(އައްޑޫ ސިޓީ) އައްޑޫ ސިޓީ ހުޅުދޫ އާއި މީދޫ އަކީ އެ އަތޮޅުގެ އެހެން ރަށްރަށާއި ވަކިން އޮންނަ ގުދުރަތީ ގޮތުން މުއްސަނދި ދެ ރަށެވެ. އެއްފަސްކޮށް އޮންނަ މި ދެ ރަށުގެ ބިން ބޮޑެވެ. 6000 އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ މި ދެ ރަށުގައި މީހުން އުޅޭ ސަރަހައްދަށްވުރެ މީހުން އާބާދު ނުވާ ސަރަހައްދު ބޮޑެެވެ. މިއީ ތިންވަނައަށް އައްޑޫގެ އެންމެ އާބާދީ ބޮޑު ރަށްވެސް މެއެވެ.

ރަށް ގިރުމުގެ މައްސަލައަކީ ރާއްޖޭގެ ގިނަ ރަށްތަކަކަށް ދިމާވަމުން އަންނަ މައްސަލައެކެވެ. މިއީ ހައްލެއް ނުލިބި އޮތް މައްސަލައަކަށް ވާއިރު ރާއްޖޭގެ ގިނަ ރަށްރަށަށް ދިމާވެފައިވާ ރަށްގިރުމުގެެ މައްސަލަ ހުޅުމީދޫއަށް ވެެސް ވަނީ ދިމާވަމުންނެވެ. އެރަށަށް މި މައްސަލަ ދިމާވަމުން އަންނަތާ 15 އަހަރަށްވުރެ ދިގުލައިގެން ގޮސްފައިވާއިރު މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން ނާންނާތީ ހުޅުމީދޫ ރައްޔިތުން ޝަކުވާ ކުރެއެވެ.

ހުޅުދޫ މީދޫ ގިރަމުންދާ ސަރަހައްދެއް؛- ވަގުތު އިމޭޖަސް-މުހައްމަދު އަފްޒަލް

"ވަގުތު ހޭރިޔާ" ޓީމުން ހުޅުމީދު އަށް ދިއުމުން އެރަށުގެ ގިނަ ބަޔަކު ފާހަގަކުުރި އެންމެ ބޮޑު މައްސަލައަކީ ރަށްގިރުމުގެ މައްސަލައެވެ. އެ ސަރަހައްދަށް ގޮސް ކުރިި ތަޖުރިބާއިން އެނގުނީ އެ ރަށުގެ ގޮނޑުދޮށުގެ ކިލޯމީޓަރެއްހާ ސަރަހައްދު މިހާތަނަށް ގިރައި މޫދުތެރެއަށް ގޮސްފައިވާކަމެވެ.

ދެން އެންމެ ބޮޑު އެއް މައްސަަލައަަކަށް ދިމާވަނީ މިސަރަހައްދުގެ ހޭޅިފަށުގައި އޮންނަ މަގު ރަށް ގިރުމުުގެެ ސަަބަބުން "ގެއްލޭ" މައްސަލައެވެ.

މީދޫ "ނަލަފެެހި ޖަމިއްޔާ" ގެ ފަރާތުން އަހުމަދުު ކާމިިލް ވިދާޅުވީ، އެރަށުގެެ. ހޭޅިފަށުގައި ވެސް މިހާތަނަށް ދެ ތިންފަހަރު މަގު ހެދިއްޖެ ކަމަށެވެ. އަދި ކޮންމެ ފަހަރަކު ވެސް މަގު ހަދާއިރަށް ރަށް ގިރުމުުގެ ސަބަބުން މަގު ގެއްލޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުދޫ މީދޫ ގިރަމުންދާ ސަރަހައްދެއް؛- ވަގުތު އިމޭޖަސް-މުހައްމަދު އަފްޒަލް

"މިހާތަނަށް ގާތްގަނޑަކަށް ރަށުގެ ހޭޅި ފަށުން 30 ފޫޓަށްވުރެ ބޮޑު ސަރަހައްދެއް މިވަނީ ގިރައިގެން ގޮސްފައި. ޕިކަޕު ފަދަ އުޅަނދުތައް ދުއްވުމަށް މިތަނުގައި ހަދާ މަގުވެސް މިހާރު ތިންވަނަ ފަހަރަށް ހަދާފަ މިއޮތީ. ކޮންމެ ފަހަރަކުވެސް ރަށް ގިރުމުގެ ސަބަބުން މަގުގެ ވެލިގަނޑުވެސް ފައިބައިގެން ދަނީ" ކާމިލް ވިދާޅުވިއެވެ.

ގިރާ ސަރަހައްދާ ގާތްގަނޑަަކަށް 100 ވަރަކަށް ފޫޓުން ޖެހެނީ އެރަށުގައި އޮންނަ ޗަކަ ބިމެވެ. މި ބިމަކީ ގިނަ ދަނޑުވެރިންތަކެއް އަލަ އޮޅުތަކެއްގެ ގޮތުގައި ވެސް ބޭނުންކުރަމުން އަންނަ ސަރަހައްދެކެވެ.

އެންމެ ފުރަތަމަ މި މައްސަލަ ހުޅުމީދޫ އަށް ދިމާވާން ފެށި ހިސާބުން ފެށިގެން އެރަށުގެ ރައްޔިތުން އައީ ރަށު ފެންވަރުގައި، އަދި ސަރުކާރުުން އެރަށަށް ޒިޔާރަތްކުރާ އެެކި ފަރާތްތަކާއެކު މަޝްވަރާކޮށްގެން މިި މައްސަލަ އަށް ހައްލެއް ގެނައުމަށް މަސައްކަތް ކުުރަމުންނެވެ.

އާމްދަނީ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަކީީ އެ އަތޮޅުގެ އެހެެން ރަށްރަށުގެ ރަށްޔިތުން ފަދައިން ގިނަ އަދަދަކަށް އަލަ ހައްދާ ބައެކެވެ. ރަށް ގިރުމުގެ ސަބަބުން ވަނީ އަލަ އޮޅުތަކަށްވެސް ލޮނު ވަދެ އެެތަންތަން ހަލާކުވެދާނެ ކަމުގެ ބިރު ބޮޑުވެފައެވެ.

ހުޅުދޫ މީދޫ ގިރަމުންދާ ސަރަހައްދެއް؛- ވަގުތު އިމޭޖަސް-މުހައްމަދު އަފްޒަލް

އެރަށުން ވާހަކަދެއްކި ބައެެއް ދަނޑުވެރިން ބުނެފައިވާ ގޮތުގައި މިކަމާ ގުޅިގެންވެސް އެރަށަށް ޒިޔާރަތްކުރި ގިނަ ބަޔަކާ މިހާތަނަށް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

"މިހާރުު ރަށް ގިރާތާ ގެއްލުުންވާ ހިސާބުގައި ގެއެއް ނެެތަސް، އަހަރުމެން އާމްދަނީ ހޯދުމަށް ހައްދާ އަލަ އޮޅުތައް މި އޮންނަނީ މިތަނުގައި. އަލަ އޮޅުތައް ހަލާކުވިޔަސް އެއީ ކިހާ ބޮޑު ގެއްލުމެއް؟ މިރަށަށް އެންވަޔަރަމަންޓް މިނިސްޓަރު ވަޑައިގަތް ދުވަހަކު ވެސް މިކަމާ ގުޅޭ ގޮތުން އަހަރުމެން މަޝްވަރާ ކުރިން. އެކަމަކު އަސްލު ދައްކަން ޖެހޭ މިންވަަރަކަށް މި މައްސަލައިގެ ވާހަކަ އެއް ވެސް ނުދައްކާ" އެމީހާ ކިޔައި ދިންނެވެ.

އެ ސަރަހައްދަކީ މޫސުން ގޯސް ދުވަސްވަރުގައި ބޮޑެތި ރާޅު ނަގާ ސަރަހައްދެކެވެ. މިކަމުގެ ސަބަބުން ރަށަށް އުދައެރުމުގެ އިތުރުން، ރަށް ގިރުމުގެ "ސްޕީޑް" އިތުރަށް ހަލުވިިވާން ދިމާވެއެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށް ކޮށްފައިވާ ހަމައެކަނި މަސައްކަތްތަކީ ގިިރާ ސަރަހައްދުގެ ވަކި ހިސާބަކަށް ތޮއްްޓެއް ލުމެވެ. މިކަން ކޮށްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުުކާރުގައެވެ.

ނަމަވެސް މިހާރު ތޮށި އޮތް ސަރަަހައްދަށްވުރެ ބޮޑު ސަރަހައްދެއްް ވަނީ ގިރައިގެން ގޮސްފައެވެ. އަދި ގާތްގަނޑަކަށް ދެ ފޫޓެއްހާ ފުޅާ މިނުގައި ހުރި އެ ކޮންކްރިޓް ތޮށި މިހާރު ވަނީ ހަލާކުވާން ފަށައިފައެވެ.

ހުޅުދޫ މީދޫ ގިރަމުންދާ ސަރަހައްދެއް؛- ވަގުތު އިމޭޖަސް-މުހައްމަދު އަފްޒަލް

މީދޫ ނަލަފެހި ޖަމިއްޔާ އިން ބުނި ގޮތުގައި އެ ސަރަހައްދު ގިރަމުން އަންނަ މައްސަލަ އެ ޖަމިއްޔާއިން ވެސް ވާނީ އެކި ފަހަރުގެ މަތިން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކޮށްފައެވެ. އަދިި އެއްވެސް ފަރާތަކުން މި ސަރަހައްދު ހިމާޔަތްކުރުމަށް މާބޮޑު މަސައްކަތެއް ކޮށްފައި ނުވާއިރު އެރަށުގެ ގޮނޑުދޮށްް އިތުރަށް ގިރާނަމަ ރަށުގެ މީހުން އުޅޭ ސަރަހައްދަށް ލޮނުގެ އަސަކުރުކުރުންް ކައިރިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރަދީފް

    ކައުންސިލް އަދި މަޖްލިސް ވެސް ވެރިކަންކުރާ ޕާޓީއަށް ލިބުނު ދުވަހަކުން ތިޔަކަމަށް ހައްލު ގެނެވޭނެ.މިވަގުތު ކައުންސިލް އަދި ހުޅުދޫ ، މީދޫ ދާއިރާގެ މަޖްލިސް ގޮނޑި އެއީ ވެރިކަންކުރާ ޕާޓީގެ މެމްބަރުންނެއް ނެތް.އެހެންވީމަ ކަންކަން ކުރަން ދަތިވެގެން މިއުޅެނީ.އެމީހުންގެ ބަސްމަގު ހުންނަ ގޮތަށް ވާހަކަ މިދައްކަނީ.އަދިވެސް ކުލަ ގަދަ ފޮތި ދަމައިގެން ހަރުގެ ތަކުގަ ލަވަ ޖަހާފަ ބަހައްޓާ.އޭރުން ގިރާ ސަރަހައްދު ހިމާޔަތްކުރެވޭނެ.ލަދު ކޮބާ؟؟ ވ.ވެދުން.

    11
    1
  2. މަރީ

    މިސަރުކާރުން ފަތުރަން ފޫގަޅާފަ ހުރި އެއްޗެއް ފެތުރޭނެ ދޯ ހުރިހާ ތާކުވެސް

  3. ކެހިވެރި ފަތިސް

    ރޯޒީ އަށް ދަންނަވާ އަވަސް ފިޔަވަޅު އަޅަން

  4. ފިދަނަ

    މިސަރުކާރު އާ އީ 💯 ދުވަހުގެ ވަޢުދާ އެކު ވާކަމެ އް ހާރާމުން ހަރާން ހުސްދޮގު ހެދުން ކަމަކީ

    10
  5. ސސ

    ރާއްޖޭގެ އަތޮޅުތަކާއި ރައްތަށް ޤުދުރަތީ ގޮތުން އުފެދިފައިވާ ގޮތަށް ބަލާއިރު، ދިގު ބައެއް ރައްތަކަކީ މެދުތެރެއިން ކޮންމެސް ވަރެއްގެ ކޯޒްވޭޔެއް އޮވެ ފެން ދައުރުވާގޮތަށް ހުންނަރައްތަކެއް، ގުދުރަތީ ގޮތުން އުފެދުނު ގޮތް ބަދަލްކޮށްލީމައި އަންނާނެ ބަދަލް މިފެންނަނީ، ހުޅުދޫ އަކީ ވަރަށް ދިގުރަށެެއްގެ ގޮތުގައި "މޫލެ ކެޑެ" ކިޔާ އޮއިދަމާ ކޯޒް ވޭޔެއް އޭރުގެ މާފިށިޔާއި ހުޅުދޫ އާއި ދެމެދު އޮންނަތަނެއް، ހެރެތެރެ ރިސީޓް ހަދަން ރަށައްގެނެވުނު ބަދަލާއިއެކު ހެރެތެރެ ރިސޯޓް ހަދަން މާފިށީގެ ބަޔެއް ހުޅުދުއާއި އެއްކޮށްލާފަ ކޯޒުވޭ ހިއްކާލާފަ އެހެން ދިމާލަކުން ކޯޒުވޭ ހެދުމުގެ ސަބަބުން ހުޅުމީދޫގެ ފުއްޓަރު ފަރާތުގެ އޮއިވަރު ތަފާތު ގޮތަކަށް ބަދަލްވާތީ ހުޅުމީދޫގެ ފުއްޓަރު ފަރާތް ގިރަމުންދަނީ ކަމުގައި ބެލެވެނީ ! ހަމައެފަދައިން މީދޫގެ ކޯގަންނު ސަރަހައްދަށްވެސް ބަދަލްތަކެއް އައިސްފައިވަތީ ދެކޮޅުންވެސް ގިރެމުން ދަނީ !

  6. ނެތީމޭނެތީމޭ

    އައްޑޫ ހުޅުދޫ މީދޫ ގިރެން ދޫކޮށްލާ އެރަށު މީހުން މާލެ ސަރަހައްދުން ފުށި ދިއްގަރު ފަޅު ހިއްކާ އެތަނަށް ބަދަލު ކޮށްލަންވީއޭ ހުޅުދޫ މީދޫގައި ގިނައީ ވަގުންނާއި ޑްރަގް ކާރޓެލްސް އިންނޭ އެހެންވީމައޭ އެވަރަށް ތިޔާ ރަށް ގިނައީ ތިޔާ ތަމެންނަށް އިބްރަތަކަށް ދިމާވާ ކަންކަމޭ މަމެން ބުނަން ނެތީމޭ...

    4
    2
  7. އަންނި

    ތިކަމައް ހައްލެއް ހޯދައި ދެވޭނީ 2023 ގެ އިންތިހާބު ކާމިޔާބު ވެގެން.

    1
    1