ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ސޯފިއާ ވަރްގާރާ އާއި އޭނާގެ ފިރިމީހާ ޖޯ މާންގަނެލޯގެ ހަތް އަހަރުގެ ކައިވެނި ރޫޅާލަން ނިންމާފައިވާ ކަން ދެ މީހުން ވެސް އިއުލާންކޮށްފިއެވެ.

"މޮޑަން ފެމިލީ" ފަދަ ސީރީސްތަކުގައި ހަރަކާތްތެރިވި ސޯފިއާގެ މި ހަބަރު އެނގުނީ އޭނާގެ 51 ވަނަ އުފަން ދުވަހުގައި ފިރިމީހާ ދީފައިވާ އެންގޭޖްމަންޓް އަނގޮޓި ނާޅާ ހުރުމުންނެވެ. އާންމުކޮށް މުނާސަބާތަކުގައި އެކީގައި ފެންނަ ޖޯ އެ ދުވަހު ސޯފިއާގެ އުފަން ދުވަސް ފާހަގަކުރަން ގޮސްފައިނުވެއެވެ.

ސޯފިއާ ފަދައިން އެކްޓް ކުރާ ބަތަލެއް ކަމުގައިވާ ޖޯއަކީ "އެމެރިކާސް ގޮޓް ޓެލެންޓް" ޝޯގެ ޖަޖް، ސޯފިއާއަށްވުރެ ހަތަރު އަހަރު ހަގު ފިރިހެނެކެވެ.

މި ދެމީހުން ކުއްލި ގޮތަކަށް ވަކިވާ ސަބަބެއް ހާމަކޮށްފައިނުވެއެވެ. ނަމަވެސް، މާޗް މަހުގައި ބޭއްވި ރެޑް ކާޕެޓް ހަފްލާއެއްގައިވެސް އެ ދެ މީހުން އެކީގައި ފެނިފައިވެއެވެ.

ސޯފިއާ އާއި ޖޯ ކައިވެނިކުރީ 2015 ވަނަ އަހަރުގައެވެ. އޭނާއާއި ޖޯއާއި އެންމެ ފުރަތަމަ ދިމާވީ 2014 ވަނަ އަހަރުގައި ބޭއްވުނު ޑިނާ ހަފްލާއެއްގެ ތެރެއިންނެވެ. އޭރު ސޯފިއާ ހުރީ އެހެން މީހަކާއި އެންގޭޖްވެގެން ކައިވެނިކުރަން ތައްޔާރަށެވެ. އޭގެ މާ ގިނަ ހަފްތާތަކެއް ނުވަނީސް ސޯފިއާ ވަނީ އޭނާގެ އޭރުގެ ލޯބިވެރިޔާއާއި ރުޅިވެފައިއެވެ. އަދި ޖޯއަށް އެކަން އެނގުމުން، އޭނާ ވަނީ ސޯފިއާއި ގުޅޭނެ ފޯން ނަމްބަރެއް ހޯދައިގެން، އޭނާއާއި ވާހަކަ ދައްކަން ފަށާފައިއެވެ.

ސޯފިއާ ވަނީ މީގެ ކުރިންވެސް ކައިވެނިކޮށްފައިއެވެ. ފުރަތަމަ ފިރިމީހާ ޖޯ ގޮންޒާލޭޒްއާއި އެކީ ލިބުނު ސޯފިއާގެ އެންމެ ދޮށީ ދަރިފުޅަށް މިހާރު އުމުރުން 31 އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު