ރާއްޖޭގެ ކުދި ބޮޑު އެންމެންނަށް ކަހަލަ ގޮތަކަށް ޑރ. މުހައްމަދު އަލީ ބޮޑަށް އެނގުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައެވެ. ކޮވިޑްއާ ގުޅިގެން އާންމުން ހޭލުންތެރި ކުރުވުމަށާއި މައުލޫމާތު ފޯރުކޮށްދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެއްވެސް ފޫހި ކަމެއް ނެތި ބައިވެރިވެވަޑައިގެންނެވިއެވެ.

އެންމެ ޒުވާން ޑޮކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު އަލީއަކީ ރާއްޖޭގެ އެންމެ މޮޅު އެތެރެހަށީގެ ޑޮކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކާމިޔާބު ޑޮކްޓަރެކެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އޭނާއާ ބަލި މީހުންނާ ދެމެދު އޮތް ގުޅުން އެހާ ރަނގަޅެވެ. ހދ. ކުޅުދުއްފުއްޓަށް އުފަން ޑރ. މުހައްމަދު އަލީ ފުރަތަމަ ކިޔަވާ ވިދާޅުވީ ކުޅުދުއްފުށީ އަތޮޅު އެޑިއުކޭޝަން ސެންޓަރުންނެވެ. ރަށުގައި ގްރޭޑް ތިނަކާ ހަމައަށް ކިޔަވާ ވިދާޅުވުމަށް ފަހު މާލެ ވަޑައިގެން، އެމްއީއެސްގައި ކިޔަވަން ފެއްޓެވިއެވެ. އެ ސްކޫލުން ގްރޭޑް 10 ނިންމަވާލެއްވުމަށްފަހު، ސީއެޗްއެސްސީއަށް ވަނެވެ.


ޑރ. މުހައްމަދު އަލީ ސީއެޗްއެސްސީގައި ތައުލީމް ހާސިލް ކުރެއްވުމަށް ފަހު ނިންމެވީ ސްކޮލާޝިޕެއް ލިބޭ ވަރަށް އަނެއްކާ ވެސް ކުރިއަށް ވަޑައިގަތުމަށެވެ. ސީއެޗްއެސްސީ ނިންމާފައި ފުރަތަމަ އޭނާ ބެއްލެވީ އައިޖީއެމްއެޗްގެ ވަޒީފާއަކަށް ވަދެގެން ސްކޮލާޝިޕެއް ހޯއްދެވުމަށެވެ. ނަމަވެސް އެގޮތަށް އެކަން ނުވީއެވެ. އެހެންވެ ދެން ވިސްނެވީ ރަށަށް ވަޑައިގެންނެވުމަށެވެ. ރަށުގައި އަހަރެއް ވަރު މަޑުކުރެއްވިއެވެ.

ޑރ. މުހައްމަދު އަލީ ސްކޫލްގައި ކިޔަވަން އުޅުނުއިރުގައި ނަގާފައިވާ ފޮޓޯއެއް

އޭގެ އަހަރެއްހާ ދުވަސް ފަހުން ސަރުކާރުގެ ސްކޮލާޝިޕެއްގައި ކުރިން ޔޫކްރެއިން ބައެއްގެ ގޮތުގައި ލުހާންކްސް އަށް ކިޔަވާ ވިދާޅުވާން ދިއުމަށް ފުރުސަތު ލިބިވަޑައިގެންނެވިއެވެ. މިއީ ދިވެހިން ލުހާންސްކްއަށް ދިޔަ ފުރަތަމަ ފަހަރެވެ. ފަސް ދަރިވަރަކު އެކުގައި ކިޔަވަން ދިޔައެެވެ. އެ ދަތުރު ފަސޭހައެއް ނޫނެވެ. ދިރިއުޅުނީ ހޮސްޓެލްގައެވެ. އެތަނުގެ ހާލަތު، އެއިރު ވަރަށް ގޯހެވެ.

ޔޫކްރޭންގައި އެމްބީބީއެސް ކިޔަވާ ވިދާޅުމަށްފަހު އެނބުރި ވަޑައިގެން ފުރަތަމަ މަސައްކަތް ކުރެއްވީ ކުޅުދުއްފުށި ހޮސްޕިޓަލްގައެވެ. އެތަނުގައި ދެ އަހަރު މަސައްކަތް ކުރެއްވިއެވެ. އޭގެ ފަހުން އިންޓާނާލް މެޑިސިން ކިޔަވަން ނޭޕަލްއަށް ވަޑައިގެންނެވިއެވެ. އެގައުމުގައިވެސް ދިމާވީ ބަސް ދަސް ކުރަން އުނދަގޫވި މައްސަލައެވެ.

ޑރ. މުހައްމަދު އަލީ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެއްޓެވި ފަހުން ނަގާފައިވާ ފޮޓޯއެއް

ސުވާލު: ޔޫކްރޭންގައި އެންމެ އުނދަގޫވި ކަންކަން ކިޔާދީބަލަ؟

ޑރ. މުހައްމަދު އަލީ ހިއްސާކުރެއްވީ ރަޝިއާ ބަސް ދަސްކުރަން އުނދަގޫ ވާހަކައެވެ. އޭރު ގޫގުލް ޓްރާންސްލޭޓަރު ނުހުންނައިރު، އަތުގައި އޮންނަނީ ބައްތި ފޯނެއް ކަމަށް ވިދާޅުވިއެވެ. ފުރަތަމަ ދުވަސްކޮޅު ކަންތައްވެގެން ދިޔަ މަޖާ ވާހަކަ އޭނާ ހިއްސާ ކުރެއްވިއެވެ. އެގޮތުން ފިހާރަތަކަށް ގޮސް ދިވެހި ބަހުން ވާހަކަ ދައްކަވާ ކަމަށް ވިދާޅުވިއެވެ.

"ފިހާރަތަކަށް ގޮސް ވެސް ދިވެހި ބަހުން ވާހަކަދަައްކާނީ އޭރު މާ ފަސޭހަ، ދިވެހިން މީތި ނަގާ ދޭށޭ ބުނީމަ އޭތި ނަގައިދޭނެ ހަމަ، ދެން އައިޑޯންޓް ނޯ ހައު ދޭ ކޮމިއުނިކޭޓް، އިނގިލި ދިއްކުރާތީ ކަން ނޭނގެ". އިނގިރޭސި ވާހަކަދައްކަން އުޅެއްޖެނަމަ އުނދަގޫކަން ހިއްސާ ކުރައްވަމުން ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

އަދި ރަޝިއާ ބަސް ދަސް ކުރަންވެސް އެހާ އުނދަގޫވިކަން އޭނާ ހިއްސާ ކުރެއްވަމުން ފާހަގަކުރެއްވީ "ޒްރާސްޑްވިޗޭ" ދަސްކުރަން އުނދަގޫވި ވާހަކައެވެ. އޭގެ އިތުރުން "ހައި" ރަނގަޅަށް ކިޔަވަންވެސް މަހެއް ވަރު ނެގި ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

ޑރ. މުހައްމަދު އަލީ އާއި އިތުރު ބޭފުޅަކު ޑޮކްޓަރަކަށް ވުމަށް ކުރި ދަތުރުގެ ތެރެއިން

ސުވާލު: މަގު އޮޅޭ ގޮތްވުން ފަަދަ ކަންކަން ދިމާވޭތަ؟

އޭނާ ހިއްސާ ކުރެއްވީ ބަހުގައި ކްލާހަށްދާ ދަތުރުގެ ވާހަކައެވެ. އެއީ 30 މިނިޓްގެ ދަތުރެކެވެ. އެގޮތުން ބައެއް ދުވަސް ދުވަހު ބަހުގައި ދަތުރުކުރާއިރު، ނިދިފައި އޮންނަ ދުވަސްތައް ދާ ކަަމަށް ވިދާޅުވިއެވެ. އަދި ބައެއް ދުވަސް ދުވަހު ކްލާހަށް ނުދެވި ބަހުގައި އަނބުރާ ބަހަށް އަރަން ދިޔަ ތަނަށް ދެވޭ ކަމަށް ވިދާޅުވިއެވެ.

"ކްލާސް ކަޓައިގެން ދާއިރު، ސްޓޮޕް ނޭނގި ނިދަފައި އިނުން، ގެއްލުން، އެއިރު ނުހުންނާނެ ގޫގުލް މެޕްސްއެއް އެހެން ނަމަ ވަރަށް ފަސޭހަވާނެ،". ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

ސުވާލު: ފެންކެނޑިގެން ދިމާވި ހާދިސާއެއް ތަފްސީލުކޮށް ކިޔާދީބަ؟

ޔޫކްރޭންގައި ފެން ކެނޑިގެން އުޅޭ ބައެއް ފަހަރު، ދިމާވާ ކަންކަން ވަރަށް ތަފްސީލުކޮށް ޑރ. މުހައްމަދު އަލީ ހިއްސާ ކުރެއްވިއެވެ. އޭގެ ތެރެއިން އެންމެން ފާހަނަކޮށްފައި އެންމެ ފަހު މީހާ ފްލެޝް ކުރާ ހިސާބަށްވެސް ކަންތައް ދިޔަ ކަމަށް އޭނާ ވިދާޅިއެވެ.

ޑރ. މުހައްމަދު އަލީ މައުލޫމާތު ދެނީ

އަދި ނޭޕާލްގައި ކިޔަވަން ވަޑައިގެންނެވިއިރު، ބިރުވެރި ކަމަކަށް ދިމާވީ ބިންހެލުމެއް އައި ހާދިސާކަމަށް އޭނާ ހިއްސާކުރެއްވިއެވެ.

"އޮޅިގެން އައި އޮފް ދުވަހެއް އެއީ، ސަޓަޑޭއަކީ، ރައްޓެއްސަކާއި އެއްކޮށް މިދިޔައީ ކޮފީއަކަށް، ފަސްޓައިމް ކޮފީއަކަށް ގޮސް ތިއްބާ، ބިންގަނޑު ފުއްގަނޑެއްހެން މޮޑެވެން ފެށީ، ކޮޅަށް ނުހުރެވޭ ބިންމަތީގައި". އެއިރު ވަރަށް ބިރުގަތް ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

ސުވާލު: ސްކޫލްގައި އުޅުނުއިރު ދިމާވި މަޖާ ކަންކަން ހިއްސާކޮށްލަ ދީބަ؟

ޑރ. މުހައްމަދު އަލީ ފާހަގަކުރެއްވީ އެމްއީއެސްގައި އުޅުނު އިރު ދިމާވި ކަންކަމުގެ ވާހަކައެވެ. އޭގެ ތެރެއިން އެއް ކަމަކަށް ފާހަގަކުރެއްވީ ކައިރީގައި ހުންނަ ކުއްޖާގެ ޓެސްޓު ޕޭޕަރު ހަދައިދީފައި އޭނާއަށް އަނބުރާ ދޭ ވާހަކައެވެ.

"ކައިރީގައި އިން ސްޓޫޑެންޓްގެ ޓެސްޓު ޕޭޕަރު ނަގާފައި ހަދާލަ ދީފައި އަނެއްކާ އަނބުރާ ދިނީ، އެކަހަލަ ކަންތައްވެސް ކޮށްދީފައި ހުންނާނެ، ބަޓް އަހަރުމެން ދަރިން ނުވާނެ ދޯ އެކަހަލަ ކަންތައް ކުރަން".

އިތުރަށް ނަވަތަވެސް މޭޒުގައި ލިޔެގެން އުޅުނު ވާހަކަ އޭނާ ހިއްސާ ކުރެއްވިއެވެ.

ޑރ. މުހައްމަދު އަލީ ސްކޫލްގައި އުޅުނުއިރުގެ ފޮޓޯއެއް

އެމްއީއެސްގައި އުޅުނު އިރު ދިމާވި އިތުރު ކަމެއް ހިއްސާ ކުރައްވަމުން އޭނާ ވިދާޅުވީ، އެމްއީއެސްގައި ކިޔަވާ ވިދާޅުވިއިރު، އަހަރުގެ ޓާމްގެ އެންމެ ފަހު ދުވަސްތަކުގެ ތެެރޭގައި ބިސް ޖެހުމާއި، ސަކަރާތުގައި އުޅޭ ކަމަށެވެ.

"ބިހާއި ފެނާ ޖަހާނީ، ދެން ހަޅާލަވާނެ، ބިސް ގެންދާނީ ޖީބަށް ލައިގެން، ދެން އަޅުގަނޑުމެން މިއީ ޕްރިފެކްޓުން، ދެން ބަލާއިރުވެސް ނުފެންނާނެ ބައެއް މީހުން އެކި ތަންތަނަށް ލައިގެން ފޮރުވައިގެން ގެންދާނީ. އަޅުގަނޑުގެ ކްލާހަކީ ކިޔަވަން މޮޅު ކުދިން ތިބޭ އެއް ކްލާސް، އެކަމަކު އެންމެ ނުލަފާ ވާނީވެސް އެ ކްލާސް، އެންމެ ސަކަރާތް ޖަހާވެސް އެއް ކްލާސް، ބިސް ޖެހުމާއި މޭޒުތައް ދެ ފަރާތަށް އަތުރާފައި ޝީލްޑް ގޮތަށް ޖަހާފައި އުންޑަ ޖެހުމާއި، ޖަހާ ނިންމާ ބަލާލާއިރު ޕްރިންސިޕަލް ނޫނިއްޔާ ވައިސް ޕްރިންސިޕަލް ހުންނާނެ ފަހަތުގައި ރީއްޗަށް ބަލަހައްޓައިގެން، ދެން އެ ދުވަހު އެ ކުށްވެރިވީ، ބައެއް ފަހަރު ތިބޭނެ ކޮޅަށް ނަގާފައިވެސް، ދެން އެންމެ ބޮޑު އަދަބަކަށް އިންނާނީ ތިރިއަށް ގެންދިއުން، އަންހެން ކުދިންގެ ސެޝަން އަންނަން ވާއިރަށް ތިރިއަށް ގެންގޮސް ތިބުން އެއީ އެންމެ ކަޑަކަމަކަށް ވާ ކަންކަން".

އައިޖީއެމްއެޗްގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ

ސުވާލު: މަސައްކަތުގެ މާހަލުގައި ވަރަށް މަޖާ ކަންކަން ދިމާވޭ، އެފަދަ ކަމެއް ހިއްސާކޮށްލަ ދީބަ؟

އައިޖީއެމްޗްގައި މަސައްކަތް ކުރަން ފެށިއިރު މަޖާ ކަމަކަށް ދިމާވީ ތިން ޑޮކްޓަރުން އޮޅޭ މައްސަލަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރިން ދުވަހު ދެއްކީ މޫސާ މުހައްމަދު އަށޭ، ޕޭޝަންޓުން އޮޅުވާލާނެ ދެއްކި މީހުން، އިސްމާއިލް އަލީއަށްވެސް ވެދާނެ، މޫސާ އަލީއަށް ވެދާނެ، ތިން މީހުންނަށް އެކި ގޮތަށް ހުންނާނި އޮޅިފައި ޕޭޝަންޓުންނަށް".

ޑރ. މުހައްމަދު އަލީ، ޑރ. މުހައްމަދު އިސްމާއިލް އާއި ޑރ. މޫސާ ހުސައިންނާއެކު

ސުވާލު: ޕައިލެޓަކަށް؟ ނޫނީ ޑޮކްޓަރަކަށްތަ؟

"ގްރޭޑް 9 އާ ހަމައަށް ދިޔައިރުވެސް ވަރަށް ކުރާހިތްވާ ކަމެއް ޕައިލެޓްކަން، ވަރަށް ބޭނުންވާ ކަމެއް، ފުރަތަމަ މަންމަމެން ބުނީ އައިނު އަޅަން ޖެހޭތީ ނުވާނެއޯ ތިކަމެެއް، އެނީވޭ އައި ބްލީވްޑް އިޓް ދޯ". ޕައިލެޓަކަށް ނުވެވުނު ސަބަބު ހިއްސާ ކުރަމުން ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

ނަމަވެސް މިހާރުވެސް ޕައިލެޓަކަށް ވާން އޭނާ ބޭނުންވާތީ ވީޑިއޯ އެއްޗެހި ބަލާ ހަދާ ކަމަށްވެސް ވިދާޅުވިއެވެ. އަދިވެސް ބޭނުންވަނީ ޕައިލެޓަކަށް ވާން ކަމަށް ވިދާޅުވިއެވެ.

ޑރ. މުހައްމަދު އަލީ

ސުވާލު: ސިޔާސީ ދާއިރާތަ، ނޫނީ ވިޔަފާރީގެ ދާއިރާތަ؟

"ސިޔާސީ ދާއިރާއަށް އެއްވެސް ވަރަކަށް ހިޔާލެއް ނުކުރަން ނުކުންނާކަށް، އެއްވެސް ވަރަކަށް ބޭނުމެއްވެސް ނުވޭ ސިޔާސީ މީހުން ދައްކާ ވާހަކަތަކަށް ރައްދެއް ދޭންވެސް، ވަރަށް ގިނަ ކަންތައްތަކުގައި ސިޔާސީ ވާހަކަތަކާއި އަޅުގަނޑުމެންގެ ވާހަކަތަކާއި ގުޅިލާމެހިގެން ދިޔައީ ކޮވިޑް ތެރޭގައި، އަޅުގަނޑުގެ ވާހަކަ ބޭސްވެފައި ހުންނާނީ މެޑިކަލްއަށް ބޭސިސްއަކަށް މެޓާކޮށްފައި، އެހެންވީމަ ހިއެއް ނުވޭ ސިޔާސީ ދާއިރާއަކަށް ނުކުމެވޭނެއެކޭ". ޑރ މުހައްމަދު އަލީ ވިދާޅުވިއެވެ.

އެކަމަކު ދުވަހަކުވެސް ނޫނެކޭ ބުނަން ނުވާނެ ކަން ފާހަގަކުރެއްވިއެވެ.

ސުވާލު: ކުޅުދުފުއްޓަށް ހިދުމަތް ކުރަން ނުދަނީ ކީއްވެ؟

މިއީ ވަރަށް ގިނަ މީހުން ޑރ. މުހައްމަދު އަލީ ގާތުގައި ކުރައްވާ ސުވާލަކެވެ. އޭނާ ރަށުގައި މަސައްކަތް ނުކުރައްވަނީ ކީއްވެގެންތޯއެވެ.

"އަޅުގަނޑު އެމްޑީ ނިންމާލާފައި އައިސްވެސް އިނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ސަރުކާރުގެ ވަޒީފާއަކަށް ހިދުމަތް ކުރަން ޖެހިފައި، އަޅުގަނޑު އެނބުރި އައިއިރުގައި ކުޅުދުއްފުށި ހޮސްޕިޓަލެއް ނެތް ސަރުކާރުގެ ދަށުގައި، އެންވީމަ އެގްރީމެންޓް ކެންސަލްވީ އެއީ އަސްލު ސަބަބު، މިކޮޅުގައި ސެޓްލްވެފައި އިންދާ ޗޭންޖްވީ، އެކަމަކު އެއިރު އިނީ ވަރަށް ބޮޑަށް މާލޭގައި ސެޓެލްވެފައި".

ސުވާލު: ރާއްޖޭގެ ސިއްހީ ނިޒާމަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ކޮބާ؟

"ރާއްޖެއާށް ގެނެސްފައި ތިބި ބޭރު ޑޮކްޓަރުންގެ ޑިޒިޝަންސްތައް، އަޅުގަނޑުމެން ޑޮކްޓަރީކޮށް ބުނާ ބުނުމެއް އޮވޭ ކުއްލިއަކަށް ގިނަ ފަހަރަށް ކަމެއް ދިމައެއް ނުވާނެއޭ، އެކަމެއް ވަނީ ނޭނގި ގިނަ ދުވަސްވަންދެން ހުރެގެންނޭ ކުއްލިއަކަށް މި އަންނަނީ ގިނަ ފަހަރަށް، އެކަމަކު އޮފްކޯޒް ނާންނާނެއެކޭ ނުބުނަން، ކުއްލިއަކަށް ހަމަ ހާޓްއެޓޭކެއްވެސް ޖެހިދާނެ، އެކަމަކު އެ ޑިޒިޝަންތައް ރަނގަޅު ގޮތުގައި ކުރީގައި ނެގިފައި އޮތް ނަމަ ބަލި އެނގިފައި ހިތާމަވެރި ހާދިސާތައް ދިމާނުވާ ފަދަ ޑިޒިޝަންތައް ނެގިފައޭ ހުންނާނީ".

ޑރ. މުހައްމަދު އަލީ ވަނީ އޭނާ ކިޔެވުމުގެ ދަތުރުގައި ދިމާވި ގިނަކަން ހިއްސާ ކުރައްވާއެވެ. އޭނާއަކީ މިއަދު ރާއްޖޭގެ ގިނަބަޔަކު ބަލައިގަނެފައިވާ މޮޅު ޑޮކްޓަރެކެވެ. ޑޮކްޓަރަކަށް ވުމަށް ކުރި ދަތުރު ފަސޭހަ ނުވިޔަސް، އޭނާ ބޭނުންފުޅުވާ ނަތީޖާތައް ދަނީ ނެރެމުންނެެވެ. އަދި ކުރިއަށް އޮތްތަނުގައި ސުޕާސްޕެޝަލިސްޓަކަށް ވުމަށްޓަކައި ދަތުރު ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ބަކުރުބެ

    ރަގަޅުވީސް ތަރުޖަމާނަކަށް ހޮސްޕިޓަލްގައި އިންނަމަވެސް މިހާރު ޓީވީ ޗެނަލްތަކުގައި ތިކުރެވޭ މަސައްކަތަކީ އެއީ

    17
    9
  2. ސަމްސިއްޔާ

    މާފުރިހަމަ ލިއުމެކޭ ބުނެވޭކަށް ނެތް

    21
    2
  3. ނުރީ

    ހެހެ. ހަމަ ހުސް ދެއްކުންތެރި މަޝްހޫރު ވާން ކަންތައް ކުރާ ޑޮކްޓަރެއް! ނަންވާން!

    27
    42
  4. ޑރ. ރާމީ ޙަަސަން

    ޑރ. މުޙައްމަދު ޢަލީ އަކީ ހިތްޕުޅު ހެޔޮ، މަޑުމައިތިރި، ހުލްޤް ހެޔޮ ޑޮކްޓަރުން ގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ބަލި މީހުންނަށް އޯގާތެރި ބޭފުޅެކެވެ. އަޅުގަނޑާއި ވެސް ގުޅާލައްވާ ޙިޔާލު ބަދަލު ކޮށްލައްވާ، ދިމާވެފައި ހުރި ކަންކަން ޙައްލު ކޮށްލައްވާނެ ނަމައެވެ އަބަދުވެސް ހިތައް އަަރައެވެ. އެކުވެރި ކަމަކީ ގަދަފަދަ ބާރެކެވެ. ޑރ. މުޙައްމަދު ޢަލީ ގެ ޙަޔާތަށް އިތުރު ބާއްޖަވެރިކަމާއި ކުރިއެރުން މާތް ﷲ މެދުވެރި ކުރައްވާށިއެވެ.

    62
    1
    • ޑރ. ރާމީ ޙަސަން

      އަޅުގަނޑު ގެ ނަމްބަރު އަކީ 00947725036 އެވެ.

    • ޝަފޫ

      މުޙައްމަދު ޢަލީ އިންޓަރވިޔު އެއް ދިނަސް ދައްކާނީ ކުޑަކުދިން ދައްކާކަހަލަ ވާހަކަ. ކޮން ބިހެއް ޖަހާ ވާހަކައެއް؟ ކުރިން ވެސް ބުނި ޑީ.އެން.އޭ އަށް ވަންނަ ބޭހެއް ނުހުރެޔޭ. އަޅެ ގޫގަލް އިން ބަލާލަ ބަލަ ނުހުރޭތޯ.

      2
      1
    • ޑރ. ރާމީ ޙަސަން

      0094772503617

  5. ޭައަލީ

    މީދޯ އެއްކަލަ ދިވެހިންނައް މަލާމާއް ކުރި މީހާ

    3
    1
  6. Anonymous

    ކުރާހިތުން ކުރާ އެއްވެސް ކަމަކީ ބުރަކަމެއްނޫން

    23
    2
  7. ނާސް

    ރާއްޖެ އައިގޮތަށް އައިސް ފާޑެއްގެ ވައިބާ ގްރޫޕެއް ހުޅުވައިގެން މަޝްހޫރުވުން ނޫން ކަމެއް ނުކުރޭ. ދެން ނޭޕާލަށް ގޮސް ފާސް ގަނޑެއް ހިފައިގެން ރޯނު އެދުރުކަން ކުރަނީ. އެނގޭ އެކައްޗެއް ވެސް ނެތް ނޭނގޭ އެއްޗެއް ވެސް ނެތް

    3
    3
  8. އަލީ ލަތީފް

    ޓެގުޓީމުގެ ބޭފުޅެއްތީ... ރައްޔިތުންގެ ފައިސާގެ ތެރެއިން އެތައް މިލިއަން ޑޮލަރެއް ކޮވިޑުގެ (ވެންޓިލޭޓަރު ތަކާ އޮކްސިޖަން) ވަނީ ގެއްލިފަ. މިހާރު ރަށުގަ ގެސްޓު ހައުސްއާ ލޯންޗް ފެރީއާ އަދި ބޮޑު ހޮސްޕިޓަލެއް އަޅަން ވަނީ ތައްޔާރުވެފަ

    2
    4
  9. 3 އޮރެންޖް

    މީ ވަރަށް ދެއްކުންތެރި މީހެއް. މިނޫނަސް އެތަށް ޑޮކްޓަރުންނެއް އެބައުޅޭ. މިމީހާ ފެންނަނީ އަބަދުވެސް އަމިއްލަ ނަފްސު ޕްރޮމޯޓްކުރަން އުޅޭތަން. ސުވާލަކީ މީނަނޫނީ ރާއްޖޭގައި ޑޮކްޓަރަކު ނެތީހޭ. އެހެން މީހުން މިމީހާ އުޅޭހެން ނޫޅެނީ ކީތްވެހޭ.

    5
    2
  10. ޝަހާ

    އަޅުގަނޑު ދެރަވަނީ ވެކްސިން ޕްރޮމޯޓް ކުރާތީ، ޑޮކްޓަރަކަށްވިޔަކަސް ވެކްސިންގެ މައުލޫމާތެއް ނޭގޭނެ އެކަމުގެ މަޢުލޫމާތު ނުހޯދައެއް
    ވެކްސިން އެކޭ ކިޔާފަ ޖީން ތެރަޕީ އިންޖެކްޝަނެއް އަހަރުމެން ގަޔަށް ޖަހައިގެން މިހާރު އިންތިހާއަށް ބަލިތައް ގިނަވެއްޖެ