ޗައިނާގެ ނަރުހަކު އަލަތު ކައިވެނީގެ ހަފްލާއިން ނިމިގެން ކައިވެނީގެ ފޮޓޯ ޝޫޓެއްގައި އުޅެމުން މަގުމަތީގައި ވެއްޓިފައި އޮތް އަންހެނަކަށް އެހީތެރިވެ އޭނާގެ ފުރާނަ ސަލާމަތް ކުރަން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ޒީ ޑަން ނަމަކަށް ކިޔާ ނަރުސް އެހީތެރި ވެދިނީ އެކްސިޑެންޓެއްގައި ހާލު ދެރަވެފައި އޮތް އުމުރުން ދުވަސްވީ އަންހެނަކަށެވެ. މިދިޔަ ހޮނިހިރު ދުވަހު ޒީ އޭނާގެ ކައިވެނީގެ ފޮޓޯ ޝޫޓްގައި އުޅެނިކޮށް ދުވަސްވީ މީހާ ވެއްޓިފައި އޮއްވާ ފެނިގެން ޒީ ވަނީ އޭނާގެ ކައިރިއަށް ގޮސް ސީޕީއާރް ދީފައެވެ.

ޒީ ކައިވެނީގެ ހެދުމުގައި ހުރެ އުމުރުން ދުވަސްވީ މީހަކަށް ސީޕީއާރް ދިން މަންޒަރު ވަނީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައެވެ.

އުމުރުން ދުވަސްވީ މީހާ އަށް އެހީތެރިވުމާއި ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން ލިބިފައި ވާތީ ޒީ އާއި މީޑިއާތަކުން ދަނީ ސުވާލު ކުރަމުންނެވެ. ޒީ ބުނީ އޭނާ އަދާކުރާ އޭނާގެ ވަޒީފާ ކަމަށެވެ. "އަހަރެން އަދާކުރީ އަހަރެންގެ ވަޒީފާ. އެއީ އަހަރެން ކޮންމެ ހާލަތެއްގައި ހުރެގެން ވެސް އަދާކުރަން ޖެހޭ ވަޒީފާ އެއް." ޒީ ބުންޏެވެ.

ޒީ ބުނީ އުމުރުން ދުވަސްވީ މީހާ އަށް އެހީތެރި ނުވެވުނު ނަމަ ފަހުން އެކަމާއި އޭނާ ހިތާމަ ކުރަން ޖެހުނީސް ކަމަށެވެ.

ޒީ އަކީ ވަފަންގާޑިއަން ޓްރެޑިޝަނަލް ޗައިނީސް މެޑިކަލް ހޮސްޕިޓަލްގެ ނަރުހެކެވެ. އުމުރުން ދުވަސްވީ މީހާ އަށް އެހީތެރިވުން ޒީ ހުއްޓާލީ އެސަރަހައްދަށް ޕެރަމެޑިކުން އައުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވަޕަ

    ތީކީ މީހަކު އަލަށް ކުރި ކަމެއް ނޫން!
    https://www.youtube.com/watch?v=rfn9YcUxcX4