ހުޅުމާލޭ ދެެވަނަ ފިޔަވައްސަށް ގަވާއިދާއި ހިލާފަށް ވަދެގެން އުޅެނިކޮށް އެކްސިޑެންޓުވި ޒުވާނާގެ މެޑިކަލް ބިލަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ދިހަ ދުވަސް ތެރޭގައި 340000 ރުފިޔާ އަރައިފިއެވެ.
މިދިޔަ ޖޫން މަހުގެ އެއް ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ގެ ދެ ވަނަ ފިޔަވަހީގައި ލ. ކަލައިދޫ ޕެންޒީމާގޭ މުހައްމަދު ނިޒާމް، 22، އެކްސިޑެންޓުވީ މަގު ބަންދު ކުރަން ޖަހާފައި އޮތް ހޮޅިއެއްގައި ޖެހިގެންނެވެ. އެ ހޮޅީގައި ޖެހި އޭނާާގެ މޫނަށާއި ބޮލަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ.
އެކްސިޑެންޓަށް ފަހު މުހައްމަދުގެ ހާލު ސީރިއަސް ވި އިރު އޭނާ އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. ނަމަވެސް ހުޅުމާލޭ ހޮސްޕިޓަލުގައި ސީޓީ ސްކޭން ހެދެން ނެތުމުން އޭނާ މާލެ ގެންދަން މާ ގިނަ އިރުވާނެތީ އޭނާ ގެންދިޔައީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ.
މުހައްމަދުގެ ބޭބެ އިބްރާހިމް ނިޒާމް "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތައް ހީކުރި ވަރަށް ވުރެވެސް ރަނގަޅު ކަމަށެވެ. އެގޮތުން އޭނާގެ ކޮއްކޮ މުޅިންހެން ރަނގަޅުކޮށްފައިވާ ކަމަށް އޭނާ ކިޔައިދިނެވެ.
ނަމަވެސް، މި މަހުގެ 11 ވަނަ ދުވަހު މުހައްމަދުގެ ފަރުވާއަށް ޓްރީޓޮޕުން 340000 ރުފިޔާ ބިލް ކުރުމުން އާއިލާއަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެެ. އަދި އެ ފައިސާ ދެއްކިފައި ނުމުވުމުން އޭނާ އަދިވެސް ހޮސްޕިޓަލުން ޑިސްޗާޖް ކޮށްފައި ނުވެއެވެ.
އާއިލާއަށް އަދިވެސް ބިލު ދެއްކިފައި ނުވާއިރު ޓްރީޓޮޕުން ވަނީ 30 އިންސައްތައިގެ ޑިސްކައުންޓެއް ދީފައެވެ. އަދި އާސަންދައިން 18000 ރުފިޔާގެ އެހީތެރިކަމެއް ފޯރުކޮށްދީފައިވާއިރު މުހައްމަދުގެ އިންޝުއަރެންސް އިން ކަވަރު ކޮށްފައިވުމުން ވެސް ވަނީ ފައިސާ ލިބިފައެވެ. މީގެ އިތުރުން ވެސް ހެޔޮ އެދޭ ފަރާތްތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެހެން ކަމުން މިހާރު ދައްކަން ބާކީ އޮތީ 111000 ރުފިޔާ ކަމަށް އޭނާގެ ބޭބެ ބުންޏެވެ.
މުހައްމަދުގެ ބިލު ނުދެއްކި އޭނާ ހޮސްޕިޓަލުގައި ހައްޔަރުވެފައި ހުރި އިރު އާއިލާއިން ވަނި ބިލު ދެއްކުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އެގޮތުން އޭނާއަށް ފައިސާގެ އެހީތެރިކަން ހޯދުމަށް ފޭސްބުކުގައި ވެސް ވަނީ ޕޯސްޓެއް ކޮށްފައެވެ. އާއިލާއިން ބުނީ މިހާރުވެސް މީހުންގެ ފަރާާތުން އެހީތެރިކަން ލިބެމުން އަންނަ ކަމަށެވެ.
މުހައްމަދުއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން އިބްރާހިމް ނިޒާމްގެ ބީއެމްއެލް އެކައުންޓު ނަމްބަރު 7730000195053 އަށް ފައިސާ ޖަމާކުރެވޭނެއެވެ.
ގަވާއިދާ ޚިލާފަށް އެތަނަށްވަނީ ކީއްކުރަންބާ! ދެން ތިކަންވެސް ޔާމީނު ބޮލަށްކަނޑާލާ!
ވަރަށް ހެއްވާކަމެއް އަމިއްލަޔަށް ގަވާއިދާހިލާފަށް ތަންތަނަށްވަދެ ގެއްލުންދީ އަމިއްލަޔަށް ބޮޑި ލިބުމުން މީހުންކައިރީ ބިލުދައްކަން އާދޭސްކުރުން، ހަގީގަތުގަވެސް އެހީ ބޭނުންވާ ކިތަންމެ ނިކަމެއްޗަކު އެބައުޅޭ އެމީހުންނަށް ލާރިދިނުން މާހައްގު
ޤާނޫނާއި ގަވައިދުތަކައް އުޅެނީކީ ނޫން މިހާރު މިއުލޭ މީހުން ކަމެއްޖެހިނީމަ އާއިލާ އާއި އާމުނވެސް ފެންނަނީ. އެކަމަކު އެމިސްް މީހުންގެ އުދަގޫ ކިައްމީހުނައް ޖައްސާނެ. ދެންވެް ތަންތަނުގަ ްާނޫނާއި ގަވައިދުތަކައް އުޅެބަލަ
އެހެންވެޔޭ އިންޓަނޭޝަނަލް ފެންވަރުގެ ބޭސްފަރުވާ ކަލޭމެންނަށް ނުދޭންވީ
އާއިލާޔަށް ތި ތަކުލީފު އުފުލަން ދޫކޮއްލަންވީީ. ސަބަބަކީީ މިފަދަ ގަވާއިދާ ހިލާފަށް އުޅޭފަރާތްކަށް ހިތްވަރު ނުދިނުމަށްށާ އެހެންމީހުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާ
ކަލެޔައް ނޫނީ ކަލޭ އާއިލާ މީހަކަށް އެހާލު ޖެހިއްޖެއްޔާ؟
އަދިވެސް އެދޮރުފޮނުވާ ބަންދުކޮއްފައި އޮންނަ އޭރިޔާތަކަސްވަދެ ބޫންބޫން އަޅުވާފައި ދުއްވަން
ކުއްކުށައް އަރައިގަނެގެން އުޅެނިކޮށް ލިބޭ އަނިޔާއަށްވެސް ރައްޔިތުންތަ އެހީވާންޖެހެނީ؟
މިއީދެން އެކަމަކު ބޮޑުވަރުދޯ!
މިތާ ކޮމެންޓް ލިޔުނު ބޭފުޅުން ކައިރިން ސާފުކޮއްލަން ބޭނުންވަނީ..
ތިމާގެ އާއިލާ ބޭފުޅަކައް މިހެން ދިމާވިނަމަ ހަމަ ތިޔަ ލިޔުއްވާ ކޮމެންޓް ތައް ލިޔާނަން ތޯއޭ.. އެކުއްޖާ ނިޔާވިނަމަ ނުކިޔާނެ ތިހެނެއް.. އޭރައް ބުނާނީ ކުއްޖާގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ ސަރުކާރުން ނޫނީ އެމް.ޑ.ޕ.އިންނޭ.
ހިޔެއް ނުވޭ މިޒަމާނަކު މަާ ޤަވާއިދަށް އުޅޭ މީހުން އުޅޭހެނެއް. މީހަކަށް ދެރަކަމެއް ވީމަ އޭނަ އަށް އެއްޗެހި ކިޔާ މޮޅެތި ކޮމެންޓް ކުރަން މޮޅުވާނެ. ޢެކަމް މާ ރަނގަޅު ވާނެ އެމީހަކަށް އެހީގެ އަތެއް ދިއްކޮށްލުންވެސް. ގައިމު ލިބޭ ޘަވާބުވެސް އިތުރުވާނެ ހެން ހީވަނީ. ތިއިން މީހެއްގެ އާއިލާ މީހެއް ނަމަ އެނގޭނީ. މުހައްމަދު އަވަސް ޝިފާއެއް ދެއްވާށި! އާމީން
ތި ޓްރީ ޓޮޕަށް ދިއުމަށް ވުރެ ރާއްޖެއިން ބޭރަށް ދިޔަ ނަމަވެސް ރަނގަޅު ވީސް..އެބުނީ ވިއްޔާ 10 ދުވަހަށް އެރި ވަރު...ތި ތަނަށް ދައްކާނީ މަުއްސަނދި މަހުޖަނުން. ވ ވެސް ދެރަ...ޤަވާއިދާ ހިލާފަށް ވެހިކަލް ދުއްވުމުން ގެއްލުން ތަށް ވަމުންދާތީ...ސަމާލުވޭ...އެހެން މީހުންނާއި ދޭތެރޭ ވިސްނާލާ.