އޯގާތެރި ކަމަކީ އިންސާނުންނަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްވާފައިވާ އެންމެ މުހިންމު އެއް ސިފައެވެ. އަދި ދެމީހުންގެ ދެމެދުގައި އޮންނަން ޖެހޭ އަސްލު ގުޅުން އޮންނާނީ ދޭދޭ ފަރުދުންނާއި މެދު ގާތްގުޅުމެއް ބަހައްޓައިގެންނެވެ. މިކަން ދަނެގެން އުޅޭ މީހުންވެސް މަދެއްނޫނެވެ. މިގޮތުން މީސްމީޑިޔާގައި ދައުރުވަމުންދާ މިފޮޓޯއަކީ މިފަދަ ލާމަސީލު ނަމޫނާއެކެވެ.

ފޮޓޯގައި ފެންނަނީ ޕިލިޕީންސްގެ އުމުރުން ދުވަސްވީ މީހަކަށް ފަޅުވެރިޔަކު ބަހައްޓާ ގާތްކަމެކެވެ. ފޮޓޯއިން ފެންނަ ގޮތުގައި މި މުސްކުޅި މީހާއަށް ފްލައިޓްގައި ފަޅުވެރިޔަކަށް މަސައްކަތް ކުރާ ކުއްޖާ ސަމުސާއަކުން ކާންދެއެވެ

އާއްމުކޮށް ފްލައިޓްތަކުގައި ތިބޭ ފަޅުވެރިންނަކީ އޯގާތެރި ބައެއް ކަމުގައި ފާހަގަ ކުރެވިފައި ވީނަމަވެސް ގިނަބަޔަކު ބުނަމުން ދަނީ މިއީ އެހެން ފްލައިޓްތަކުގައި މަސައްކަތް ކުރާ ފަޅުވެރިންވެސް ނަމޫނާއަކަށް ބަލަން ޖެހޭ ކަމެއް ކަމަށެވެ.

މިފޮޓޯ ފޭސްބުކްގައި ޝެއަރ ކުރަމުން މީހުން ބުނެފައިވަނީ މިއީ އަސްލު ފަޅުވެރިން މަސައްކަތް ކުރަން ޖެހޭ ގޮތް ކަމަށާއި މިފަޅުވެރިޔާއަށް ޝުކުރު ޙައްޤު ކަމަށެވެ.

މިފޮޓޯ މިހާރު 32 ހާސް މީހުން ފޭސްބުކްގައި ޝެއަރކޮށްފައިވާއިރު، ގިނަ ބަޔަކުދަނީ އެމީހުންގެ ޝުޢޫރުތައް މިފޮޓޯއާމެދު ހިއްސާ ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ލަަ

  2. ގެވެށި މީީހާ

    ރާއްޖޭގެ ކެބިން ކްރޫއިން ތިބޭނީ މޭކަޕް ހަޑިވެދާނެތީ، މާރީތި ބައެއް ކަމަށް ފެނިފަ..

  3. Anonymous

    އެއީ އޭނާގެ މާމައޭ.