމުންދާތީއެވެ. އެހެންކަމުން، ކެލިފޯނިއާއަށް އެއްކޮށް ބަދަލުވުމުގެ ކުރިން ކެލިފޯނިއާގައި ހުރި އަގުހުރި ގެ ބޭނުންކުރަން ގަސްދުކުރަނީ ޗުއްޓީ ހޭދަކުރާ ތަނެއްގެ ގޮތުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ދެ ގޭގެ އިތުރުންވެސް، މި ދެމަފިރިންގެ މިލްކިއްޔާތުގައި އިތުރު ގެއެއްވެސް ހުރެއެވެ. އެއީ އީސްޓް ހޭމްޕްޓަންގައި ހުރި ޖުމްލަ 26 މިލިއަން ޑޮލަރުގެ އަގުހުރި ގެއެކެވެ.