ޖައްވުން ގޮތް ނޭނގޭ އެއްޗެއް ޖަޕާނުގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓިއްޖެއެވެ.

ޖަޕާނުގެ އެންމެ ބޮޑު އިންޓަނޭޝަނަލް އެއާޕޯޓު ކައިރީގައި އޮންނަ ނަރީތާ ސިޓީގެ ރައްޔިތުން ވަނީ ބޮޑު މަތިންދާ ބޯޓުގެ ބައެއް ކަމަށް ބެލެވޭ އެއްޗެށް މިީހުން ދިރިއުޅޭ އިމާރާތެއްގެ ކައިރިން ހޯދާފައެވެ.

ދިގުމިނުގައި 25 ސެންޓިމީޓަރު އަދި ފުޅާމިނުގައި 50 ސެންޓިމީޓަރު ހުރި މި އެއްޗަކީ މަތިންދާ ބޯޓެއްގެ ބައެއް ކަން އަދި ކަށަވަރުވެފައި ނުވާއިރު ޖަޕާނުގެ ކަމާބެހޭ ފަރާތް ތަކުން ދަނީ މިކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.

މަތިންދާ ބޯޓެއްގެ ބައެއްކަމަށް ބެލެވޭ މި އެތި ވެއްޓުމުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ.

މި ހާދިސާ މިހެން ހިނގާފައިވާއިރު މިދިޔަ 2017 ވަނަ އަހަރު ވަނީ ކެންސައި އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ދިޔަ މަތިންދާ ބޯޓުގެ ބައެއް ވެއްޓި ދުއްވާފައި ދިޔަ ކާރެއްގައި ޖެހި ގެއްލުންވެފައެވެ. އަދި އެ އަހަރު ޑިސެންބަރު މަހު ވަނީ އެމެރިކާ އަސްކަރިއްޔާގެ ހެލިކޮޕްޓަރެއްގެ ކުޑަދޮރެއް ޖަޕާނުގެ އޮކިނާވާގެ ސްކޫލެއް ތެރެއަށް ވަނީ ވެއްޓިފައެވެ.

ފާއިތުވި އަހަރުތަކުގައި އެ ރަށުގައި ހިނގާފައިވާ އެމެރިކާގެ ސިފައިންނާ ގުޅުން ހުރި އެކްސިޑެންޓުތަކާ ގުޅިގެން އޮކިނާވާގެ ރައްޔިތުން ވަނީ އެ ރަށުގައި ދިރިއުޅޭ އެމެރިކާ ސިފައިންނާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ތިއީ ޖަޕާން މީހުންގެ ބޮލުގައި އަޅުވަންވެގެން ދިވެހި ފުލުހުން ތި ތަނަށް ވައްޓާލި އެއްޗެއް. ކެކެކެކެކެކެ