ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިސްބަތްވެވަޑައިގަންނަވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން އެ ޕާޓީގެ ރަސްމީ ސައިޒް ދައްކާލަން ނިކުންނަން ތައްޔާރުވާން ފަށާފައިވާކަމަށް ވިދާޅުވެއްޖެއެވެ.
ދާދި ދެންމެ ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު، އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، އެމްޑީޕީގެ ފިކުރާއި، ފިކުރިއްޔާތުގެ ތެރެއަށް ދިވެހި ޒުވާނުން ދަތުރުކުރި ޒަމާން ވިއްސި ވިހާލިވެ މާޒީވެ ނިމިއްޖެކަން ﷲ އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ހަފްތާއެއްގެ ތެރޭގައި ވަރަށް ސާފުކޮށް އެންމެހާ ދިވެހި ރައްޔިތުންނަށް ހާމަކޮށްލާނެ ކަމަށެވެ.
"މިމަހުގެ17 ނުވަތަ 18 ގައި ﷲ އިރާދަކުރެއްވިއްޔާ ފުރަ މާލޭގައި ޕީޕީއެމްގެ ރަސްމީ އަދަދާއި، ސައިޒާއި، ނަންބަރާއި، ކޮލިޓީއާއި ކުލަވެސް އަޅުގަނޑުމެން ﷲ އިރާދަކުރެއްވިއްޔާ ސައިޒް ދައްކާލާނަން." އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ، މާލޭގައި ހަފްތާއެއްގެ ތެރޭގައި ބާއްވާ ބޮޑު ޖަލްސާގެ 60 ނުވަތަ 70 އިންސައްތައާ ހަމައަށް ދިވެހި ޒުވާނުން ތިބޭތަން ﷲ އިރާދަކުރެއްވިއްޔާ އިދިކޮޅު ފަރާތްތަކަށް ގެނިގެންދާނެ ކަމަށެވެ.
"ރަސްމީ ސައިޒް، މި ސައިޒުގެ އެންމެ ކުރީގައި ތިބޭނީ ދިވެހި ޒުވާނުން. ހާއްޞަކޮށް ފުރަ މާލެއާއި، މާލެ ސަރަހައްދަށް ނިސްބަތްވާ ޒުވާނުން. ރައީސް ޔާމީނާ އެކުގައި ބުރިޖު ސަޅިވެފައި، ކޮށްދެއްވި ޚިދުމަތްތައް ސަޅިވެފައި، ފުޓްސަލް ދަނޑުތައް ސަޅިވެފައި، އެމީހުންނަށް ދިން ފުރުޞަތުތައް ސަޅިވީމަ އެ ހުރިހާ ސަޅިއެއް ﷲ އިރާދަކުރެއްވިއްޔާ ދައްކާލާނަން." ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ، ޕީޕީއެމްގެ ސައިޒް ދައްކާލާ ޖަލްސާގެ ތައްޔާރީތައް ފަށާފައިވާ ކަމަށާއި، ޕީޕީއެމް އިން ބޮޑު ޖަލްސާއެއް ބާއްވަނީ ކޮންމެހެން އެމްޑީޕީން ޖަލްސާއެއް ބާއްވައިގެން ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުމުގައިވެސް އެމްޑީޕީގެ ޖަލްސާގެ ވިސްނުމެއް ނެތް. ނަމަވެސް އެމީހުންނަށް އާ ކަމެއް ވެގެން އުޅޭހެން "އާ ކުކުޅަކަށް އާ ބިހެއް އެޅުނީމަ އުޅޭ ޒާތުން" ރޭ ހަތަރުދަމު އުޅެން ފެއްޓީމަ މި ދަންނަވާލީ ތިބޭފުޅުން ސައިޒް ބައްލަވަން މަޑުކޮށްލައްވާ." ސައިޒް ބައްލަވާލައްވަން އިދިކޮޅު ފަރާތްތަކަށް ދައުވަތު އަރުވަމުން ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ، މިމަހުގެ ހަތްވަނަ ދުވަހު ޕީޕީއެމުން މާލޭގައި ބޭއްވި ބޮޑު ޖަލްސާއަކީ ރަށްރަށުން މީހުން ގެނެސްގެން ބޭއްވި ޖަލްސާއެއް ނޫންކަމަށާއި، އަދި އެ ޕާޓީން ހިތްވަރު ދީގެންވެސް ރަށްތަކުން މީހުން ނުގެންނަ ކަމަށެވެ. އެހެންނަމަވެސް ފަހަރުގައި ރަށަކުން ބަޔަކު ނާދެއޭ ނުދަންނަވާނެ ކަމަށް ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ، އަތޮޅު ތެރެއިން މީހުން ގެންނަން އަދި ނިންމާފައި ނުވާ ކަމަށާއި، އެހެންނަމަވެސް އަތޮޅު ތެރޭން މީހުން ގެންނަން ޖެހިއްޖެނަމަ އެކަން ކުރެވެނީ ކޮން ޕާޓީއަކަށް ކަންވެސް ފިސާރި ރަނގަޅަށް ދައްކާލައްވާނެ ކަމަށެވެ.
"އަޅުގަނޑުމެން މީގެ ދެރޭ ކުރިން ބޭއްވި ޖަލްސާއަކީ ބަޔަކަށް ގޮންޖަހާފައި ބޭއްވި ޖަލްސާއެއް ނޫން. އަތޮޅު ތަކުން މީހުން ގެނެސްގެން ބޭއްވި ޖަލްސާއެއް ނޫން. އަތޮޅުތެރޭން މީހުން ގެންނަން ޖެހިއްޖެ ކަމަށްވާނަމަ، މީހުން ގެނެވޭނީ ކޮން ބަޔަކަށް ކަންވެސް އަޅުގަނޑުމެން ދައްކާލާނަން. އަދި އަތޮޅުތަކުން ގެންނަން ނިންމި ވާހަކައެއްވެސް ނޫން މިދަންނަވާލީ." ނިހާން ވިދާޅުވިއެވެ.
އިތުރަށް ނިހާން ވިދާޅުވީ، ރައީސް ޔާމީނާއި، ޑރ.ޝަހީމްގެ އަދި ޕީޕީއެމްގެ ސަޕޯޓަރުން އެއްވެސް ވަރަކަށް އެއްވެސް ތަނަކުން ދައްކާ މަންޒަރަކާއި ފޮޓޯއަކަށް އަދި ވަސްވާހެއް ވިސްނުމުގެ އެއްވެސް ހިސާބެއްގައި ރަޖިސްޓަރ ނުކުރެއްވުން އެދޭ ކަމަށާއި، ޕީޕީއެމްގެ ރަސްމީ ސައިޒް ދައްކާލީމަ އިދިކޮޅު ފަރާތްތަކުން ދެން ފުރުޞަތު ލިބޭނީ މަޑުމަޑުން ތިއްބަވަން ކަމަށެވެ.
ޕީޕީއެމްގެ ސައިޒް ދައްކާލާނެ ކަމަށް އެ ޕާޓީން ބުނެފައި މިވަނީ ރިޔާސީ އިންތިޚާބަށް ވަރަށް ކައިރިވެ، އިންތިޚާބުގެ ކެމްޕޭންގެ ފޯރިވެސް ވަރަށް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ. ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވާ އާދީއްތަ ދުވަހުއެވެ.
ވަރަށް އަސަރު ކޮށްފިތާ ދޯ ??
ގަދަބާރުން ދައްކާ ސައިޒަކަށް މެޔެއްނުކަރާނެ
ދެން ލަލަލާ.......
އަހަރެމެން 23 ސެޕްޓެމްބަރ ގައި ﷲ ގެ މަގަށް ނަސްރުދީ، މިދިވެހި ގައުމުގައި އިސްލާމީ ދަންމަރުގެ އަލި އިތުރަށް ގަދަކޮށް، މިގައު ބޭރުގެ އިސްތިއުމާރުތަކަށް ނޫނެކޭ ބުނެ ހަވާ އެރުވުންވެސް ބާޢްވާލާނަން. އަދި އިންޝާ ﷲ މިސްކިތްތަކުގައި، ﷲ އަށް ޝުކުރުކޮށް ޝުކުރުގެ ނަމާދުވެސް ކުރަންވާނެ އިނގޭތޯ ނިހާން. ﷲ ގެ ރަހުމަތުން، ރައީސް ޔާމީން ވޯޓް ކާމިޔާބު ކުރައްވާ އިތުރު 5 އަހަރު ދިވެހި ގައުމު ރޯޝަނީ ކުރުވާނެ.
ދޮންކަލޯ ތިކުދިންނަށް އަދި އަސަރުކުރާނީ، ނޮވެމްބަރ 17 ގައި، މިގައުމުގެ ހުރިހާ ރަށެއްގައި ހަވާއަރުވާ މަންޒަރު ފެނުމުން. ރައީސް ޔާމީން ކުރިއަށް އޮތް 5 އަހރަށް ހުވާކޮށް ގައުމު ވިދުވާލާދާނެ އެރޭ. އިންޝާ ﷲ.
ސާބަހޭ ނިހާން
އަވަހަށް ދައްކާލާ
ސައިޒްދައްކަން އުޅޭނެ ކަމެއްނެތް ބޭޒާރެއްވާނީ ދެންވެސް މަޑުމަޑުން ތިބެވޭތޯބަލާ
މީހަކު ކަމެއްކުރިއްޔާ ކުރަންޖެހޭތަ ނިހާނޫ މަޑުން ތިބެ ނަތީޖާ ނެރެބަލަ
މޮޔަޔާ 7 ވަަނަ ދުވަހު ޕޕމ އިން ބޮޑު ޖަލްސާއެއް ބާއްވާލީމަ މޑޕ އާއިތުރު 5ޕާޓީއިން ތެޅިގެންވެސް 8ވަނަދުވަހު ވީވަރުއެ. ޕޕމ އައް ސައިޒް ދައްކަންވެގެން. ޢަނެއްކާވެސް ޕޕމ އިން ސައިޒް ދައްކާލަން އުޅެން ފެެށީމަ ހާދަ ބިރެއް އިދިކޮޅޭމެން މި ގަންނަނީ. ޙެހެ
ތިއޭ މައްސަލަ އަކި... ކޮންމެ ކަމަކށްވެސް ހަސަދަ ވެރިކަމާ ދެކޮޅުވެރިކަން، ކަމަކު ނުދޭ
އަވަސްކުރޭ އިންޝާﷲ ކާމިޔާބުވާނެ.. ނިހާނޫ ކުޑަތަންކޮޅެވެސް ދޫނުކުރާތި އިހުލާސްތެރިންނާއެކު ﷲވޮޑިގެންވަނީ.. ބާރަށް އެއްމެން އެއްކޮށް ވަލުގަހިފާ ކުޑަލުތްކެއް ޖަހާލަނިކޮށް ފިސާރި ފަސޭހަކޮށް މިކަން ނިންމާލެވޭނެ... ވޯޓުއެއީ ބާޒާރުން ގަންނަން ލިބޭއެއްޗެނަމަ ނިހާނޫ އެއްމެ ވޯޓެވެސް ދޫނުކުރާތި ނުގަނެ. ބާޒާރަކު ހުރެގެން ނުވާނެ ޕޕމ އަށް ނުގަނެވޭނެ އެއްޗެ.. މިބުނީ ލައްކަވާހަކަ.. ކައިރީގަ ހެޔޮއެދޭކަމަށް ހެދިގެންއުޅޭ މަޖުލިސް ކުދިންނަ އިތުބާރުނުކޮށް ރައްރަށުގަތިބި ގްރާސް ރޫޓުންގެ ބާރުގަދަކުރޭ.. އެއްވެސް ރަށެހުރެގެންނުވާނެ ޖަހަގަހައިގަ ކުރާނެ ކަމެނެތިފަ.. މިބުނަނީ ކީކޭކަންވިސްނާ.. ހާދަވާހަކައެއް އެބަހުއްޓޭ ނިހާނުއަށް ކިޔާދޭންބޭނުން މިވޯޓުގެ.. ވާންކުރޭ.. މިބުނި ތަންކޮޅަށް ވިސްނާ ބާޒާރުން ލިބެންހުރިވޯޓު ޕޕމ އަށް ނުގަނެވެންޏާ އެވޯޓު ކޯލިޝަނަށް ގަނެވިގެންނުވާނެ.. ނުވިއްކާއަޅުވާ ބާޒާރުގަ.ގުޅޭނެގޮތެބުނެބަލަ ނިހާނުމެންނާ. .
ފޮނި ނުކަނޑަބެލަ
ކަލެއަށް އެނގޭތަ އިހުލާސްތެރިން ވަކިކުރަން
ސާބަހެ. ޙުވާ މަމިބުނީ މަށައް ދެވެން އޮތިއްޔާ ދާނަން. ޢިންސާ ﷲ ރައީސް ޔަަމީން.
މަވެސް ދާނަން
ކަލޭ ކުރންވެސް ދިޔަ
ޢަހަރުމެން އައް މާލެ ނުދެވުނަސް ވޯޓް އިންނާނީ ޔާނު ސުޕީޑް ގުރޫޕް.އައް
މަވެސް ދާނަން
މާލެ ހުޅުމާލެ ވިލިމާލޭ ގެ ޕީޕއެމްލަޝްކަރު ، އިތުރު 6 އަތޮޅެއްގެ ލަޝްކަރާއެކު ނުކުތަސް މުޅި މާލެ ފުރޭތަން ފެންނާނެ އިންޝާއަﷲ! އިދިކޯޅުވާ 5 ލީޑަރުންނުކުމެ 11 އަތޮޅުންނާ ބާރުހުރި ހުރިހާ ރިސޯޓްތަކުންވެސް މީހުންގެނެސް ދައްކައިލި ތަނުގައި ތިބީ ދިހަވަރަކަށްހާސްވެސް ހަމަނުވާ ޢަދަދެއް! އެންމެ ލީޑަރެއްގެ ޤިޔާދަތުގެދަށުން މިފަހަރު ނުކުންނަ ޕީޕީއެމްގެ ލަޝްކަރު ލައްކައިން ގުނާލެވޭނެ!
ގޮތަކީ ސައިޒު ދައްކާލުން އޭރުން އިބޫއަށްވެސް ފަސޭހަވާނީ ދެންހަދަންވީ ފަންޑިތަވެސް އެނގޭނީ ނޫނޭ ނިހާނޫ ކަލޭވާ އެބަހުރި ފޯރިއެއް ބަލައެހެން މީހުންނަށްވެސް ތިޔަމުއްސަދިކަން ލިބުން އެދޭނަމަދޯ.. މަގާމާ ފައިސާޔާ ދޫކޮށް ވަގުތު ޖެހުމުން ދޫކޮށް ދާން ނުޖެހޭ އެކަކުވެސް ނޫޅޭނެ މައިތިރިވެބަލަ..
ދެން ތިވަރަށް ހަރަދު ނުކޮށް ފަގީރުންނަށް އަދި ހާލުގައި ޖެހިފައިވާ މީހުންނަށް ދީ ބަލަ ސައިޒު ކިތަންމެ ވަރަކަށް ވެސް ދެއްކިދާނެ ވޯޓުން ހޮވޭނީ
މަވެސްދާނަން އެމްޑީޕީއަށް ދައްކާލަންވާނެ ރާއްޖެތެރެއިން ރައްޔިތުންގެ ތާއީދުއޮތީ އެމްޑީޕީއަށްތޯ ނޫނީ ޕީޕީއެމްއަށްތޯ....
އަހަރުމެން ދެން ސައިޒް ދައްކާލާނީ ވޯޓުން އިރާދަކުރެއްވިއްޔާ ޔާމީނު ބޮޑުތަނުން ބަލިވާނެ.
meehaayaa kulhunas meehaage fikurajaa nukulhevryne...biru dhakkaagen meehun ehkohbala...hajam nuveema asareh kurany ...mdp meehunge jalsa balaagen adhi fodieh nujehifa eynee hajam nuvegen
Ma gaathah annany hama hini....10 kena ves nuthibeyne..ginain thibeynee ves vazeefaa gehleyne kamah bune biru dhakkaagen gendhaa meehun...mee alakah vaakameh nun... magey rahtehin ves buni bodu balaa ekey mi yaameen veri kamugaa hire gadha baarun jalsa thakah biru dhakkagen gendhaathy..gaimi mdp jalsa thakah gadha baarun nugendhey.....dhn lalala....hajam kohbala nihaaneh kamaku....hajam nuvegen ulhey meehun ulheynee thihen..yaameen akah neyngey jalsa thakaku kiyey hamanujehey ehchehi ves...eba bune ahshadhu allailaaha kiyaairu kiyany eh ingili thalhuvamunney 2 ingiyyeh nooney ein ves ingeny number 1 key bala kaley dhuniyeyah naana iruves islam dheeuga onna kamekey eyee..kaley vote laa number eh nooney eyee bro..neenge meenaa ah angain kiyey ehcheh...mivaru meeheh miulheny...mives vaahaka
Mdp meehunna kulhunas emeehunge fikuraa kulhen ppm meehun noolheytni hama kuda kuhjehge haisiyyathun bunelan oii ethi mee
Insha Allah ibu 2018 kaamiyaabu kurahvaane aamen
ވަޒީފާއަށް ބިރުން، ނުވަތަ ﷲ އަށް ބިރުން ނުވަތަ، ގައުމު އިސްތިއުމަރު ކޮށްފާނެ ކަމުގެ ބިރަށް، ނުވަތަ، މިތާނގައި، ހާޑިންހަމް މެންގެ ބާރު ހިނގާ، ކޮންމެ މިސްކިތަކާ ޖެހިގެން ޗާރޗެއް އަޅާފާނެ ކަމުގެ ބިރަށް ނަމަވެސް، ދިވެހިންގެ ތެރެއިން 70 ޕަސެންޓް މީހުން ސަޕޯޓް ކުރަނީ ރައީސް ޔާމީނަށް. މިކަން 23 ސެޕްޓޭމްބަރުގައި ޘާބިތު ކޮށްދޭނެ. ދުނިޔޭގަ ހުރިއްޔާ ކަނބުލޮއަށްވެސް އެތަން ދައްކަވާނެ. އިންޝާ ﷲ.
މަވެސް ދާނަން
ދޮންކޭލުގެ ސައިޒްްތޯ ނޫނީ ޓިނުތަކުގެ ސައިޒްތޯ ނޫނީ އެމް އެން ޕީ އާރު ސީ ގެ ހިޔާނާތުގެ ސައިޒް ތޯ ނޫނީ ތިމާޔައްލިބުނު މަންފާގެ ސައިޒް ތޯ
ވައި އޯ ވައި ؟ ނިހާނޫ ޑޯންޓް ޑޫދިސް ، އަޅެ !
މަވެސްދާނަން ފިސާރި ތެދެއްމިބުނީ..ޖެހޭނެ ދަޢްކާލަން....
ވަޒީފާގެ ބިރުދައްކާގެންތޯ ބިޔަބޮޑު ޖަލްސާބާއްވާނީ.........
ވަގުންނައްވުރެ ގިނައީ ވައްކަމާދެކޮޅުމީހުން އިރަާދަކުރެއްވިއްޔާ ޔާމީންގެ ވެރިކަން ނިމޭނެ
ނިޙާނު މެންލައިގެން ދެން ކިހިނެއް މިކަންކުރާނީ ސިކުނޑީގައި ހަމަނެތް އެއްތެއްކަމެއްވެސް،،މިގައުމް މީހުން ނިހާނަކައް އަދި ނެތް ދައްސް ވެފަކާ ޥޯޓްނެގީމާ އިގޭނީ
2018 ޔާމީން ޝަހީމް
ކެކެކެކެކެ ވަރަށް އަސަރުކޮށްފި އެޖަލްސާއަށް ދިޔައީ އެއްވެސް މަޖުބޫރުކަމެއްނެތި ނިހާނޫ ތަމެންވެސް އެގޮތަށް އަންގަބަލަ ކާކުތޯދަނީބަލަން
ލަސްކަރު؟ ލަސްކަރު އެބަފެނޭ މިހާރުވެސް. ނިހާނޫ ކަލޭމެން ލަދެއް ހަޔާތެއް ނެތީތަ؟ ކޮންމެ ކަމެއްގަ މަކަރާއި ހީލަތް ހެދުން. ބަލަގަ ތި ސައިޒު ދައްކަބަލަ ގުދުވެފަ ޔާމިނުއަށް. މިގައުމު ހަލާކު ނުކޮށް މަޑުންހުރޭ
ތީ ހަމަ ބޭކާރު ކަމެއް ތިކަމަކުން ލިބޭނެ ވޯޓެއް ނޯއްނާނެ. ތިކަމައް ކުރާ ޙަރަދު ކެމަޕެއިން އައް ބޭނުން ކުރީމަ މާފައިދާ ވާނެ.
މީހަކު ފޮޑިޖެހީމަ ތިމާ ފޮޑިޖަހަން އުޅެންޏާމު އެއީ ތިމާގެ ނުކުޅެދޭކަން. ތިއެއް ޤަބޫލެއް ނުކުރެވޭނެ.
ނިހާން މެން ނަށް ވެސް ދެން ކަންތައް ވާނި ގޮތް އެގޭ. އެކަމަކު އަގައިން ދެރަނުވަން އުޅެނީ.ކޮބައިބާ އަބުދުއްރަހީމް ލަދުން އަގަހުޅުވާލަން ނުކެރިގެން އޮތީބާ.
ފަހުތަޅާލުންގަނޑުގެ ކުރިން ދެކޮޅުން ހަށިފުއްޕަނީ.
ސާބަހޭ ނިހާން ސައިޒު ދައްކާލަންވާނެ މަވެސް ދާނަން އާއިލާ އެއްކޮށް ރައީސް ޔާމީން އެއްލަކިން 2018 ޔަގީން އިންޝާﷲ.
އަސަރުކޮއްފިދޯ ހެހެ މަލެގާތިބި ޒުަަވާން ކުދިންކޮޅު ނެރެގެން ހޯލުފުރާލާނެތާ ދޯ
ތިއޮތީ ޑިފެންސަށް ކުޅެން ޖެހިފަ.
ތިހެން އުޅޭތީ ހާދަ ފޫއްސޭ..ނިހާނު މެން އުޅޭގޮތުން ރައީސައް ކުރާ ތާއީދުވެސް ކުޑަވޭ އެބަ.ކުޑަ ކުއްޖެއްތަ ތީ؟ ބުއް ޖައްސަން ވީތަ؟
މިހާރުވެސް ތިވަރުތިވަނީ ރީނދޫ ކުދިންކޮޅު ގެންގޮސްގެން ގަދަބާރުން މިހާރު ގެންދެވިދާނެ އެކަމު ވޯޓު ދާނީހަމަ ޗޮކުން
ޕޕމއިން ކަމެއްކޮއްފިޔާ ގަދަބާރުން، މީ ކޮންބަޔަކައް އޮޅުވާލަން ބޭނުންކުރާ ބަހެއް؟ ޖަލްސާތަކައް، އެކްޓިވިސްޓުންނައް ދަނީ ހަމަދާހިތުން. ދާންބޭނުން ނުވާމީހާ މިހާރުވެސް ނުދެ. އެކަމު އަނގައޮތީމަ ތައްމިނައް ހުޅުވިދާނެ .
ސައިޒު އެންމެފަހުން ބޭއްވި ޖަލްސާއިން ފެނުނު، އަދި އެހެން ނޫނަސް މިހާރު ޔާމީނުގެ ސައިޒު ކުރިއަށްވުރެ އެތައްތަނެއް ކުޑަވާނެ، އެޢި މިހާރު އެމްޑީއޭ ވެސް އެވަނީ އިދިކޮޅާ ގުޅިފަ، މިހާރު ސަރުކާރާ އެކު ހުރީ ރާއްޖޭގަ އޮތް އެނމެ ބޮޑު ޕާޓީ ޑީއާރުޕީ އެކަނި އެއީ އެންމެ ވޯޓެޢް، ކަރުނަލް ނަޝީދުގެ ވޯޓު އެކަނި ، ފަހަރެއްގަ އޭނަގެ އަނބިގޮއްޔަ ދީފިއްޔާ ލިބޭނެ ދެވޯޓު، އެހެންވީމަ ރައީސް ޔާމީނުގެ ސައިޒަކީ 3000 ޔަޢުނީ ކުރީގެ ޕީއޭގެ ސައިޒު
ރައީސް ޔާމީނާއެކުވަނީ، އިސްލާމީ ލަޝްކަރު. ރައީސް ޔާމީނާއެކުވަނީ، އިސްތިއުމާރާ ދެކޮޅު ލަސްކަރު. ރައީސް ޔާމީނާއެކުވަނީ، ގައުމުގެ މަސްކަނޑުތައް އިންޑިޔާއަށް ދިނުމާ ދެކޮޅު ލަޝްކަރު. ރައީސް ޔަމީނާއެކުވަނީ، ގައުމުގެ އަގުބޮޑު ކުންފުނިތައް ސަރަހައްދުގެ ބޮޑެތި ކުންފުނިތަކަށް ވިއްކާލުމާ ދެކޮޅު ލަޝްކަރު. ރައީސް ޔާމީނާއެކުވަނީ، ފަހުރުވެރި ދިވެހި ލޭހިނގާ ދިވެހިން. އެހެންވީމަ، އިންޝާ ﷲ ބުރިޖުން ފެށިގެން ކާނިވާ ސަރަހައްދަށް ފުރާލާނަން އަސްލު ސައިޒް ދައްކާލާ ޖަލްސާގަ.
އަޅުގަނޑު އެކަނިވެސް ގެންދާނަން 50، އިންޝާ ﷲ.
ނިހާނު ސައިޒް ދައްކާލަންށޭ ނޫލެން ބަލާހިތަކުން
މަވެސް ދާނަށް.. 10 މީހުން ގޮވައިގެން ސައިޒް ބޮޑުކުރަން. ޥޯޓް ދޭނީ އިބޫ އަށް..