ވައްކަން ކުރުމަކީ ބޮޑުވެގެންވާ ކުށެކެވެ. އެ ކުށަށް އަރައިގަންނަ މީހުން ދުވަހެއް ދުވަހަކަށް އިތުުރުވަމުން އަންނައިރު، އެފަދަ ހާދިސާތަކުގެ ސަބަބުން ބައެއް ކުންފުނިތައް ބަގުރޫޓުވާވަރު ވެއެވެ. އަދި ބައެއް ފަހަރު ވައްކަން ކުރަން އުޅެނިކޮށް ތަފާތު ހާދިސާތައް ހިނގައި، އަނިޔާވާ ފަހަރުވެސް އާދެއެވެ.

މިފަދަ ކަންތައްތައް ފެންނަ ވިީޑިޔޯތައް ވަރަށް ގިނައިން މީސް މީޑިޔާގައި ދައުރުވަމުންދާއިރު، ވަރަށް ފަހުން ނިއުޒިލޭންޑްގެ ކުންފުންޏަކުން މި ވަނީ އެ މީހުންގެ ސްޓޯރުން ވައްކަން ކުރި ދެ ވަގުންނަށް ވަޒީފާ ދޭން ނިންމާފައެވެ. އެކަމާއި ގުޅޭގޮތުންވެސް މީސް މީޑިޔާގައި ދަނީ ވާހަކަދައްކަމުންނެވެ.

ސްމިތް އެންޑް ކްރޭން ކުންފުނިން ނެޓްވޯކިންގެ ވެބްސައިޓެއްގައި ހާމަކުރިގޮތުގައި، އެ ކުންފުނިން ވައްކަން ކުރި މީހުން ހޯދަން ބޭނުންވެއެވެ. އަދި އެ މީހުންނަށް ވަޒީފާ ދޭން ބޭނުންވާކަމަށް ވެސް ވަނީ ބުނެފައެވެ. އެ ވައްކަން ކުރި މީހުންގެ ރަނގަޅު ކުއެލިޓީ ތަކެއް އެބަހުރިކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ. އެ ކުންފުނިން ވައްކަން ނުކޮށް ވަޒީފާގައި އުޅުން މާ ރަނގަޅުވާނެކަމަށްވެސް ބުނެފައި ވެއެވެ.

އެ ވައްކަން ކުރީ މީހުންނަކީ ރަނގަޅު ޓީމް ވޯކެއް އޮންނަ ބައެއްކަން ވެސް އެނގޭ ކަމަށާއި، އެހެންކަމުން ޓީމުގައި ހިމެނޭ އަނެއް މެންބަރު ކައިރީވެސް ވަޒީފާއަށް އެދި ހުށަހެޅުމަށް ވަނީ އަންގާފައެވެ.

އެ ކުންފުނިން ބުނީ، އެ މީހުން ބޭނުންވާނަމަ އެ މީހުންނަށް ވަޒީފާ ދޭން އެ ކުންފުނިން ތައްޔާރަށް އޮތް ކަމަށާއި، މީގެ ކުރިންވެސް ޖަލު ގޮޅީގައި ތިބި ބަޔަކު އެ ކުންފުނީގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މީގެ އިތުރުން، އެ ކުންފުނިން ވައްކަން ކުރި ދެ މީހުންނަށް ގުޅޭ މައުލޫމާތު އެނގޭބަޔަކަށް ހާއްސަ ފައިސާގެ އިނާމެއް ދޭންވެސް ނިންމާފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. 80 ސް

    ކްލާސިކް

  2. ޓިދާ

    މިޟަރުކާރުން ކަންކުރާ ގޮތް ތީ.

  3. ހަބަރުބޭ

    މިފަދަ މޮޅެތި ވައްކަންތަކައް މަޝްހޫރު ބޭބޭ ފުލުންނައް މިގައުމުގާވެސް ވެރިކަން ހަވާލު ކޮއްފާވާނީ ، އެބޭބޭފުލުން ވެރިކަމުން ފޭބީމަ އަދި ލައްކަ ވަޒީ ފާތައް ވެސް ހަމަޖެހޭނެ ، އެއީ ވެރިކަމުގާ ކުރާނީ ރަނގަޅު ޓީމްވޯކެއް އޮވެގެން ކަމައް ޔަގީން ކުރެވޭތީއެވެ.

  4. މަގޭ

    ލާދީނީމީހުން ބޭނުންވަގޮތްތީ. އެހެންމީހުންގެ ބޮލުގަ އިލްޒާމް އަޅުވާނީ.