ބޭނުންވާ ތަކެތި:

ޗިކެން ބްރެސްޓް (ކިއުބްކޮށް ކޮށާފައި) 1 ބިސް، ½ ޖޯޑު ކޯން ފްލޯ، ¼ ސަމްސާ ޕެޕާ ޕައުޑަރ، ¼ ސަމްސާ ލޮނު، ¼ ސަމްސާ ގާރލިކް ޕައުޑަރ، 1 ސަމްސާ އަންސޯލްޓެޑް ބަޓަރ، 3 ސަމްސާ ތެޔޮ، 1 ސަމްސާ ލޮނުމެދު ޕޭސްޓް، 1 ސަމްސާ ބްރައުން ޝުގަރ، 2 ސަމްސާ މާމުއި، 7 ސަމްސާ ޖީލީ ހޮޓް ސޯސް 1 ސަމްސާ ސޯއި ސޯސް. ސްޕްރިންގް އޮނިއޮން، ސެސިމީ ސީޑް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ކޮށާފައި ހުރި ކުކުޅު ކޮޅު ތައްޓަކަށް އަޅާލާނީއެވެ. ދެން ބިސް ތަޅާލުމަށް ފަހު ރަގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު އެހެން ތައްޓަކަށް ކޯންފްލޯ، ލޮނު، އަސޭމިރުސް، ގާރލިކް ޕައުޑަރ، އަޅާ އެއްކޮށްލާށެވެ. ދެން ކުކުޅު ކޮޅުތައް އެ ފުށުގެ ތެރެއަށް ރަނގަޅަށް ލުމަށްފަހު ތެލުލާށެވެ.

އެއަށްފަހު އުދުންމައްޗަށް ތަވަޔެއް އުދާލާ ތެޔޮ ފޮދެއް އަޅާފައި، ލޮނުމަދު ޕޭސްޓް، ބްރައުން ޝުގަރ، މާމުއި، ހޮޓް ޗިލީ ސޯސް، ސޯޔާސޯސް އަޅާލާ ރަނގަޅަށް އެއްކޮށްލާށެވެ އަދި ތެލުލި ކުކުޅު ކޮޅު އަޅާލާ ސޯސް އާ އެއްކޮށްލާށެވެ. އަދި އޭގެ މައްޗަށް ސްޕްރިން އޮނިއޮން، ސެސިމީ ސީޑް އަޅާލުމުން ސްޕައިސީ ފްރައިޑް ޗިކެން ބައިޓްސް ތައްޔާރު ކޮށް ނިމުނީއެވެ.