ޖިއޯ ސިނަމާއިން ގެނެސްދޭ ރިއަލިޓީ ޝޯވ "ބިގްބޮސް އޯޓީޓީ" ގެ ސްޓޭޖްމަތިން ސިގިރެޓަކާއެކީ ސަލްމާން ޚާން ފެނުމުން އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
މީސްމީޑިޔާގައި މިހާރު ދައުރުވަމުންދާ ވީޑީޔޯއިން ފެންނަ ގޮތުގައި ސަލްމާން ޚާން "ބިގް ބޮސް އޯޓީޓީ" ގެ ބައިވެރިނާއި ބައްދަލުކުރަން ސްޓޭޖަށް އެރިއިރު އޭނަގެ އަތުގައި ސިގިިރެޓެއް އޮތެވެ. "ބިގް ބޮސް އޯޓީޓީ 2" ގެ ވީކެންޑް ކާ ވާ އެޕިސޯޑުގައި ބައިވެރިންނާ މުއާމަލާތް ކުރަމުން ދަނިކޮށް ސަލްމާން ހާން ސިގިރޭޓެއް ބޯތަންވެސް އެވީޑިޔޯއިން ފެނިގެންދެއެވެ.
އެހެންކަމުން ގިނަބަޔަކު ވަނީ އެކަމާ ފާޑުކިޔާފައެވެ. ބައެއް މީހުން ބުނާގޮތުން އެކަމުން އެގިގެންދަނީ އޭނަގެ ބޮޑާކަމާއި ކިބުރުވެރިކަމެވެ. އަދި އެހެން މީހުންނަށް އޭނާ ގަދަރު ނުކުރާ ކަމެވެ.
ސަލްމާންގެ ފޭނުން ބުނަމުން ދަނީ މިދުވަސްކޮޅު އޭނާ މާޔޫސްވެފައި ހުންނާތީ ސިގިރެޓް ބޮވެނީ ކަމަށާއި އޭނާއަކީ އާންމުކޮށް ސިގިރެޓް ބޯ މީހެއް ނޫން ކަމަށެވެ. އަނެއް ބަޔަކު ސަލްމާން ދިފާއުކޮށްފައި ވަނީ އޭނާއަކީ ބޮޑު މީހެއް ކަމަށާއި އޭނާ އަމިއްލައަށް އިހްތިޔާރު އޮންނާނެ ކަމަށް ބުނެއެވެ.
އިންޑިޔާގެ ބައެއް ތަރިންނަކީ ދުންފަތުގެ އިސްތިއުމާލުކުރާ ބަޔެކެވެ. އެހެންނަމަވެސް ސަލްމާން މީގެކުރިން ބުނެފައިވަނީ އޭނާ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލީ ކަމަށެވެ. މީސްމީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯއާއި ބެހޭގޮތުން މީހުން ކޮމެންޓުކުރަމުންދާއިރު މިކަމުގައި ސަލްމާންގެ ބަހެއް ލިބިފައިނުވެއެވެ.
އެ ކްލިޕް އަކީ ހަގީގީ ކްލިޕެއް ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެއެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެއީ ފޭކް އެއްޗެއް ކަމަށާއި އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ ހަގީގީ އެއްޗެކެވެ.
"ބިގް ބޮސް"ގެ ގޭގައި މި ވަގުތު ތިބި ބައިވެރިންގެ ތެރޭގައި ހިމެނެނީ ޖިޔާ ޝަންކަރް، މަނީޝާ ރާނީ، އަބީޗެކް މަލްހާން، ސައިރަސް ބްރޯޗާ، ޕޫޖާ ބަޓް، ފަލަކް ނާޒް އަދި ޖެކް އާއި ބެބިކާ އެވެ. މިހަފްތާގެ ބިގްބޮސް ގޭގެ ކެޕެޓަނަކީ ޖިޔާ ޝަންކަރް އެވެ. އެހެން ނަމަވެސް ބައިވެރިން ވަނީ ޖިޔާގެ ކެޕްޓަންގެ ރޯލު ރަގަޅަށް އަދާނުކުރާ ކަމަށް ބުނެފަ އެވެ.
މިދިޔަ މަހުގެ 17 ވަނަ ދުވަހު "ބިގްބޮސް އޯޓީޓީ 2" ފަށާފައިވާއިރު ކުރިން ޝޯ ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ހަ ހަފްތާއަށެވެ. އެހެން ނަމަވެސް މިޝޯގެ ހޯސްޓް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން ވަނީ "ބިގްބޮސް އޯޓީޓީ 2" އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނާތީ އިތުރު ދެ ހަފްތާއަށް ޝޯ ކުރިއަށްދާނެ ކަމަށް އިއުލާނު ކޮށްފަ އެވެ. މިފަހަރުގެ ސީޒަންގެ ފުރަތަމަ ދެ ހަފްތާގައިވެސް 400 ކްރޯޑް މިނެޓް ބަލާފައިވާ ކަމަށް ސަލްމާން ބުންޏެވެ.
ތިވާނީ އަގުވައްޓާލަން ބަޔަކު ކޮއްގެން އުޅޭކަމަކަށް
ތިޔަ ބުނާ ކަހަލަ އަގެއް އޮތް މީހެއް ނޫން ތިޔަ ސަލްމާން އަކީ. މި ރާ ބޯ މީހުންނަކީ އަޅުގަނޑު އެއްވެސް ޤަދަރެއް ކުރާ ބައެއް ނޫން. އަންހެނުންގެ ތެރޭގައި ވެސް އުޅޭ ވައިން އާއި ޝެމްޕޭނު ބޯ މީހުން. އެމީހުން ދައްކާނީ ވެސް ހަމަ ނުޖެހޭ ވާހަކަ.