ޗައިނާއަށް ނިސްބަތްވާ މީހަކު ބަނޑަށް ދަނގަޑެއް ވަދެ ލިބުނު ގެއްލުންތަކަށް ފަރުވާދޭން ހޮސްޕިޓަލަށް ގެންދިޔުމަށް ދިޔަ އެމްބިއުލާންސްގައި ތިބި ނަރުހުންނާއި، މެޑިކަލް އޮފިސަރުންނަށް އެ މީހާ ފެނުނުއިރު، އެ މީހުންނަށް ލިބުނީ، ހައިރާން ކަމެކެެވެ. އެ މީހުން އައިއިރު، ބޮޑު އަނިޔާއެއްވެގެން އޮތް މީހާ އޮތީ ފޯނުން ގޭމް ކުޅޭށެވެ.

ޗައިނާގެ މަގެއްގެ މަތީގައި ހިނގި އެކްސިޑެންޓެއްގައި އެ މީހާގެ ބަނޑަށް، އެ ދަނގަޑު ވަރަށް އެތެރެއަށް ވަތް ކަމަށް ވެއެވެ. އެ ދަގަނޑުގައި 13 ފޫޓު ހުއްޓެވެ.

އެ ހާދިސާ ހިނގާ އެ މީހާ މަރުން ސަލާމަތްވިއެވެ. އެހެން ނަމަވެސް އޭނާގެ އުޅުން ހުރިގޮތުން އެތައް ބަޔަކު ތިބީ ހައިރާންވެ އަންތަރީސްވެފައެވެ.

އެއް ބަޔަކު ބުނިގޮތުގައި، އޭނާއަށް އޭނާގެ ފުރާނައަށްވުރެވެސް ފޯނު މުހިންމުކަމަށް ބެލެވެއެވެ. އޭނާ އެގޮތަށް އުޅުނު މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވަމުން އަންނައިރު، އެ ވީޑިއޯއިން ފެންނަނީ، އެމްބިއުލާންސް އައިއިރު، އެ މީހާ ފޯނާއި ކުޅެން އިންނަ ތަނެވެ. އަދި އެ މީހާ އެމްބިއުލާންސްއަށް އަރުވަންދިޔައިރުވެސް ގޭމް ކުޅޭ ތަން ފެނެއެވެ.

އެ ވީޑިއޯ ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެތައް ބަޔަކު ދަނީ ބަލަމުންނެވެ. މިހާރުއެކަނިވެސް 604 މިލިއަން މީހުން އެ ވީޑިއޯ ބަލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖުހާ

    އޭނާއަށް ލިބުނުއަނިޔާގެ ވޭން ގޭމުކުޅުމުގެސަބަނުން ކުޑަވާނެ. އޭނާގެވިސްނުން ހުންނާނީ މުޅިގޭމަށް އެހެންކަމުން އަނިޔާގެ އިހްސާސްތައް ނުކުރާނެ. އޭނާގެ ހާލު މާސީރިއަސް ނުވީ އެކަމުގެ ސަބަބުން . އެހެންނޫންނަމަ އޭނަގެހާލު ވަރަސްސީރިއަސްވީސް. އޭނާ އެކުރީ ނޭގިނަމަވެސް ރަނގަޅުކަމެއް. ކީރިތިރަސޫލާގެ ޒަމާނުގައި މުސްލިމުން ބައެއް އޮޕަރޭޝަންތައްކުރައްވަނީ ނަމާދަށް ތިއްބަވައިގެން. އެއީތަދު އިހްސާސްވިޔަ ނުދިނުމަށް.