ޖަޕާނުގެ ހޮޓަލެއްގެ ތެރެއިން ބޯ ބުރިކޮށްފައި އޮތް މީހަކު ފެނިއްޖެއެވެ.

އިންޑިޕެންޑެންޓް ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިހާދިސާ މަރުވެފައި އޮތްވާ ފެނިފައިވަނީ އުމުރުން 62 އަހަރުގެ ހިޓޮށީ އުރާ ނަމަކަށް ކިޔާ ފިރިހެނެކެވެ. އޭނާ ފެނިފައިވަނީ މިމަހުގެ 2 ވަނަ ދުވަހު ފާހަނާ ތެރެއިން ކަމަށް ވެސް އެ ނޫހުން ވަނީ ބުނެފައެވެ.

އެގައުމުގެ މީޑިއާތަކުން ބުނާ ގޮތުގައި އޭނާ މަރުވެފައި އޮތްވާ ފެނުނު ތަނުގައި އޭނާ އާއި ބެހޭ އެއްވެސް އެއްޗެއް ނެތެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ތިން މީހަކު ހައްޔަރު ކޮށްފައިވާއިރު, އޭގެ ތެރޭގައި ހިމެނެނީ އުމުރުން 29 އަހަރުގެ ރޫނާ ޓަމުރާ ނަމަކަށް ކިޔާ އަންހެނަކާއި 59 އަހަރުގެ އަސަމު ޓަމުރާ ނަމަކަށް ކިޔާ އަންހެން މީހާގެ ބައްޕައެވެ. ދެން މިމައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ އަންހެން މީހާގެ މަންމައެވެ.

މިމައްސަލައާއި ގުޅިގެން އެމީހުން ހައްޔަރު ކުރިނަމަވެސް, މައްސަލައާއި އެމީހުންނާއި ސީދާ ގުޅުމެއް އޮތް ކަމެއް އަދި ފުލުހުން ހާމަ ކޮށްފައި ނުވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. ނަމަވެސް ބައެއް އިދާރާތަކުން ވަނީ ފިރިހެން މީހާގެ މަރާއި 29 އަހަރުގެ އަންހެން މީހާއާއި ގުޅުމެއް އޮތް ކަމަށް ބުނެފައެވެ.

މަރުވެފައިވާ ފިރިހެން މީހާގެ އޮޓޮޕްސީ ރިޕޯޓުން ދައްކާ ގޮތުގައި އޭނާ މަރުވެފައިވަނީ ގިނަ އަދަދެއްގެ ލޭ އޭނާގެ ހަށިގަނޑު ބޭރުވުންނެވެ. އަދި އޭނާގެ ބޯ ވެސް އޮތީ ބުރިކޮށްފައި ކަމަށް ރިޕޯޓްތަކުން ބުނެއެވެ.