ހޮލީވުޑްގެ މަޝްހޫރު ބަތަލު ލިއޮނާޑޯ ޑި ކެޕްރިއޯއާއި އެމެރިކާގެ މަހުޖަނު ޖެފް ބެޒޯސް ގުޅިގެން ބްރެޒިލްގެ އެމޭޒަން ޖަންގަލި ހިމާޔަތްކުރަން ފަންޑެއް ހުޅުވައިފިއެވެ.

މި ފަންޑްގެ އަގު 200 މިލިއަން ޑޮލަރަށް އަރާ ކަމަށް ރިޕޯޓްތައް ބުނެއެވެ. "ޕްރޮޓެކްޓިންގ އަވާ ޕްލެނެޓް"ގެ ނަމުން ފަށާފައިވާ މި ފަންޑްގެ މަގްޞަދަކީ އެމޭޒަން ރެއިންފޮރެސްޓްގެ އެހީގައި ދިރިއުޅޭ މަދު އާބާދީއާއި އެ ޖަންގަލީގެ ދިރުންތަކަށް އެހީތެރިވުމެވެ.

"ރެވެނަންޓް" ފިލްމުގެ އެކްޓަރު، 48، އަދި އެމެޒޯންގެ ބާނީ، 59، ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި އެމެޒޯންގެ ވަލު ޖަނަވާރުތަކާއި މީހުން ރައްކާތެރިކުރުމަށް ބްރެޒިލް ސަރުކާރުން ކުރާ މަސައްކަތަށް 200 މިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް ޕްރޮޓެކްޓިން އަވަރ ޕްލެނެޓް (ޕީއޯޕީ) ޗެލެންޖަށް އެހީތެރިވެދިނުމަށް ހަމަޖެހިފައިވެއެވެ.
"ދުނިޔޭގެ ވަލު ޖަނަވާރުތަކަށް އެންމެ މުހިންމު އެއް ތަން ކަމަށްވާ އެމެޒޯން ހިމާޔަތް ކުރުމަށް ބްރެޒިލްގެ ބޮޑު އަމާޒުން އަޅުގަނޑުމެންނަށް އިންސްޕަޔަރ ވެ، ޕްރޮޓެކްޓިންގ އަވަރ ޕްލެނެޓް ޗެލެންޖް މެދުވެރިކޮށް މި މަސައްކަތްތަކަށް އެހީތެރިވެދެވޭތީ ވަރަށް އުފާވޭ" މި ފަންޑާއި ބެހޭގޮތުން ލިއޮނާޑޯ ޑި ކެޕްރިއޯ ބުނެފައިވެއެވެ.

ބެޒޯސް ހަރަކާތްތެރިވަނީ އޭނާގެ ބެޒޯސް އާރތް ފަންޑް މެދުވެރިކޮށެވެ. މިއީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވުމަށް އޭނާ އާއި އޭނާގެ ލޯބިވެރިޔާ ލޯރެން ސަންޗޭޒް ފަށާފައިވާ ކަމެކެވެ.

"އެމެޒޯން އަކީ ދުނިޔޭގެ ބަޔޯޑައިވަރސިޓީ އާއި މޫސުމުގެ މުސްތަގުބަލަށް ވަރަށް މުހިންމު ތަނެއް، އަދި އެތަން ހިމާޔަތް ކުރުމަށް ރައީސް ލޫލާ އާއި ބްރެޒިލް ސަރުކާރުން ކުރާ ވައުދަށް މަރުހަބާ ކިޔަން،" ބެޒޯސްގެ ފަރާތުން ބެޒޯސް އާރތް ފަންޑުގެ މެނޭޖިން ޑިރެކްޓަރު އަދި ނޭޗާ ސޮލިއުޝަންސްގެ ލީޑަރު ކްރިސްޓިއަން ސަމްޕަރ ބުނެފައިވެއެވެ.