ބޭނުންވާ ތަކެތި:

44 މާރީ ބިސްކޯދު

200 ގްރާމްގެ ޑާރކް ކުކިން ޗޮކްލެޓް (މެލްޓްކޮށްފައި)

¾ ޖޯޑު ގެރިކިރު

1 ސަމްސާ ވެނީލާ އެސެންސް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ މަރީ ބިސްކޯޑު ފުޑު ފުޑު ކޮށްލާފައި ތައްޓަކަށް އަޅާލާށެވެ. ދެން އޭގެ ތެރެއަށް ގެރި ކިރު އަދި ވެނީލާ އެސެންސް އަޅާލުމަށްފަހު އެއްކޮށްލާށެވެ. އެއަށްފަހު ބޯޅަތައް ހަދާފައި ހަރުކުރުމަށް ފްރިޖް ގައި 30 ވަރަކަށް މިނިޓް ވަންދެން ބަހައްޓާށެވެ. ދެން އެ ބޯޅަތައް ހަރުވުމުން ނަގާފައި މެލްޓްކޮށްފައި ހުރި ޗޮކްލެޓް ތެރެއަށްލާ ބޯޅަތައް ނަގާލާ 15 ވަރަކަށް މިނިޓް ވަންދެން ފްރިޖް އަށްލާށެވެ. ބޭނުންނަމަ ފްރިޖް އަށްލުމުގެ ކުރިން އެ ފިނި ކުރުމުގެ ކުރިން ކޮންމެވެސް ކަހަލަ ބަދަނެއް ބޯޅަތަކުގެ މައްޗަށް އަޅާލެވިދާނެވެ. އޭރުން ޗޮކްލެޓް ބޯލްސް ތައްޔާރުކޮށް ނިމުނީއެވެ.