އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ކޮންމެވެސް ކަހަލަ "ރިލޭޝަންޝިޕް" އެއް ނުވަތަ ލޯބީގެ ގުޅުމެއް ތަޖުރިބާ ކޮށްފައިވާ މީހުން ކަމުގައި ވީ ނަމަވެސް, މިފަދަ ގުޅުންތަށް މާގިނަ ދުވަހަށް ދެމި ނޯންނަ ސަބަބު އެނގެނީ ވަރަށްވެސް މަދު ބަޔަކަށެވެ.

ލޯބީގެ ގޮތުން މީހަކާއި ގުޅިގެން އުޅޭނަމަ އެންމެ މުހިންމު ކަމަކީ އެކަކު އަނެކާގެ އިހްސާސްތައް ދެނެގަތުން ކަން ޝައްކެއްވެސް ނެތެވެ. ނަމަވެސް މިހާރަކަށް އައިސް ގިނަ ފަހަރަށް ފެންނަ މަންޒަރަކީ މައްސަލައެއް ޖެހުމުން އަނެކާގެ އިހްސާސް ތަކުގައި ކޮޅުފައިން ޖަހައި، ކަމުގެ ދެކޮޅު ނުބަލައި ވާހަކަ ދައްކަން ނުޖެހޭ ގޮތަށް ވާހަކަ ދެއްކުމެވެ. ނަތީޖާ އެއްގެ ގޮތުން އެކުގައި އުޅުމަށް ފޮނި ހުވަފެން ތަކެއް ދެނުކު ބައިވެރިޔާ ތިބާ ދޫކޮށްލާފައި ދަނީއެވެ.

އެކަކު އަނެކާގެ އިހްސާސްތައް ދަނެގަތުމުން އެހިސާބުން ނިމުނީ އެއް ނޫނެވެ. ލޯބިވެރިޔާ އަށް އެކަށީގެންވާ ވަރަށް ވަގުތުވެސް ދޭން ވާނެއެވެ.މަސައްކަތުގައި ޝާމިލްވެ އުޅޭ ވަގުތު ތަކުގައި ބީޒީ އޭ ބުނި ނަމަވެސް ބިޒީ ވުން އާއްމު ކަމަކަށް ވެއްޖެ ނަމަ ލޯބިވެރިޔާ ތިބާ ދެކެ ފޫހިވާން ފަށައި، ދުރުވުމުގެ ވިސްނުންތައް ގެންގުޅެން ފަށައެވެ. މިއީ އެއްވެސް މީހަކު ބޭނުންވާނޭ ކަމެއް ނޫނެވެ.

ލޯބިވެރިން ގެއްލިފައިވާ ބައެއް މީހުންނަށް ހީވާ ގޮތުގައި ލޯބީގެ ގޮތުން މީހަކާއި ގުޅިގެން އުޅުމަކީ ދުނިޔެ މަތީގައިވާ އެންމެ އުނދަގޫ ކަންތަކުގެ ތެރެއިން ކަމެކެވެ. ނަމަވެސް މިފަދަ މީހުން ހަނދާން ކުރަންވީ ކަމަކީ ތިބާ ދެކެ ލޯބިވާ މީހަކާއި އެކު ލޯބި ދީގެން އުޅުމީ އެއްވެސް އުނދަގޫ ކަމެއް ނޫން ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާއެންޓި ރިލޭޝަންޝިޕް

    ﷲ ސުބްޚާނަހޫ ވަތަޢާލާ ޚަރާމް ކުރުއްވި ގުޅުމެއް ގިނަ ދުވަހަކު ދެމިއެއް ނޯންނާނެ. ޢަދި އޮތަކަސް ބަދުނަސީބާ ކުރިމަތިވާނެ. ޙުދޫދުން ބޭރުން ބާއްވާ ގުޅުމަކީ ގެއްލެނިވިގެންވާ ގުޅުމެއް!