މިހާރު ކޮންމެ މީހަކު ވެސް ބޭނުން ވަނީ ބޮޑު ކައިވެނި ޕާޓީއެއް ބާއްވާށެވެ، ހުވަފެނުން ފެންނަ ވަރުގެ ރީތި ޕާޓީއެއް ނުވަތަ ކާޓޫނުތަކާއި ފިލްމްތަކުގައި ފެންނަ ވަރުގެ ކައިވެނި ޕާޓީއެއް ބާއްވާށެވެ. ނަމަވެސް އެއީ އަދި ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ.

އެމެރިކާގެ ދެ ޒުވާނުން ފުރަތަމަ ބައްދަލުވެ "ލޯބިވެރިންނަށް" ބަދަލުވީ އުމުރުން އެންމެ 14 އަހަރުގައެވެ. ދެމީހުން އުމުރުން 18 އަހަރުގައި އެންގޭޖްވެ ކައިވެންޏަށް ތައްޔާރުވާން ފެށިއެވެ. އަންހެން ކުއްޖާ ބެނުންވީ ވަރަށް ވަރުގަދަ ކައިވެނި ޕާޓީއެއް ބާއްވާށެވެ. އެކަމަށްޓަކައި ފައިސާ ވެސް އެއްކުރިއެވެ.

ނަމަވެސް ކައިވެނި ޕާޓީ ބާއްވާ ދުވަސް ޖެހުނު އިރު އެމީހުންނަށް އެއް ކުރެވުނީ 15000 އެމެރިކާ ޑޮލަރެވެ. އަންހެން ކުއްޖާ ބޭނުންވާ ފެންވަރުގެ ކައިވެނި ޕާޓީއެއް ބާއްވަން 60000 އެމެރިކާ ޑޮލަރު (ދިވެހި ރުފިޔާ އިން ބަލާނަމަ ނުވަލައްކަ ރުފިޔާ) އަރައެވެ.

އެވަރަށް ފައިސާ ނެތް ނަމަވެސް ދެމީހުންގެ ވިސްނުމަށް މޮޅު ހިޔާލެއް އައެވެ. އެއީ ކައިވެނި ޕާޓީއަށް އަންނަ މެހެމާނުންގެ އަތުން ފައިސާ ހޯދާށެވެ. ކައިވެނި ޕާޓީއަށް އައުމުގެ ދައުވަތާއި އެކު އެމީހުން ކޮންމެ މީހަކަށް ވެސް އިތުރު ނޯޓެއް ފޮނުވިއެވެ. އޭގައި އޮތީ ކައިވެނި ޕާޓީއަށް އަންނަން ބޭނުންވާ ކޮންމެ މީހަކު ވެސް 1500 އެމެރިކާ ޑޮލަރު ދޭން ޖެހޭނެ ކަމަށެވެ.

އެކުވެރިންނާއި އާއިލާ މެންބަރުންގެ ފަރާތުން އެކަމަށް ލިބުނީ ވަރަށް ފިނި ތަރުހީބެކެވެ. ފައިސާ ފޮނުވީ އެންމެ ތިން މީހުންނެވެ. އެއީ ވެސް 250 އެމެރިކާ ޑޮލަރެވެ.

އެހެންކަމުން އެންމެ ފަހު ވަގުތު ކައިވެނި ޕާޓީ ވަނީ ކެންސަލް ކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު އެދެލޯބިވެރިން ވެސް ވަނީ ވަކިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު