މީސްމީޑިޔާގައި އެކި ދުވަސްވަރާ ދިމާކޮށް އެކި ޗެލެންޖްތައް އަންނަމުން ދެއެވެ. މީގެ ކުރިން "ކީކީ ޗެލެންޖް" އާއްމުވެގެން ގޮސްފައިވާއިރު، އެޗެލެންޖް ފާހަގަ ވެގެންގޮސްފައިވަނީ ފުރާނައަށް ނުރައްކާތެރި ޗެލެންޖްއެއްގެ ގޮތުގައެވެ. ނަމަވެސް މިހާރު ދައުރުވަމުން އަންނަ ޗެލެންޖްއަކީ ވަރަށް ތަފާތު އަދި އެހާވެސް މަޖާ ޗެލެންޖްއެކެވެ.

މީސްމީޑިޔާގައި ދައުރުވަމުން އަންނަ ޗެލެންޖްތަކަކީ ވަކި ގޮތަކަށް ނެޝޭތޯ ނުވަތަ އެކްޓް ކުރެވޭތޯ އެމީހަކު އަމިއްލަ ނަފްސް އިމްތިޙާން ކުރުމެވެ. މިގޮތުން ބައެއް މީހުން އަމިއްލަ ނަފްސް އަމިއްލަޔަށް ވީޑިއޯ ކުރާއިރު، އަނެއް ބަޔަކު މިޗެލެންޖްތައް ވަރަށް ސީރިޔަސްކޮށް ނަގާ މިކަމުގައި ވީޑިއޯ ކުރާ މީހުންވެސް ޝަމިލް ކުރެއެވެ.

މިގޮތުން މިފަހަރުގެ ޗެލެންޖްއަކީ، "ބޭބީ ޝާކް" ޗެލެންޖްއެވެ. 2016 ވަނަ އަހަރު ރިލީޒް ކުރި ކުޑަކުދިންގެ މިލަވައިގެ ޔޫޓިއުބް ވީޑިއޯ މިހާތަނަށް 1.6 ބިލިޔަން ފަހަރު މީހުން ބަލާފައިވާއިރު، މި ލަވަ ވެގެންގޮސްފައިވަނީ ގިނަ ބައެއްގެ ސިކުޑިތަކުން ފޮހެލަން އުދަގޫ ލަވައަކަށެވެ. މިގޮތުން މިލަވަ އެއްފަހަރު ޖަހައިފިނަމަ މިލަވަ ބޮލުގައި ގިނަ ދުވަސްތަކެއް ވަންދެން ހުރެއެވެ.

"ބޭބީ ޝާކް" ޗެލެންޖްއަކީ މިލަވައިގައި ނަށާ ގޮތަށް ނެށުމެވެ ބައެއް ފަރާތްތަކުން މީގެ އަސްލު ލަވައިގައި ލާގޮތަށް މިޔަރުގެ ކޮސްޓިއުމް ލައިގެން މިޗެލެންޖް ފުރިހަމަކޮށްފައިވާއިރު އަނެއް ބަޔަކު މުޅި ގައިގައި ދަވާދު ހާކައިގެންވެސް މިޗެލެންޖް ފުރިހަމަ ކޮށްފައިވެއެވެ.

ތިރީގައި މިވަނީ އެލަވައިގެ އަސްލު ވީޑިއޯއެވެ.

"ބޭބީ ޝާކް" ޗެލެންޖް ގިނަ ބަޔަކަށް ވެގެން ގޮސްފައިވަނީ މަޖާ އަދި ތަފާތު ޗެލެންޖްއަކަށެވެ. އެކި އުމުރުފުރައިގެ މީހުން މި ޗެލެެންޖްގައި ބައިވެރިވަމުން އައުމަކީ މިކަމުގެ ހެއްކެކެވެ.

ކިޔުންތެރިންގެ ހިޔާލު