(ފުވައްމުލައް ސިޓީ) ފުވައްމުލައް ސިޓީއަކީ އެ ސިޓީއެއްގެ ކޮންމެ ހިސާބަކުން ވެސް މުއްސަނދި ތާރީޚުގެ އަސަރުތައް ފެންނަން ހުރި ސިޓީއެކެވެ. މި ސިޓީގެ ކޮންމެ ހިސާބަކުން ވެސް އިހުގައި ދިވެހިންގެ ދިރިއުޅުމުގެ ކޮންމެވެސް ރަމްޒެއް ފެންނަން ނެތް ހިސާބެއް ނެތެެވެ. މި ސިޓީގެ ކޮންމެ ކައިވަތެއް ހެން ބުނެދެނީ، އެވޭލާ ޒަމާނުގެ ވާހަކަތަކެވެ. ތާރީޚުގެ ކުލަވަރު ފެންނަން ނެތް ދިމާލެއް މި ސިޓީގައި މަދެވެ. ގަދީމީ މިސްކިތްތަކާއި، އުސް ހަވިއްތަތަކާއި ބުދު ދީނުގެ ހެކިތަކާއި ގޮތް ނޭނގޭ ތަރަހަތަކަށް ދާން ދެން ބެލިއަސް، މި އިން ކޮންމެ އެއްޗެއް ހެކިދޭ އެއްކަމެއް އެބައޮތެވެ. އެއީ މި ރަށުގެ ޒަމާންވީ ދިގު ތާރީޚެއް އޮތްކަމެވެ.
ޔަގިންވާ އެއްކަމަކީ ތާރީހުން ބޮޑުބައެއް އަދިވެސް ފަސް އަޅައި ފޮރުވިފައިވާ ކަމެވެ. ޚާއްސަކޮށް ފުވައްމުލައް އިސްލާމްވުމުގެ ކުރީގެ ތާރީޚަކީ އަދިވެސް ނިއުޅެމުންދާ ކަންކަމެވެ. އަދި ދޭތެރެ ދޭތެރެއިން އެކި ބޭނުންތަކަށް މި ރަށުގެ ބިންގަނޑު ކޮނުމުން، ހިރިގަލުގެ އުފެއްދުންތަކާއި ކުދި ސަންދޯކާއި ބަލި އަދި ގަހަނާ ޒާތުގެ ތަކެތި މިއަދުވެސް ފެންނަމުންދާތީ، އެކަމުން އެނގެނީ މި ރަށުގެ ތާރީހުން ތިލަކޮށްލެވިފައި ވަނީ އަދިި "ކޯވަރެއް"ގެ މިންވަރުކަމެވެ.
މި ރަށުން އެންމެ ފަހުން ފެނުނު ތާރީޚީ ތަކެތީގެ ތެރޭގައި ވަރަށް ޝައުގުވެރި ގަލެއް ފެންނަން އެބަހުއްޓެވެ. މިހާރު ފުވައްމުލައް ސިޓީގެ ގޯތި ތެރޭގައި ފެންނަން ހުރި މި ގަލަށް ކިޔަނީ "ލިންގަމް" އެވެ. މި ރަށުގެ ބުދު ދީނުގެ މޮނާސްޓްރީގެ ސަރަހައްދުގެ ތެރެއިން ފެނުނު މި ގާ ފެނިފައި ވަނީ 2018 ވަނަ އަަހަރެވެ. މި ގަލާ މެދު ތާރީޚު ދިރާސާކޮށް، އެފަދަ ލިޔުއްވުންތައް ލިޔުއްވާ މުހައްމަދު އަލީ ވިދާޅުވީ މި ގާ ރަމްޒުކޮށްދެނީ ފިރިހެނެއްގެ ކުރިމަތި ފަރާތް ކަމަށާއި މިއީ ބުދު ދީނުގެ މީހުން އަޅުކަން ކުރަަން ގެންގުޅުނު އެއްޗެއް ކަމަށެވެ.
އިސްލާމީ ރިސާލަތުގެ މަތިވެރި ހިދާޔަތް ދިވެހީންނަށް މިންވަރު ކުރެއްވުމުގެ ކުރީގެ ދުވަސްވަރަށް ޖެހިލައިފި ނަމަ އޭރު ދިވެހިން އަަޅުކަން ކުރަނީ ބާރުގަދަ ތަކެއްޗަށް ކަން ލިޔެކިޔުންތަކުން ފެންނަން ހުރިކަން މުހައްމަދު އަލީ ވަނީ ފާހަގަކުރައްވާފައެވެ. މި ގާ ފެނުނު ސަރަހައްދުގައި މިފަަދަ އިތުރު ގާތަކެއްވެސް ކުރިން ފެންނަން ހުރިކަން އޭނާ ވަނީ ފާހަގަ ކުރައްވައިފއެވެ.
" އަޅުގަނޑުމެން ދިއުމުގެ ކުރިން މިފަދަ 2-3 އިތުރު ގަލެއް ހުރި އެތަނުގައި، އެކަމަކު ފެންނަން ހުރީ މި. އެ ތަޅާލީތޯ ކިހިނެތްތޯ އެ ގެއްލުނީ އެނގޭކަށް ނެތް. ދެން މި ގަލަށްވީ ސީދާ ދުވަހެއް ނޭނގޭ. އެކަމަކު މި ގާތައް ހުރިތަން ވެސް ތަޅާލި ކަމަށް ބެެލެވެނީ ފުވައްމުލައް އިސްލާމްވުމަށް ފަހު. މި އެއްޗެހި ހުރީ އިތުރު ގަލެއް މަތީގައި ބަހައްޓާފައި. އެއީ ކުރީގަ މީހުން އަޅުކަން ކޮށް އުޅުނީ ބާރުގަދަ ތަކެއްޗަށް. މިސާލަކަށް އަލިފާން، އިރު ކަހަލަ." އޭނާ ވިދާޅުވިއެވެ.
ލިންގަމް މި ބަސް އައިސްފައި ވަނީ ސާންސްކްރިތް ބަހުގައި ހިމެނޭ "ލިންގާ" މި ބަހުންނެވެ. މާނައަކީ ނިޝާން، ހެކި ނުވަތަ ރަމްޒެވެ. ލިންގާ އަށް ހިންދޫ ދީނުގެ މީހުން "ޝިވާ" މި ނަމުންވެސް މުހާތަބުކުރެއެވެ. ލިންގަމް އަކީ ހިންދޫއިން އެ މީހުންގެ ދީނުގައި ކަލަކު ވޮޑިގެންވާ ކަމުގެ ރަމްޒެއްގެ ގޮތުގައި ބޭނުން ކުރާ ގަލެެކެވެ.
މި ޒާތުގެ ގާތަށް ފެންނަން ހުރީ އިންޑިއާ އާއި ދެކުނު އޭޝިއާ ބައްރުގެ ގައުމުތަކުންނެވެ. މިއީ ހިންދޫ އިންނާއި ޝައިވިސްމްގެ އުސޫލުތައް ގަބޫލު ކުރާ މީހުން އަޅުކަންކޮށް އުޅޭ އެއްޗެއް ކަމަށްވާ އިރު މި ބާވަތުގެ ލިންގަމް މިހާރު ވެސް ހިންދޫ ފައްޅިތަކުގައި ފެންނަން އެބަހުއްޓެވެ. މިގޮތަށް ބަހައްޓާފައި ހުންނަ ލިންގަމްތައް ހުންނަނީ ޑިސްކެއް ޒާތަށް ހަދާފައި ހުންނަ ބިނާއެއް މަތީގައި ކަމަށްވާ އިރު، މިފަދަ ލިންގަމްތައް ހުންނަނީ އެކި ސައިޒުތަކުގައެވެ. އާބްމުކޮށް މިފަދަ ގާތައް ހުންނަނީ ބުދު ފައްޅިތަކުގެ ހަތަރު ކަނަށް ވާގޮތަށެވެ.
އެހެންކަމުން މި ލިންގަމް ފެނުނު ސަަހައްދުން އެފަދަ އިތުރު ގާތަކެއް ފެނުމަކީ ވުން ގާތް ކަމެކެވެ. މި ގަލަކީ ފިރިހެނެއްގެ ޖިންސީ ގުނަވަނުގެ ރަމްޒީ ގުނަވަނެއް ކަމަށް މުހައްމަދު އަލީގެ ވާހަކަތަކުން ފާހަގަވި ނަމަވެސް ހިންދޫއިންގެ ބިނާތަކުގެ ވާހަކަ ދިރާސާކުރައްވާ ބައެއް ބޭފުޅުންގެ ޚީޔާލު މިކަމުގައި ތަފާތެވެ. ލިންގަމް އާއި ފިރިހެނުންގެ ޖިންސީ ގުނަވަނާއި ގުޅުމެއް ނެތް ކަމަށް ބައެއް ލިޔުންތެރިން ވިދާޅުވި ނަމަވެސް ހިންދޫއިންގެ ލިޔުންތަކުންވެސް ޝިވާ ލިންގަމް ރަމްޒުކޮށްދެނީ ފިރިހެނެއްގެ ޖިންސީ ގުނަވަންކަމަށް ބުނެފައި އެބަހުއްޓެވެ. އެހެންކަމުން ފުވައްމުލަކުން ފެނުނު ލިންގަމްއާ މެދު މުހައްމަދު އަލީ ދެއްކެވި ވާހަކަތައް ދިމާވެއެވެ.
ތާރީޚީ ނަޒަރަކުން ބަލާ ނަމަ ފުވައްމުލައް އިސްލާމްވި ސީދާ ތާރީޚު އެނގެން ނެތުމުން މި ލިންގަމް ހުރި ސަރަހައްދު ތަޅާލި ސީދާ ތާރީޚެއް އެނގޭކަށް ނެތެވެ. ނަމަވެސް ތާރީޚުތަކުން އެނގޭ ގޮތުގައި ފުވައްމުލައް އިސްލާމްވެފައި ވަނީ، ދިވެހިރާއްޖެ އިސްލާމަވި ކަމަށް ބަލާ މީލާދީން 1153 ވަނަ އަހަރަށް ވުރެން އަށް އަހަރު ދުވަސް ކުރިންނެވެ. ފުވައްމުލައް އިސްލާމްވާން ދިގު މުއްދަތެއް ނެގި އިރު އެކަމަށް 18-30 އަހަރު ހޭދަވި ކަމަށް ތާރީޚު ލިޔުންތެރިންގެ ލިޔުންތަކުން ފެންނަން އެބަހުއްޓެވެ. އެހެންކަމުން މި ލިންގަމްތަކަކީ 1150 އަށް ވުރެ އެތައް އަހަރެއް ކުރީގެ ގާތައް ކަމަށް ބެލެވެއެވެ. އަދި އެ ގާ ހަލާކުވެފައިވާ މިންވަރަށް ބެލުުމުން ވެސް މި ގަލަށް އެތައް 100 އަހަރެއް ވެދާނެ ކަމަށް ބެލެވެއެެވެ.
"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.
ހިންދީ ފިލްމު ތަކުގައި ދައްކާ ކަޅުކުލައިގެ މޯ ބުރި
"އިސްލާމީ ރިސާލަތުގެ މަތިވެރި ހިދާޔަތް ދިވެހީންނަށް މިންވަރު ކުރެއްވުމުގެ ކުރީގެ ދުވަސްވަރަށް ޖެހިލައިފި ނަމަ އޭރު ދިވެހިން އަަޅުކަން ކުރަނީ ބާރުގަދަ ތަކެއްޗަށް ކަން ލިޔެކިޔުންތަކުން ފެންނަން ހުރިކަން މުހައްމަދު އަލީ ވަނީ ފާހަގަކުރައްވާފައެވެ."މި ޖުމްލާގައި ބާރުގަދަ ތަކެތި ތި މާނަ ކުރަނީ ކިހިނެްް؟
އެއެއްޗެއްގެ ސަބަބުން އޭނާގެ ނަފްސު ހަލާކުކޮށްލާ، އަދި އަނެކާގެ ނަފުސު ހަލާކުކޮށްލުމަށް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ތަކެއްޗަށް
އެ އެއްޗަކަށް އަނެކާއަށް ބާރު ނުފޯރުވޭ، އަދި ފައިދާތަކެއް ނޫނީ ގެއްލުންތަކެއް ލިބިދާނެ އެއްޗެހި. ( ކޯރު، ކަނޑު، އަލިފާން، އިންސާނާގެ އައުރަ،.... )
މަހުވައި ބަލާނުނީ
ކީއްކުރަން ބަހައްޓާ އެއްޗެއް... ވީ އެންމެ އވަހަކަށް ނައްތާލަންވީ ތިޔަ ހުރިހާ ބުދުތައް... މިފަސްގަނޑު ޚަރާބުކުރަން ބަހައްޓާނެ ކަމެއްނެތް ތިޔަ ބުދުތަކެއް އެއްވެސްތާކު.
މި ސަރުކާރަށް އުފާވެރިކަން ތިޔައިން ގެނެސްދެނީ ދެން ބުނޭ ރާއްޖެއާއި އިންދިޔާއަކީ ދީނީގޮތުންވެސް އެއްބައެކޭ
މާމިގިލި ކައިރީ އޮންނަ އަރިޔަދޫ އިން ވެސް ފެނުނު އަޅުކަން ކުރާން ގެންގުޅުނު ފިރިހެންހައްޓެއް، އަދި ބައިވަރު އެކި ވަރުގެ ބުދުތައް ވެސް ފެނުނު.
ފ.ނިލަންދޫ ގައި ހުރި އާސާރީ ސަރަހައްދަށްވެސް ކިޔަނީ ފޯއްމަތި! މިވަރުންދެން އަފުންގެ ކާބަފައިން ގެ ޙާލަތު ވަރަށްސާފު... އަލްޙަމްދުލިއްލާހި އަޅަމެނަށް ތެދުމަގު ދެއްކެވީތީ...
ނިލަންދޫގައި ހުރީ ފޯއްމަތި. އެއީ ވަކި ތަނަކަށް ދީފަ އިންނަ ނަމެއް. ފޯއްމުލަކަކީ މުޅި ރަށަށް ދީފަ އޮތްނަމެއް. އެހެންވީމަ ތިޔަށް އެއްމެ ވަރުގަދަޔަށް އަޅުކަންކުރީ ފޯއްމުލަކު މީހުންދޯ
ފޯއް މުލައް ކިޔާ ރަށެއް ރާއްޖެއަކު ނޯވޭ. ތަނެއް ދޮރެއް ނޭގުނަސް ކޮ މެންޓް ކުރެވޭތޯ ބަލާތި!
ތިނަދޫ މީހުން ހަވަރު ކަނޑަން ރައީސަށް ސިޓީ ފޮނުވީމަ ފޯއްމުލަކު މީހުން ފޯއްކަނޑަންވެސް ސިޓީ ފޮނުވިކަމަށްވޭ. ފުވައް އަކީ އެރަށުބަހުން ކިޔާއެއްޗެއް. ފޯއް އެއީ ދިވެހިބަސް. އެހެންވީމަ ފުވައްމުލައް ކިޔާނީ އެރަށު މީހުން އެހެން މީހުން ކިޔާނީ ފޯއްމުލަށް. މިސާލަކަށް ކުޅުދުއްދުށި މީހުންނަށް ށ ނުކިޔޭނެ ރަގަޅަކަށް ކިޔާނީ ޕ އެހެން ވީމަ އެރަށު މީހުން ކިޔަނީ ކުޅުދުއްޕުސި. އެކަމަކު އެހެން ހުރިހާއެއްމެން ކިޔަނީ ކުޅުދުއްފުށި.
ބަބު އަށް ރަނގަޅަށް ކުޅުދުއްފުށި ލިޔަން އިނގޭބާ
ފުވައްމުލަކު މީހުންއެއަށް އަޅުކަންކުރިކަމުގެ ހެއްކެއް ދަލީލެއް ދައްކަބަލަ
އިބުރާހިީމް އަލައިހިއްސަލާމް ބުދުތަކާއި މެދު އަމަލުކުރެއްވި ގޮތައް އަމަލކުރައްވާ .
ﷲ ތައާލާ ފިޔަވައި އަޅުކަން ކުރަން ގެންގުޅޭ އެހެން ތަކެއްޗަކީ ނަޖިސްތަކެތި.
ފ. ނިލަންދޫ މީހުން މިކަމާ އެއްޗެއް ބުނެބަ.😆
"ލިންގަމް ރަމުޒުކޮށްދެނީ ފިރިހެނެއްގެ ކުރިމަތި ފަރާތްކަމަށާއި މިއީ ބުދު ދީނުގެ މީހުން އަޅުކަން ކުރަން ގެންގުޅޭ އެއްޗެކެވެ." މި އިބާރާތް މިލިޔުމުގައި އެބައޮތެވެ. އެކަމަކު މީ ރަނގަޅު ވާަކައެއް ނޫނެވެ. ލިންގަމަކީ ހިންދީ ދީނަށް ނިސްބަތްވާ ރަމްޒެކެވެ. ލިންގަމް ރަމުޒުކޮށްދެނީ މުޅި ކާއިނާތެވެ. ނުވަތަ އިނގިރޭސި ބަހެއް ދަންނަވާ ނަމަ "ކޮސްމޯސް" އެވެ.
ތިޔައެއްޗެހި ދޮވެސާފުކޮށް ހުވަނދުލައިގެން ގެންގުޅެން ރަނގަޅުނަމަ ސިއްރުފެންފުށީގަހެދި އަންޑަރވޯޓަރ މިއުޒިއަމް ވެސް ފަތުރުވެރިން ފޮޓޯނަގަން ނުބެހެއްޓެންވީ ކީއްވެ އެއީވެސް ބަޔަކު އަޅުކަންކުރަން ހެދި އެއްޗެއް ނޫންވިއްޔަ
މިއީ ވަގުތުގައި މަސައްކަތްކުރާ ހަމަ ޖަވާހިރެއް.... ރީސާރްޗްކޮށް ހޯދައި ބަލުމަށްފަހު ލިޔާނީ... 🙂 ކީޕް އިޓް އަޕް...
އިންޑިއާ މީހުން މިހާރުވެސް އެއަށް އަޅުކަން ކުރޭ.
މި އެނގުނީ ފޯއްމުލައް އެ ރަށައް ކިޔާ ސަބަބު..
ފޯއްމުލަކޭކިޔާ ރަށެއް ނުދަންނަން
ޝައުގު ވެރި ވީ، ފިރިހެން ހައްޓެއް ވީމަ؟ނޫނީ ބަޔަކު އަޅުކަން ކުރަން ގެންގުޅޭ އެއްޗެއް ވީމަ؟ ތިޔަކައް ޝައުގެއް ނެތް!
މި ކޮންވައްތަރު ސުނާ ހުންނަނީ...
ޔުމްނާ ވަރަށް ބޭނުންވާނެ.
އެ އެއްޗަކަށް އަނެކާއަށް ބާރު ނުފޯރުވޭ، އަދި ފައިދާތަކެއް ނޫނީ ގެއްލުންތަކެއް ލިބިދާނެ އެއްޗެހި. ( ކޯރު، ކަނޑު، އަލިފާން، އިންސާނާގެ އައުރަ،.... )
ހަޔާތް ކުޑަ ބަހެއް ބުނެލަން ވެގެން މި ސުރުޚީ ލިއެލީ ދޯ
ވގތ ނިއުސް ދޯ.
އިސްލާމް ދީނާ ތަޥޙީދުގެ ނިޢުމަތް ދިވެހިންނަށް ދެއްވިކަމަށްޓަކައި ޙަމްދާ ޝުކުރު ކުރަން
ފުވައްމުލަކަށް " ފުވައް " ކިޔަނީ ކީއްކުރަން ކަން މިވަރުންދެން އެނގޭނެ .. !!
ފ.ނިލަންދޫ ގައި ހުރި އާސާރީ ސަރަހައްދަށްވެސް ކިޔަނީ ފޯއްމަތި! މިވަރުންދެން އަފުންގެ ކާބަފައިން ގެ ޙާލަތު ވަރަށްސާފު... " ފ.ނިލަންދޫ ގައި ހުރި އާސާރީ ސަރަހައްދަށްވެސް ކިޔަނީ ފޯއްމަތި! މިވަރުންދެން އަފުންގެ ކާބަފައިން ގެ ޙާލަތު ވަރަށްސާފު...
ބާބުރިޔާމިސްކިތައް ހެދިހެން އިންޑިއާމީހުން ނެެހެދިއްޔާ ރަގަޅު ތިއެއްޗެިތައް ރައްކާ ކޮއްގެން އުޅެނިކޮށް ތީއަހަރުމެންގެ ތަނެކޭކިޔާފަ
ކޮންމެ ވެސް އެއްޗެކޭ ކިޔަނީ އެނގިގެނެއްނޫން.ކޮންމެ ވެސް އާގުރާނަ އެއް ކިޔަނީ މައްޝޫރު 😇🙉
ޙަވާލާދޭ ލިއުމަކީ ކޮބާ
ކަލޯ ތިޔަ ދިރާސާ ކޮށްދެއްވި ބޭފުޅަކީ “އައްދަރަޖަތުލް ދިރާސާތުލް ދޮގޮބެއްޔާ.. ތިކަލޭގެ ދައްކާވާހަކަ ޖެހޭނީ 50އިން ގެއްލަން..
ލިޔާނެ އެއްޗެއް ނޭގޭނަމަ ވާނީ ތިޔަހެންތާ