ކުރަފި މެރުމަކީ ވަރަށް ވެސް މީހުން ކުރަން ބޭނުންވާ ކަމެކެވެ. ބައެއް ގައުމުތަކުގެ މީހުން ކުރަފި ތެލުލައިގެން ކާ ވާހަކަ އަކީ ވެސް އާވަހަކައެއް ނޫނެވެ. އެހެން ނަމަވެސް ކުރަތްޕެއް ދެކެ މީހަކު ލޯބި ވެއްޖެއޭ ބުނެފިނަމަ، އެކަން ގަބޫލު ކުރާނެ މީހުން މަދުވާނެއެވެ. މިއީ ވެސް ދުނިޔޭގެ ގައުމެއްގައި ހިނގާފައިވާ ހާދިސާއެކެވެ.

މިއީ 2019 ވަނަ އަހަރުގެ ތެރޭގައި ހިނގާ ދިޔަ ހާދިސާއެއް ނަމަވެސް، ދާދި ފަހުން މި ހާދިސާ ވަނީ އަނެއްކާ ވެސް ގިނަ ބައެއްގެ ސަމާލު ކަމަށް އައިސްފައެވެ.

ޖަޕާނަށް އުފަން އުމުރުން 25 އަހަރުގެ ޔުޓާ ޝިނޮހަރާއަކީ އަހަރެއްހާ ދުވަސް ވަންދެން އެފްރިކާގެ ކުރަތްޕަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހެކެވެ. އޭނާ އެކުރަތްޕަތް ދީފައިވާ ނަމަކީ ލީސާއެވެ.

އޭނާ ބުނި ގޮތުގައި ހަގީގީ ލޯބިވެގެން އޭނާ ރައްޓެހިވެގެން އުޅުނު ކުރަތްޕަކީ އަންހެނުންނަށްވުރެ ރީތި ކުރަތްޕެކެވެ.

އެންޓޮމޮފަލަޖިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޔޫޓާ، ޖަޕާނުގެ މީޑިއާތަކަށް މައުލޫމާތު ދެމުން އޭނާ ބުނެފައިވަނީ އޭނާ ކުރަތްޕާއި ލޯބީގެ ގޮތުން ގުޅުނީ ހަގީގީ ލޯބިވެގެން ކަމަށާއި ކުރަތްޕާއި އެކީ ޖިންސީ ގުޅުން ހިންގާ މަންޒަރު ވެސް އޭނާ ހިޔާލަތް ގެންނަ ކަމަށެވެ. އަދި އެކަން އެގޮތަށް ގެންނަނީ ކުރަތްޕަކީ އޭނާގެ ސައިޒުގެ ކުރަތްޕެއް ކަމަށް ސިފަކޮށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޔޫޓާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ލީސާ އަހަރެއް ފަހުން މަރުވުމުން އޭނާ އަށް ލިބުނީ ދުވަހަކު ވެސް ނުލިބޭހާ ދެރައެކެވެ. ނަމަވެސް އެންމެ ފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އެ ކުރަފި އޭނާ ކާލީއެވެ.

ކުރަފި ކާލުމާއި ގުޅިގެން ގިނަ ބަޔަކު ސުވާލު ކުރަމުން އަންނައިރު، އެސުވާލަށް އޭނާ ސީދާ ޖަވާބެއް ނުދެއެވެ. ކުރަފި ކާލި ސަބަބެއްގެ ގޮތުގައި ވިސްނާމުން އެނގެނީ އޭނާ އެންޓޮމޮފަލަޖިސްޓަކަށް އުޅޭތީ ކަމެވެ.

އެންޓޮމޮފަލަޖިސްޓުންނަކީ ކާނާގެ ގޮތުގައި ކުދި ދިރޭ ސޫފާ ސޫފި ކަމުން އަންނަ މީހުންނަށް ކިޔާ ނަމެކެވެ.