ޗައިނާއަކީ އާދަޔާޙިލާފް އެތައް ކަމެއް އޮންނަ ގައުމެކެވެ. އެގައުމުގައި ކާ އެއްޗިހީގެ އިތުރުން ސަގާފީ ކަންކަމަކީވެސް ދުނިޔޭގެ އެހެން ތަންތަނާއި ވަރަށް ތަފާތު ކަންކަމެވެ. އެގޮތުން ޗައިނާގައި ކައިވެނިކުރަން އުޅޭ ޒުވާން އަންހެނަކު، ކައިވެނީގެ ހަފްލާގެ އެއް މަސް ދުވަސް ކުރިން ރޯން ފަށާ ވާހަކައަކީ ގަބޫލުކުރަން ދަތިވިޔަސް ހަގީގަތެކެވެ. އެއީ އެގައުމުގައި ސަގާފީ ކަމެއްގެ ގޮތުގައި ކުރެވެމުން އަންނަ ކަމެކެވެ.

ޗައިނާގެ ޓުޖިއާ ނަސްލުގެ މީހުންނަކީ އެންމެ އާންމުކޮށް މި ސަޤާފަތް ގެންގުޅޭ މީހުންނެވެ. ދެން އުފެދޭނެ ސުވާލަކީ އަންހެނުން އެއް މަސް ދުވަސްވަންދެން ރޮނީ ކީއްވެގެންތޯއެވެ؟ އެ ސުވާލުގެ ޖަވާބަކީ ޗައިނާގައި ރުއިމާއި ކަރުނައަކީ ލޯބި، އެކުވެރިކަން އަދި އާއިލީ ގުޅުމުގެ މުހިންމުކަން އެންމެ ރަނގަޅަށް ދައްކުވައިދީ ރަމްޒުކޮށްދޭ އެއް ކަމަށް ވާތީއެވެ.

ސަގާފަތާއި އެއްގޮތަށް ކައިވެނިކުރަން އުޅޭ އަންހެން ކުއްޖާ އެއް މަސް ދުވަސްކުރިން ޗައިނާގައި ރޯން ފަށަން ޖެހެއެވެ. އަދި އޭގެ ފަހުން އޭނާގެ ބޮޑު ދައިތައިންނާއި ދައްތައިންވެސް ފަހަރަކު މީހަކު އެރުއިމުގައި ބައިވެރިވާން ޖެހެއެވެ. ރޯ ވަގުތުގައި އެކަމަށް ހާއްސަކުރެވިގެން އޮންނަ ލަވައެއްވެސް ކިޔަންޖެހެއެވެ. އެފަދަ ކަންކަން އާންމުކޮށް މުޅި ރެޔަށް ދިގުދެމިގެންދިޔުމަކީ އާންމު ކަމެކެވެ.

އެ ސަގާފަތް ދެމެހެއްޓުމަށްޓަކައި ޗައިނާގައި މައިންބަފައިން ދަނީ އަންހެން ކުދިންނަށް ޅަ އުމުރުއްސުރެންވެސް ރޯން، ޚާއްސަ ގގޮތެއްގައި ދަސްކޮށްދީ ތަމްރީނުކޮށްދެމުންނެވެ. ބައެއް ކުދިންނަށް 12 އަހަރުގައިވެސް ރޯން ދަސްކޮށްދެވޭއިރު ހަފްލާއާއި ކައިރިކޮށްފައި ރަނގަޅަށް ރުއިމުގެ ފުރުސަތު އިތުރުކުރުމުގެ ގޮތުން ދެ ކުދިން އެއްކޮށް ވާދައަށްވެސް ރޮއެ ހަދައެވެ.

ކިޔުންތެރިންގެ ހިޔާލު