އައްޑޫ ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީއިން ބުނެފި އެވެ.

އެމްޓީސީސީއިން ބުނީ ހުޅުމޯދޫ މިފްކޯ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ނެރަށް ވަދެވެން އޮންނަ އައު ދިމާ ފުންކުރުމުގެ މަސައްކަތުގެ 86 އިންސައްތަ ނިމިފައިވާ ކަމަށެވެ.

އަދި އައު ހާބާ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 75 އިންސައްތަ ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރު އަދި ނެރު ފުންކުރުމުގެ އިތުރުން 97 މީޓަރު ޝީޓް ޕައިލް ކީވޯލް ކުރާނެ ކަމަށް އެމްޓީސީސީއިން ބުނެ އެވެ.

ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހިގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އޮކްޓޯބަރު 30، 2019ގަ އެވެ. ޑިޒައިން ބިލްޑް އުސޫލުން ކުރިއަށް ގެންދާ އެ މަޝްރޫއުއަކީ 69 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ