އަވަށްޓެރި އިންޑިއާގެ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ދިއްލީގެ ބިމު އަޑީގެ ރޭލެއްގެ ތެރޭގައި ޖިންސީ ގޯނާ ކޮށްފައިވަނީ އުމުރުން 16 އަހަރުގެ ކުއްޖަކަށެވެ. އެކަމާއި ގުޅިގެން އެކުއްޖާ ވަނީ "އެކްސް"ގައި ޕޯސްޓެއް ވެސް ޖަހާފައެވެ.

އެގޮތުން އެކުއްޖާ ބުނެފައިވަނީ ދިއްލީގެ މެޓްރޯގައި އޭނާ ހުއްޓާ މީހަކު އޭނާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށެވެ. އަދި އޭނާއަކީ 16 އަހަރުގެ ކުއްޖެއް ކަމަށާއި އޭނާ ދަތުރު ކުރަމުން ދިޔައީ އެކަނި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އޭނާ އެކްސްގައި އެޕޯސްޓް ޖަހާފައިވަނީ "ރެޑިޓް" ގައި ޕޯސްޓު ޖެހުމުން ގިނަ ބަޔަކު އެކްސްގައި އެ ޕޯސްޓު ޖެހުމަށް ބުނުމުން ކަމަށެވެ.

އެކުއްޖާ ބުނެފައިވަނީ އެކަން ކުރުމަށްފަހު، އޭނާ ދަތުރު ކުރަމުން ދިޔަ ރޭލުން ފޭބި ކަމަށެވެ. އެގޮތަށް ފޭބުމުން އެތަނުގައި މަސައްކަތް ކުރަމުން ދިޔަ މީހަކު އޭނާ އެހެން ރޭލަކަށް އެރުވި ކަމަށް ވެސް ވަނީ ބުނެފައެވެ.

އެކަން ތަކުރާރުކޮށް އޭނާ ކޮށްފައިވާތީ، އޭނާގެ ފޮޓޯއެއް ގަދަކުން ނެގި ކަމަށާއި ނަމަވެސް މިހާރު އެކަމާއި ގުޅިގެން ބިރު ގަނެފައިވާ ކަމަށް އެކުއްޖާ ވަނީ ބުނެފައެވެ.

މިމައްސަލައާއި ގުޅިގެން ދިއްލީގެ ފުލުހުން ވަނީ މައްސަލައެއް ވެސް ބަލަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު