މީސް މީޑިއާގެ ޕްލެޓްފޯމަކަކީ އެތައް ފުޑް އެކްސްޕެރިމެންޓްތަކުގެ ހަޒާނާއެކެވެ. މީގެ ދުވަސްތަކެއް ކުރިން އެގް ޕަނީ ޕޫރީ، ޗޮކްލެޓް ޑޯސާ އަދި ރަސްގުއްލާ ޗައީ ފަދަ އެތައް ކެއުންތަކާއި ބުއިންތައް ފެނިއްޖެެވެ.

އެކަމަކު މިހާ މުޑުދާރު އަދި ފަކުރު ކަމެއް އެބަ އޮތް ހެއްޔެވެ؟.

އެއީ ޒެސްޓީ ޓޮމާޓޯ ޗިލީ ސޯސްއާއި އެކު ތެލުލި ކުރަފި ކާ ތަނެެވެ. ގަބޫލު ނުކުރެވޭ ވަރުގެ ވާހަކައެއް ކަމަށް ގިނަބަޔަކަށް ބެލެވުނަސް އިންސްޓަގްރާމްގައި ޓްރެންޑިން ވީޑިއޯއަކީ އޭގެ ހެއްކެކެެވެ.

އެ ކްލިޕްގައި ފެންނަނީ އަންހެނަކ ތުލިލި ކުރަފި ކާ މަންޒަރެވެ.

އެންމެ ފަހުގެ "ކަލިނަރީ އެޑްވެންޗަރ"ގެ ސަބަބުން އެތައް ބަޔަކަށް އުނދަގޫ ކަމެއް ފާހަގަވެއްޖެ ކަން ޔަގީނެވެ.

އެ ވީޑިއޯ ފެށެނީ ސިޒްލިން ވޯކަކުން، ފިޔާ އާއި މިރުސް ހޫނު ތެލުގައި ތެލުލާ ތަނުންނެވެ. އޭނާ އޭގެ ތެރެއަށް އިތުރު ކުރަނީ ކުރަފިއެވެ. އަދި އެ ކައްކާލައެވެ. އެ ކެއުމާއި ޖަހައިގެން ކާން ޓޮމާޓޯ ޗިލީ ސޯސްގެ ކުޑަ ތައްޓެއްވެސް ހުއްޓެވެ. އެގޮތުން ކެޗަޕްގައި ތެލުލާފައި ހުރި ކުރަފި ޖަހައިގެން ދެން އޭނާ ކާން ފަށައެވެ.

މި ވީޑިއޯއާއެކު އެތައް ބަޔަކު ބުނީ، މިއީ ހަމަ ވަރަށް ފަކުރު ގަަންނަ ވީޑިއޯއެއް ކަަމަށެވެ. އަދި ހޮޑުލަވާ ގޮތްވެސް ވާ ކަމަށް ބުނާ މީހުން މަދެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނުހޮވޭނެ

    ގާސިމު ވެރިކަމެއްގާ ސޯސް ޖަހައިގެން ކުރަފި ކެވޭގޮތް ހަދާނެ

  2. Anonymous

    މަވެސް ހަރުފަ ހުހަށް ކެއިން. ތަފާތަކީ ވީޑިއޯކޮށްފާ އިންޓަނެޓަށް ދޫކޮއްނުލާކަން.
    މިވަރު ވާންޖެހޭނެ.

  3. ބޮރޮޅިބެ

    މަގޭ ގާސިމްބެއަކީ ރަތްޔިތުންގެ ސުޕަސްޓާ ސާބަހޭ މިސްޓަރ ގާސިމް 50 ވޯޓް ދޭނަން.