ރޭގަނޑު މާ ގިނަ ވަގުތު އޮފީހުގައި މަސައްކަތް ކުރުން މަނާ ކުރުމުން ޖަޕާނުގެ އާބާދީ އިތުރުވާން ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ.

2010 ވަނަ އަހަރު ޖަޕާނުގެ އިޓޮޗު ކޯޕްގެ ސީއީއޯއަކަށް މަސަހިރޯ އޮކަފުޖި އައްޔަން ވުމާއި އެކު އޭނާ ވަނީ ކުންފުނީގެ މަސައްކަތްތައް މުޅިން ބަދަލު ކޮށްފައެވެ. އެގޮތުން އެހެން ވާދަވެރި ކުންފުނިތަކާއި ވާދަކުރުމަށް ގިނަ ބަދަލުތަކެއް އޭނާ ވަނީ އޭރު ގެނެސްފައެވެ.

އޭގެ ތެރޭގައި އެއް ކަމަކީ ރޭގަނޑު 8 ގެ ފަހުން އޮފީހުގައި މުވައްޒަފުން މަސައްކަތް ކުރުން މަނާ ކުރުމެވެ. އަދި އިތުރު ގަޑީގެ މަސައްކަތްތައް ވެސް ކުރުން އޭނާ ވަނީ ހުއްޓުވާފައެވެ.

މިކަން މިހެން ކުރެވެމުން އަންނަތާ މިހާރު ގަރުނެއް ވެގެން ގޮސްފައިވާއިރު، ކުންފުންޏަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. ނަމަވެސް ރިޕޯޓްތަކުން ބުނާ ގޮތުގައި އެތަނުގައި މަސައްކަތް ކުރާ ގިނަ އަންހެން މުވައްޒަފުން ވަނީ ވިހެއުމާއި ގުޅިގެން ދޭ ޗުއްޓީ ނަގާފައެވެ. އަދި އޭގެ ފަހުން އެ މުވައްޒަފުން ވަޒީފާއަށް އެނބުރި އައިސްފައިވަނީ ދަރިއަކު ހޯދައިގެން ކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.

ތަފާސް ހިސާބުތަކުން ވެސް އެކުންފުނީގެ ނިންމުމާއި އެކީ އެގައުމުގެ އާބާދީ އިތުރުވެފައިވާކަން ކުންފުނީގެ ބޯޑު މެމްބަރުން ވެސް ވަނީ ފާހަގަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. 20000

    ރާއްޖޭގެ މީހުން މަދު ރަށްތައްކުގައި އަވަހަށް ގެއަށް ވަންނަން އާދަ ކުރަން ޖެހޭ . މިގޮތުން ހއ މުރައިދޫ، ވ ރާކީދޫ ، ވ ތިނަދޫ ، ގއ. ކޮނޑޭ ނ. ފޮއްދޫ ، ނ. މަގޫދޫ، ރ ފައިނު، މ ރަތްމަންދޫ ، މިރަށްރަށުގެ ޒުވާނުން ޖެހޭނެ އަވަހަށް ގެއަށް ވަދެ އަންހެނުންނާ އެކު ގިނަ ވަގުތު ހޭދަ ކުރަން

    17
  2. Anonymous

    ދަރިންނަކީ ވެސް ރިޒްޤް. މިމީހުން ބިރުގަންނަނީ އަތްމަތި ދަތި ވެދާނެކަމަށްބާ.
    އެކަލާނގެ ކޮންމެ ފުރާނަ އެއްވެސް ދުނިޔެއަށް ފޮނުއްވަނީ އޭގެ ރިޒްޤާއިއެކު.

    20
    1
  3. މުގުރު

    މެެންހާ އީކުރިއެރުން