ފާހަނަ ތަށި މަތީ އިށީންނުމުގެ ކުރިން ތަށި ތެރެ ބެލުމަށްފަހު އިށީންނުމަށް އެކި ފަރާތްތަކުން ދަނީ އިރުޝާދުދެމުންނެވެ. އަނެއްކާވެސް އެހެން ގެއެއްގެ ފާހަނަ ތެރެއިން ހަރުފައެއް ފެނިގެން އެކަން އަނެއްކާވެސް މި ވަނީ ހަނދާންކޮށްދޭން ޖެހިފައެވެ.

އޮސްޓްރޭލިއާގެ ކެއިރްންސްގެ އަންހެނެއް ދިރިއުޅޭ ގެއެެއްގެ ފާހަނަތަށި ތެރެއިން ފެނުނު އެ ހަރުފައާއެކު، ނަގާފައިވާ ފޮޓޯތަކެއް މީސް މީޑިއާގައި ހިއްސާކޮށްފައިވައިރު، އެއީ ވަކި ދުވަސްވަރެއްގައި ފާހަނަ ތަށި ތެރެއިން ފެންނަ އެއްޗެއް ކަމަށް ވަނީ ބުނެފައެވެ.

އަދި އާއްމުކޮށް މި ހަރުފަތައް ފެންނަނީ ލައުންޑަރީއަށް ބޭނުންކުރާ ތަނުންނާއި، ފާހަނަ ތެރެއިންކަމަށް ވަނީ ބުނެފައެވެ.

އެ ގޭގެ ފާހަނަ ތެރެއިން ފެނުނު ހަރުފައިގެ ދިގު މިނުގައި 1.2 މީޓަރު ހުންނަކަމަށް ވެއެވެ. އަދި އެގެއިން ފެނުނު ވައްތަރު ހަރުފައިގެ ވައްތަރުތައް މަރުނުވެ ގިނަ ދުވަސްވަންދެން އުޅޭނަމަ ތިން މީޓަރަށް ބޮޑުވާ ހަރުފައެއް ކަމަށާއި، އަދި ޓެނިސް ބޯޅައެއް ފަލަވެސް ވާނެކަމަށް ވަނީ ބުނެފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ހަރުފަ މިހާރު ވަނީ އެގެއިން ނެރެ އެހެން ހިސާބަކަށް ދޫކޮށްލާފަައެވެ. އަދި އެއް ބަޔަކު އެ ހަރުފައިގެ ފޮޓޯތައް ފެނި ބިރުން އުޅޭއިރު، ފާހަނައަށް ވަދެ ފުރަތަމަވެސް ހޯދާނީ ފާހަނަ ތެރޭގައި ހަރުފައެއް އޮތްތޯކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު