ތިމާވެއްޓަށް ގެއްލުން ލިބެމުންދާ ކަމާއި އެކަމުގެ ސަބަބުން ބައެއް ދިރުންތަށް ނެތިގެން ހިނގައިދާނެކަމީ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް އެނގޭ ހަޤީގަތެކެވެ.

ނަމަވެސް ލިބިދާނެ ގެއްލުމަކަށް ބެލުމެއް ނެތި އަމިއްލަ އުފަލާއި ހިތްހަމަ ޖެހުމަށްޓަކައި ނުވަތަ ފަސޭހަކަމަށްޓައި މިދަނީ މާދަމާ ދުނިޔެއަށް ގެއްލުން ލިބޭނެ އެތަކެއް ކަމެއް ކުރަމުންނެވެ.

އެގޮތުން ހިމާޔަތްކޮށްފައިވާ ބައެއް ޖަނަވާރާއި މަސްމަހާއި މެހި މެރުމާއި ކެއުމަކީ ބައެއް އިންސާނުން އެއްވެސް ބިރަކާއި ނުލައި ކުރަމުން އަންނަ އެއް ކަންތަކެވެ. އަދި މިންވަރަށް ބެލުމެއްނެތި ގިނަ އަދަދުން ދައު ބޭނުންކޮށްގެން މަސް ހިފުމާއި މަސް މަހަށް ގެއްލުން ލިބޭނެހެން ޕްލާސްޓިކް ކޮތަޅާއި ކުނިބުނި މޫދަށް އެޅުމަކީވެސް ގިނަބަޔަކު ފަރުވާލެއްނެތި ކުރަމުން އަންނަ ކަންތަށްތަކެވެ.

މިކަންކަމުގެ ސަބަބުން ލިބެމުންދާ ގެއްލުން ހާމަވާ ފޮޓޯއެއް ދާދި ފަހުން ވަނީ މީސްމީޑިއާގެ ވައިގައި ހިފައި ތިމާވެށްޓާއި ބެހޭ ބައިނަލްއަގުވާމީ އިދާރާތަކުގެ ސަމާލުކަމަށް އައިސްފައެވެ.

މީސް މީޑިއާގައި ވައިރަލްވެފައިވަނީ މަސްހިފަން ޖަހާފައި އޮތް ދަލެއްގައި ހިމާޔަތްކޮށްފައިވާ ވެލައެއް ހައްޔަރުވެ މަރުވެފައިވާ ފޮޓޯއެކެވެ.

އެ ފޮޓޯ އެތަށް ލައްކަ ބަޔަކު ޝެއާކޮށް އެ އަމަލާއި މެދު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ދުނިޔޭގެ ތިމާވެށި ހިމާޔަތްކޮށް މަސްމަހާ މެއްސަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރާ ޖަމިޔްޔާއެއްގެ ކޯޑިނޭޓަރ ބުނެފައިވަނީ އެފަދަ އަމަލުތަކަކީ ދުނިޔެއަށް ދެވޭ ގެއްލުމެއް ކަމަށެވެ.

އަދި އެއީ މާދަމާގެ ޖީލަށް ދެވޭ ނޭދެވޭ މެސެޖެއްކަމަށާއި އެކަމުގެ ސަބަބުން ދުނިޔޭގެ އިޤްތިސާދަށްވެސް އެކަމުގެ ނޭދެވޭ އަސަރުކޮށްފާނެ ކަމަށެވެ. އަދި އެފަދަ އަމަލުތަށް ހިންގާ ފަރާތްތަކާއި މެދު ހަރުކަށި އަދަބު ދޭން ޖެހޭކަމުގައިވެސް އޭނާ ވަނީ ބުނެފައެވެ.

ނަމަވެސް މައްސަލަ އަކީ މިފޮޓޯ ޝެއާ ކޮށްލާ މޮޅު ސްޓޭޓަސްއެއް ޖަހާ ހިސާބުން އަޅުގަނޑުމެންގެ މަސައްކަތް ނިމޭތީއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޞަބުރު

    ޙަދަފައި.

  2. ޙާ

    ފަލަސްތީނާއި އެހެނިހެންވެސް ތަންތަނުގައި މުސްލިމް ކުޑަކުދިންނާއި އަންހެނުންގެ މަރު އަދި އަނިޔާލިބިފައިވާ ފޮޓޯތައް ޖަހާބަލަ ، އެންމެ ފޮޓޯއަކުން އެތަށް އަސަރެއް ފެންނާނެ، އެތަށް ވާހަކައެއް ބުނެދޭނެ، ހެޔޮނުވާނެ އެފޮޓޯތަށް ޖަހާދީބަ