އައްޑޫ ސިޓީގެ ހުޅުދޫ-މީދޫއަށް ވަކި ބަޖެޓެއް ކަނޑައަޅުއްވައި ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޮލިހު މިފަދައިން ވިދާޅުވީ، އެމަނިކުފާނު އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި މީދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ރައީސް ވިދާޅުވީ، އައްޑޫ ސިޓީ ހުޅުދޫ އަދި މީދޫގައި ގިނަ މަޝްރޫތަކެއް ނިންމަވާދެއްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސިއްހީ މަރުޒަރު ތަރައްގީ ކުރުމާއި ޓޫރިޒަމް ޒޯނާއި ބަނދަރުގެ މަސައްކަތާއި ބިން ހިއްކުމާއި ފުޓްބޯޅަ ދަނޑުގެ މަސައްކަތް އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫތައް ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ވިސްނަންވީ ދެންހުރި ކަންތައްތައް ނިންމަން. ހުޅުމީދޫގެ ރައްޔިތުންނާއި ބައްދަލުކޮށް ބައެއްކަންކަން ވަނީ ހިއްސާކޮށްފައި. މީދޫއިން ހުށަހެޅި ކަންކަމަކީ މިހާރު ވެސް ކުރެވެން ހުރި ކަންކަން. ހުޅުދޫއިން އިން ހިއްސާކުރި ކަންކަމަކީ ވެސް ވަގުތުން ކުރެވޭނެ ކަންކަން. އެކަންކަން ކުރަމުންދާތަން ފެންނާނެ." ރައީސް ވިދާޅުވިއެވެ.

ދެ ރަށުގެ ރައްޔިތުން ހިއްސާކުރި އެންމެ ބޮޑު ކަންބޮޑުވުމަކީ ގޯތި ދޫކުރުން ލަސްވާ ވާހަކަ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަށް ސަރުކާރުން މިހާރު ވާނީ ހުއްދަދީފައި ކަމަށާއި ކައުންސިލުން އެ މަސައްކަތް ވަރަށް އަވަހަށް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު އެންމެ ފުރަތަމަ ސިޓީއަކަށްވީ އައްޑޫ ކަމަށެވެ. އައްޑޫ ސިޓީއަށް ބަދަލުވިއިރު، އޮތީ ވަކި ރަށްތަކެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން ވަކިން އޮތް ދެ ރަށް ކަމަށްވާ ހުޅުދޫ-މީދޫ ހިންގުމުގައި އިދާރީ މައްސަލަތަކެއް ދިމާވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކޮންމެ ކަމަކީ ބަދަލުކޮށް އިސްލާހުކުރަން ޖެހޭ ކަންކަން. ހުޅުދޫ-މީދޫ ވަކިން ހިންގުމުގެ ތެރޭގައި ބަޖެޓްގެ ކަންކަމާއި އިދާރީ މައްސަލަ ދިމާވޭ. އެ މައްސަލަތަކަށް ހައްލު ހޯދޭނީ މަޝްވަރާކޮށް އިތުރު ބާރުތަކެއް ދެ ރަށަށް ދީގެން. އެއް ސިޓީއެއް ގޮތުގައި އައްޑޫ އޮވެގެން މިކަން ކުރެވޭނެ." ރައީސް ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ، ވަކި ބަޖެޓެއް ހުޅުދޫ-މީދޫއަށް ގެނެސް އިދާރީ ނިޒާމް ބަދަލުކުރޭވެ ކަމަށެވެ. އެކަން އެގޮތަށް ކުރުމުން މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހުސޭނުބޭ

    މީ ޤައުމު ހިންގަން ދަންނަ މީހެއްނޫން. މި އަހަރުގެ ބަޖެޓް ކަނޑައަޅާފައި އޮއްވާ ބަޖެޓުގައި ނެތް ކަންކަން ކޮށްފައި ހުރި ކަންތައް ނުކުރާނަމަ އިންނަވަރު އިބުރާހިމެކޭ ކުރީޒަމާނުގެ ޑިކްޓޭޓަރެކޭ ހުރި ތަފާތަކީ ކޮބައި

    7
    1
  2. ބޯދިގުޒައީމް

    މީނަހަމަތަ ގާނޫނީވެރިކަމެއްކުރަން

    5
    1
  3. Anonymous

    ކަލެއަށް އެއްވެސްކަމެއް ނުކުރެވޭނެކަން ވިލިމާލޭ ބުރިޖް އަޅާށޭ ކިޔާފަ ގަންނަގަނޑު ބެލީމއެގޭނެ . އަދި އެއްމެތަނބެއްނުޖެހޭ. ތަނބެއްޖަހާފަބެލިއިރު އެ އަޑީގަނުޖެހޭ. ދެން އަމީނީމަގު ހަދާށޭކިޔާފަ މަގުހަލާކު ކުރިގޮތަށް ހަމަސްވީ ލާރިކޮޅުކާހުސްކޮށްފި.

    4
    1
  4. ދީދީ

    ދެން އޭއްޗެކޭ މީއްޗެކޭކިޔަނީ ތިމާޔަށް ކިޔޭ ނުކިޔޭއެއްނޭގޭ. މިއީހަމަ އަންނިއާއި މައުމޫނާއި އިމްރާނާއި ގާސިމާއި ހަތަރުމީހުން ވެގެން ނަގާ ކޮޅަށްޖަހާފައި ބޮޑު ހުރިކޮހެއް.

    5
    1
  5. Anonymous

    ކަލޭކަމެއްކުރައްޏާ ފުރަތަމަ ދޭބަލަ ކިޔަވަން . މިދުނިޔޭން ކަލޭނޫނީ އަސާސީ ތަޢުލީމުންޑިގްރީ ނަގައިގެންހުރި ރައީސެއް ހުރިތޯ ނިކަންހޯދަބަލަ؟؟؟

    7
    1
  6. އިސްޢާފް ސަލީމް

    ކޮސްބެ! ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަނީ ޢިމްރާނު ދޭ ލަފާޔަށް! ދިވެހިންނަކީ ކިތަންމެ ޙާލެއްގައި ޖެއްސިޔަސް ފައިސަފޮއްޗެއް ދީ ފިރުމައިލީމާ އެކަން ހަނދާންނެތެކޭ ބަޔެކޭ ޢިމްރާނު ބުނެފައި ވޭ! ކޮންމެ އަނިޔައެއްދީފައިވެސް ވޯޓުލުމުގެ 6 މަސްކުރިން ފިރުމައިލީމާ ދިވެހިން އެ އަނިޔާ ހަނދަންނެތޭނޭކަމަށް ޢިމްރާނު ބުންޏަސް ދެން ދިވެހިން މިކަލޭގެޔަށް ބޮޑުކޮށް ނޫނެކޭ ބުނާނެ!

    3
    1
  7. ނަން

    ހުޅުމީދޫ ޚާއްޞަ ވަނީ ކީއްވެ، އެންމެ ގިނަ ވޯޓް ލިބެން އޮތީ އެދެރަށުން ދޯ؟

    3
    1