ބޭނުންވާ ތަކެތި:

  • 225ގ ބަޓަރ (ފިނިކަނޑުވާފައި)
  • 225ގ ހަކުރު
  • 4 ބިސް
  • 1 މޭޒުމަތީ ސަމްސާ ލުނބޯ ތޮށި (ގާނާފައި)
  • ކިރު ފޮދެެއް
  • 225 ގްރާމް ސެލްފް ރެއިސިން ފްްލަރ
  • 1 ސަމްސާ ވެނީލާ އެެސެންސް
  • ކުޑަ ލޮނުކޮލެއް

*ސެެލްފް ރެއިސިން ފްލަރ ނެެތް ނަމަ އާދައިގެ ފުށް އަދި ބޭކިން ފައުޑަރ ބޭނުންކުރެެވިދާނެ*

ތައްޔާރު ކުރާނެ ގޮތް:

ޓްރޭއެއްގައި ބަޓަރު ހޭކުމަށްް ފަހު އަވަނެއްް ނަމަ 180 ޑިގްރީގައި ޓްްރޭއަށް ހޫނުކޮށްލާށެެވެ. ބަޓަރުކޮޅު ވިރުމުން ޓްރޭޭ އަވަނުން ނަގާށެވެ. ސްޕޮންޖް ކޭކު ތައްޔާރުކުރުމަށް ބަޓަރުކޮޅާއި ހަކުރުކޮޅު ފުފެެންދެއް ގިރާށެވެ. އެއަށް ފަހު ހަތަރު ބިސް އެއްކޮށްލުމަށް ފަހު އިރުކޮޅަކު ގިރާށެވެ. ބިސް ރަނގަޅަށް އެއްކުރެެވުމުން، ލޮނުކޮޅަކާއި، ފުށް، ކިރު، ވެނީލާ އެސެންސް، ލުނބޯ ތޮށިކޮޅު އެއްކޮށްލާ ރަނގަޅަށް ގިރާލާށެެވެ.

މިތަކެެއްޗާ އެެކު ގިރާ ނިމުމުން ހޫނުކުރި ޓްރޭއަށް އަޅާލާށެވެ. އަދި 180 ޑިގްރީގައި 20-25 މިނެޓަށް ކޭކު ފިހެެލާށެވެެ. އިތުރަށް ކޭކުގެ ރަހަ މީރުކޮށްލުމަށް ވިޕްކްރީމް ނުވަތަ ޖެމްް ކޭކު މަތީގައި އުނގުޅާށެވެެ. އެންމެެެ ކުރީގެެ ގޮތަށް ތައްޔާރުކުރަން ބޭނުން ނަމަ ކޭކުގެެ މައްޗަށް އައިސިން ޝުގަރ ވިއްސާލާށެވެ.