(ހއ. އުލިގަމު) އާބާދީގައި ފަސް ސަތޭކައެއްހާ މީހުން ދިރިއުޅޭ އުލިގަމުގައި ސިޔާސީ ފޯރި ކުޑައެވެ. ސިޔާސީ ޕާޓީތަކުގެ ފޯރި އަމުދުން ކުޑައެވެ. ޕާޓީތަކުގެ ދިދަ ފޮތިތަކާއި ޕޯސްޓަރުތައް ނުފެނެއެވެ. އަންނަ ހޮނިހިރު ދުވަހު ބާއްވާ ކައުންސިލް އިންތިޚާބަށް ކެންޑިޑޭޓުން ކެމްޕޭން ކުރަމުން ދަނީ ދޮރުން ދޮރަށް ހިނގައިގެން ފަދަ މަދު ހަރަކާތެއް ހިންގައިގެންނެވެ. އެމްޑީޕީގެ މަދު ކެންޑިޑޭޓެއް ވާދަކުރާއިރު މި ރަށުން ދެން ވާދަކުރަނީ އަމިއްލަ ކެންޑިޑޭޓުންނެވެ.

އުލިގަމު ކައުންސިލްގެ ރައީސް ކަމަށް އަމިއްލަ ދެ ކެންޑިޑޭޓުން ވާދަކުރާއިރު އެމްޑީޕީގެ ކެންޑިޑޭޓަކު ވެސް ވާދަކުރެއެވެ. ރަށު ކައުންސިލްގެ ހަތަރު ގޮނޑިއަށް ވާދަކުރަނީ އެމްޑީޕީގެ ތިން ކެންޑިޑޭޓެކެވެ. އަމިއްލަ ހަތަރު ކެންޑިޑޭޓަކު ވާދަކުރެއެވެ. އޭގެ ތެރެއިން އަންހެނުންނަށް ޚާއްސަ އެއް ގޮނޑި އަމިއްލަ ކެންޑިޑޭޓަކަށް ލިބޭނެ ކަން މިހާރު ކަށަވަރެވެ. އެ ގޮނޑި ލިބޭނީ އަމިއްލަ ކޮން ކެންޑިޑޭޓަކަށް ކަން އެނގިގެން ދާނީ އިންތިޚާބުންނެވެ.

އުލިގަމުގެ 387 ރަށްވެހިންނަށް އަންނަ އިންތިޚާބުގައި ވޯޓް ލުމުގެ ޙައްޤު ލިބިފައިވާއިރު އޭގެ ތެރެއިން 116 މީހަކު ވަނީ "ވަގުތު ހޭރިޔާ" އިން ކުރިއަށް ގެންދިޔަ ދިރާސާގައި ބައިވެރިވެފައެވެ. އެއީ ވޯޓްލާ އާބާދީގެ 30 އިންސައްތައެވެ. ރަށުގައި ދިރިއުޅޭ މީހުންގެ ތެރެއިން 270 ރަށްވެހިންނަށް ވޯޓް ލުމުގެ ޙައްޤު ލިބިފައިވާއިރު މީގެ 43 އިންސައްތަ މީހުން މި ވަނީ ދިރާސާގައި ބައިވެރިވެފައެވެ.

ހއ. އުލިގަމުގައި ކުރިއަށް ގެންދިޔަ ސާވޭގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އަމިއްލަ ކެންޑިޑޭޓުންނަށް ތާއީދު ބޮޑީ މެދު އުމުރުފުރާގައި

އުމުރުނ 30 އަހަރާއި 64 އަހަރާ ދެމެދުގެ 76 މީހުން މި ދިރާސާގައި ބައިވެރިވިއެވެ.

މި އުމުރުފުރާގެ ތެރެއިން، ރަށު ކައުންސިލްގެ ރައީސްގެ ވޯޓުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 27 މީހަކު ބުނެފައިވެއެވެ. އަމިއްލަ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 36 މީހެކެވެ. ވޯޓް ނުލާނެ ކަމަށް ހަތަރު މީހަކު ބުނެފައިވެއެވެ. އަދި ވޯޓް ލާނެ ގޮތް ހާމަ ކުރަން ބޭނުން ނުވާ ކަމަށް އެކަކު ބުނެފައިވެއެވެ. ވޯޓް ލާނެ ގޮތް އަދި ނުނިންމާ ކަމަށް އަށް މީހަކު ބުނެފައިވެއެވެ.

ރަށު ކައުންސިލްގެ ވޯޓުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް 29 މީހަކު ބުނެފައިވެއެވެ. އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 38 މީހެކެވެ. ވޯޓް ނުލާނެ ކަމަށް ހަތަރު މީހަކު ބުނެފައިވެއެވެ. އަދި ވޯޓް ލާނެ ގޮތް ހާމަ ކުރަން ބޭނުން ނުވާ ކަމަށް އެކަކު ބުނެފައިވެއެވެ. ވޯޓް ލާނެ ގޮތް އަދި ނުނިންމާ ކަމަށް ހަ މީހަކު ބުނެފައިވެއެވެ.

ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް
ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް
ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް

ޒުވާން އަދި އިސް ރަށްވެހިންގެ ތާއީދު އަމިއްލަ ކެންޑިޑޭޓުންނަށް ކުޑަ

އަލަށް ވޯޓްލާ އާބާދީގެ ތެރެއިން އުލިގަމުގެ ދިރާސާގައި ބައިވެރިވީ އެންމެ ޒުވާނެކެވެ. އެ ޒުވާނާ ވެސް ބުނެފައިވަނީ ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓް ދޭނެ ކަމަށެވެ. އެއީ 17 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާއެވެ.

އުމުރުން 20 އަހަރާއި 29 އަހަރާ ދެމެދުގެ އުމުރުފުރާގެ 18 މީހަކު ބައިވެރިވެފައެވެ. އޭގެ ތެރެއިން، ރަށު ކައުންސިލް އަދި ރަށު ކައުންސިލްގެ ރައީސްގެ ވޯޓުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ ހަތް މީހެކެވެ. އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް އަށް މީހަކު ބުނެފައިވެއެވެ. ވޯޓް ނުލާނެ ކަމަށް އެކަކު، ވޯޓް ލާނެ ގޮތް އަދި ނުނިންމާ ކަމަށް އެކަކު، އަދި ވޯޓް ލާނެ ގޮތ ހާމަ ކުރަން ބޭނުން ނުވާ ކަމަށް އެކަކު ބުންޏެވެ.

ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް
ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް
ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް

އުމުރުން 65 އަހަރުން މަތީގެ އުމުރުފުރާގެ 21 މީހަކު ބައިވެރިވެފައިވެއެވެ. އޭގެ ތެރެއިން، ރަށު ކައުންސިލް އަދި ރަށު ކައުންސިލްގެ ރައީސްގެ ވޯޓުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ އަށް މީހެކެވެ. އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 10 މީހެކެވެ. އަދި ވޯޓް ލާނެ ގޮތް ނުނިންމާ ކަމަށް ތިން މީހަކު ބުނެފައިވެއެވެ.

ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް
ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް
ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް

އަތޮޅު ކައުންސިލްގެ ވޯޓް ވަރަށް ވާދަވެރި

ރަށު ކައުންސިލް އަދި ރަށު ކައުންސިލްގެ ރައީސްގެ ވޯޓުގައި އަމިއްލަ ކެންޑިޑޭޓުން އިޚްތިޔާރު ކުރަން އުލިގަމުގެ ގިނަ ބަޔަކު ބޭނުންވާއިރު، އަތޮޅު ކައުންސިލްގެ ރައީސްގެ ވޯޓުގައި އަމިއްލަ ކެންޑިޑޭޓެއްގެ އިޚްތިޔާރެއް ނެތެވެ. މިއާއެކު، ދިރާސާގައި ބައިވެރިވި މީހުންގެ ޖަވާބަށް ބަލާއިރު އުލިގަމު ރައްޔިތުންގެ ތެރޭގައި އަތޮޅު ކައުންސިލްގެ ރައީސްގެ ވޯޓު ވަރަށް ވާދަވެރިވާނެ ކަމަށް ބެލެވެއެވެ.

ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން، އަތޮޅު ކައުންސިލްގެ ރައީސްގެ ވޯޓުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 49 މީހެކެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 42 އިންސައްތައެވެ. ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 45 މީހެކެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 39 އިންސައްތައެވެ. ވޯޓް ލާނެ ގޮތް އަދި ނުނިންމާ ކަމަށް 13 މީހަކު ބުނިއިރު، އެއީ 11 އިންސައްތައެވެ. ވޯޓް ނުލާނެ ކަމަށް ހަ މީހަކު ބުނިއިރު، އެއީ ފަސް އިންސައްތައެވެ. ވޯޓް ލާނެ ގޮތް ހާމަ ކުރަން ބޭނުން ނުވާ ކަމަށް ތިން މީހަކު ބުނިއިރު އެއީ ތިން އިންސައްތައެވެ.

ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް

ވަގުތު ހޭރިޔާ ދިރާސާ: އުލިގަމު ރަށު ކައުންސިލްގެ ޖުމުލަ ނަތީޖާ

ރަށު ކައުންސިލްގެ ވޯޓްގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް 45 މީހަކު ބުނެފައިވެއެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 38 އިންސައްތައެވެ. އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 56 މީހުންނެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 47 އިންސައްތައެވެ. ވޯޓް ނުލާނެ ކަމަށް ފަސް މީހަކު ބުންޏެވެ. އެއީ ހަތަރު އިންސައްތައެވެ. ވޯޓް ލާނެ ގޮތް އަދި ނުނިންމާ ކަމަށް 10 މީހަކު ބުނެފައިވާއިރު އެއީ އަށް އިންސައްތައެވެ. ވޯޓް ލާނެ ގޮތް ހާމަ ކުރަން ބޭނުން ނުވާ ތިން މީހަކު ތިބިއިރު، އެއީ ތިން އިންސައްތައެވެ.

ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް

ރަށު ކައުންސިލްގެ ރައީސްގެ ވޯޓްގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 43 މީހަކު ބުނެފައިވެއެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 37 އިންސައްތައެވެ. އަމިއްލަ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 54 މީހުނެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 47 އިންސައްތައެވެ. ވޯޓް ލާނެ ގޮތް ނުނިންމާ 12 މީހަކު ތިބިއިރު އެއީ 10 އިންސައްތައެވެ. ވޯޓް ނުލާނެ ކަމަށް ފަސް މީހަކު ބުނެފައިވާއިރު އެއީ ހަތަރު އިންސައްތައެވެ. ވޯޓް ލާނެ ގޮތް ހާމަ ކުރަން ބޭނުން ނުވާ ދެ މީހަކު ތިއްބެވެ. އެއީ ދެ އިންސައްތައެވެ.

ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް

އެއްވެސް ސަރުކާރެއް ކަމުދޭ ތަ؟

އަމިއްލަ ގިނަ ކެންޑިޑޭޓުން ކުރިމަތިލުމުގެ އެއް ސަބަބަކަށް ބެލެވެނީ ވެސް ސަރުކާރުތަކާ މެދު އުލިގަމުގެ ރައްޔިތުންގެ މެދުގައި ހިތްހަމަނުޖެހުމެއް އޮތުމެވެ. މި ކަން އިތުރަށް ބެލުމުގެ ގޮތުން "ވަގުތު ހޭރިޔާ" ގެ ދިރާސާގައި ސަރުކާރުތަކާ މެދު ރައްޔިތުން ދެކޭ ގޮތް ވެސް ބެލީމެވެ.

އުލިގަމުން ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 40 މީހަކު ބުނެފައި ވަނީ އެ މީހުންނަށް ކަމުދަނީ މި ސަރުކާރު ކަމަށެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 35 އިންސައްތައެވެ. ކުރީގެ ސަރުކާރު ކަމުދާ ކަމަށް 35 މީހަކު ބުނެފައިވެއެވެ. އެއީ 30 އިންސައްތައެވެ. އެއްވެސް ސަރުކާރެއް ކަމު ނުދާ ކަމަށް 29 މީހަކު ބުނެފައިވެއެވެ. އެއީ 25 އިންސައްތައެވެ. ދެ ސަރުކާރު ވެސް ކަމުދާ ކަމަށް 12 މީހަކު ބުނިއިރު އެއީ 10 އިންސައްތައެވެ.

ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް

މާދަމާ ރިޔާސީ އިންތިޚާބެއް ބާއްވާނަމަ މި ސަރުކާރަށް ވޯޓް ދޭނަންތަ؟

"ވަގުތު ހޭރިޔާ" ދިރާސާގައި އާންމުންނަށް އަމާޒު ކުރާ ވަރަށް މުހިއްމު ސުވާލެއް އޮވެއެވެ. އެއީ މާދަމާ ރިޔާސީ އިންތިހާބެއް ބާއްވާ ނަމަ، ޤައުމުގެ މިހާރު މި ހުރި ހާލަތަށް ވިސްނާފައި މި ސަރުކާރަށް ވޯޓު ދޭނަން ހެއްޔެވެ؟ މި ސުވާލު ކުރުމުގެ މަޤްޞަދަކީ ސަރުކާރުން ދެމުންދާ ޚިދުމަތާއި މިހާތަނަށް ނެރެފައިވާ ނަތީޖާއާއި، މަޝްރޫއުތަކުގެ ދުވެލި ހުރި މިންވަރާ މެދު ރައްޔިތުން ހިތްހަމަޖެހޭތޯ ބެލުމެވެ.

މި ދިރާސާގައި ބައިވެރިވި 61 މީހަކު ވަނީ މި ސަރުކާރަށް ވޯޓް ނުދޭނެ ކަމަށް ބުނެފައެވެ. އެއީ 53 އިންސައްތައެވެ. ސަރުކާރަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 41 މީހެކެވެ. އެއީ 35 އިންސައްތައެވެ. ވޯޓް ދޭނެ ގޮތެއް ނިންމާނީ އެ ވަގުތެއް އައިސް ޖެހުމުން ކަމަށް 14 މީހަކު ބުނެފައިވެއެވެ. އެއީ 12 އިންސައްތައެވެ.

ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް

"ވަގުތު ހޭރިޔާ" އިން ކުރި ދިރާސާގައި ބައިވެރިވެފައިވަނީ ވޯޓްލާ އާބާދީގެ ގާތްގަނޑަކަށް 30 އިންސައްތަ މީހުން ކަމުގައިވީއިރު، ދިރާސާގައި ބައިވެރިނުވާ މި އާބާދީގެ 70 އިންސައްތަ މީހުންގެ ވޯޓް އަންނަ ގޮތުން މި ނަތީޖާއަށް ބަދަލެއް އައުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަދި މާލޭގައި ހުންނަ އުލިގަމު ރައްޔިތުން ވޯޓް ލާ ފޮށީީގެ ނަތީޖާއިން ވެސް މި ނަތީޖާ ހަމަ ބަދަލު ވެދާނެއެވެ. މި އިންތިޚާބުގައި އެކި ރަށްރަށުގެ ފޮށިތަކުގައި ވެސް އުލިގަމު ރައްޔިތުން ވޯޓް ލާނެ ކަމަށް ބެލެވެއެވެ. އެހެން ވިޔަސް ރަށުގައި ތިބި ގިނަ މީހުންގެ ތެރޭގައި އަމިއްލަ ކެންޑިޑޭޓުންގެ މަޤްބޫލްކަން ރަށު ތެރެއިން ފެނެއެވެ.

އަމިއްލަ ކެންޑިޑޭޓުންގެ މެދުގައި ވޯޓުތައް ބެހިއްޖެ ނަމަ ކައުންސިލް ރައީސް ކަމަށް ކުރިމަތިލާފައިވާ އެމްޑީޕީ ކެންޑިޑޭޓް އިންތިހާބުވުމުގެ ފުރުސަތު ބޮޑުވެގެން ދާނެއެވެ. އެނޫން ގޮޑިތައް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ކާމިޔާބުކުރަން ދަތިވާނެ ކަން ސާވޭގެ ނަތީޖާއިން ވަނީ ފާހަގަކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަސީ

    ތީބަރާބަރު ވާހަކައެއް މިހާރު މިޕާޓީން ވެރިކަންކުރަން ދޭނެކަމެއް ނެތް ރައްއިތުން މިފަހަރަކު 500 ރ ނުވިކޭނެ

    2
    1
    • ދިއްދޫސޮރު

      ދެން އަމިއްލަ ކެނޑިޑޭޓު ހޮވައިގެން އެމީހުންލައްވާ ރަށް ތަރައްޤީކުރޭ.. ސަރުކާރަށް އަނެހެން މާ މުހިންމު ތަނެއްވެސް ނޫން އެކަމަކު އާބާދީގެ ނިސްބަތުން ގިބަ ޕުރޮޖެކްޓަކެއް ހިންގަދޭ.. ކަންކަން ބަލައި ނުގަންނަ ޑިމާންތައް މަތީގަ އުޅޭ ހަރުކަށި ބޮޑާ މީހުން ގިނަ ރަށެއް.. މީހުން ބާލާފަ އަތޮޅު ވެރިރަށް ދިއްދުއަށް ގެންނަންވީ ދެން ރިސޯޓެއް ހަދަންވީ ތި ރަށުގަ..

      1
      1
      • ައުލިގަމު ރައްޔިތެއް

        100 ގެ ވާހަކައެއް. އަމިއްލަ ކެނޑިޑޭޓުން ހޮވާތާ 10 އަހަރުވެެން ދިޔައިރުވެސް ވީކަމެއް ހަރާމް. އަތުގަ ފައިސާހުރެ ކަންކަން ކުރާން ނޭނގޭ ބައެއް ހުވާފަ ތިބެނީ. ޢިލްމީ ޤާބިލް މީހުން ތިއްބާ, އެންމެ ނާޤާބިލް މީހުން މިހޮވަނީ ކޮންމެ ފަހަރަކުވެސް. ކުރީންތިބި ކައުންސިލް މެމްބަރުން ލަދުގަންނަ ޖެހޭނެ މިފަހަރު ކުރިމަތިލާންވެސް.

  2. ޏަަގަ

    ކޮބާ އިހަވަންދޫ ދިރާސާ