ނޭވާ ހިއްލުން ނުވަތަ އެސްތުމާއަކީ ބިރުގަންނަން ޖެހޭ ބައްޔެއް ނޫން ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު އަދި މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންގެ ނައިބު ރައީސް ޑރ. މުހައްމަދު އަލީ ރޭ ވިދާޅުވެއްޖެއެވެ.

ޑރ. މުހައްމަދު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނޭވާހިއްލާ ކުޑަކުދިން މިބަލިން އެއްކޮށް ރަނގަޅުވުމުގެ ފުރުސަތު ބޮޑެތި މީހުންނަށް ވުރެ ބޮޑު ކަމަށެވެ. އަދި ކުޑަ ކުދިންނަށްވުރެ ބޮޑެތި މީހުން ބަލިން ރަނގަޅުވާ ވަރު މަދު ކަމަށް އޭނާ ވިދާޅުވިއެވެ.

ބައެއް ފަހަރު ކުޑައިރު، ނޭވާ ނުހިއްލާ، އުމުރުން މައްޗަށްދާ ވަރަކަށް ނޭވާ ހިއްލުން ޖެހޭ މީހުން އުޅޭ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. ވަކިން ހާއްސަކޮށް އުމުރުން 22 އަހަރު ވުމަށް ފަހު، މި ބަލި ޖެހުމުގެ ފުރުސަތު އަންހެނުންނަށް ވެސް އިތުރު ކަމަށް އޭނާ ވިދާޅުވިއެވެ.

"ބައެއް ފަހަރު އިއްދައިން ކެނޑޭ ދުވަސްވަރު ވެސް, ކުރިން ނޭވާނުހިއްލާ މީހުންނަށް މިބަލި ޖެހޭ،" ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

ނޭވާހިއްލުމަކީ ބިރުގަންނަން ޖެހޭ ބައްޔެއް ނޫން ކަން ފާހަގަ ކުރައްވައި ޑރ. މުހައްމަދު އަލީ ވިދާޅުވީ މި ބަލީގެ ފަރުވާގެ ގޮތުގައި އިންހޭލާ އާއި ބޭސް ގުޅަ ވެސް ހުންނަ ކަމަށެވެ. އިންހޭލާއަކީ ދެވިހިފާ އެއްޗެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޑޮކްޓަރ

    ތިޔަ ދައްކަނީ ބޯހަމަޖެހޭ ވހަކައެއް ނޫން، އަޅުގަނޑު މީ ނޭވާ ހިއްލާ މީހެއް ނޭވަގައި އިންނަނީ އެތިފުކެއް ތިޔަބުނާ ހުރިހާ އެއްޗެއް ވެސް ބޭނުންކުރަން އެކަމަކު ތިޔަބުނާހާ ފަސޭހަ ކަމެންނޫން، އެއީ ހަމަ ނުރައްކާ ވާ ބައްޔެއް، އެކަން އެނގޭ ޕްރޮފެސަރުން އެކަމަ ލިޔުއްވާފައި އެހުންނަ މައުލޫމާތުތަށް ކިޔާލުމުންވެސް ތިޔަބުނާ ނުރައްކާ ނޫންނަމަ މުޅި ދުނިޔޭގައި ވެސް ކޮރޯނާގައި އެންމެ ނުރައްކަލީ ނޭވާހިއްލާ މީހުން ކަމަކަށް ނުބުނާނެ!

    31
    1
  2. ހާޝް

    މަށައްއިގޭ ޔަގީންފަރުވާއެއް

    3
    1
    • ޔަމް

      ބުނެދީބަ

  3. ޙަނާ

    އަޅުގަނޑަކީ އެލާޖީ އަސްތްމާ ހުންނަ މީހެއް. 2 ފަހަރު އެލާޖީވެ އަސްމާ އެޓޭކްގަ ލަންގް ފެއިލްވެ ވެންޓިލޭޓަރ އަށް ލާން ޖެހުނު ޑޮކްޓަރ ބުނެފެއްވަފާނަންތޯ އެއީ ކިހާ ނުރއްކާތެރިކަމެއްތޯ؟