އެއްވެސް ތަފާތު ކުރުމެއް ނެތި ރާއްޖޭގެ ހުރިހާ ރަށަކަށް އެއް މިންވަރަކަށް ތަރައްގީ ގެނެސްދީ ރައްޔިތުންގެ އުއްމީދު ހާސިލްކޮށްދޭނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ކަމަށް އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕޮރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު، ތ. ގުރައިދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވެވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒުއާ އެކީ ކުރައްވަމުން ގެންދަވާ މިދާ ދަތުރަކީ ދިވެހިންނަށް އުފާ ފާގަތިކަން ހޯދައިދޭން ކުރަމުންދާ ދަތުރެއް ކަމަށެވެ. އަދި ތަފާތުކުރުމެއް ނެތި މި ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ކުރާނެ ކަމުގެ ޔަގީންކަން އަބްދުއްރަހީމް ވަނީ ދެއްވައިފައެވެ.

ތ. ގުރައިދޫގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ރައީސް އޮފީސް

"ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއެކީ ދިވެހި ކޮންމެ ރައްޔިތަކަށް ހިދުމަތްކޮށްދިނުމުގައި ދެމިއޮންނާނެ ސަރުކާރެއް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަކީ، ތަފާތު ކުރުމެއް ނެތި ރާއްޖޭގެ ހުރިހާ ރަށަކަށް އެއް މިންވަރަކަށް އެއް ފެންވަރަކަށް ނިސްބަތުން ތަރައްގީ ހޯދައިދެއްވާނެ ސަރުކާރެއް ރައީސް މުއިއްޒުގެ ސަރުކާރަކީ." އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް މުއިއްޒަކީ ބަހާއި އަމަލާއި ދިމާވާނެ ނަމޫނާ ވެރިއެއްކަން ގުރައިދޫ ރައްޔިތުންނަށް މިހާރު އެނގިވަޑައިގަންނަވާނެއެވެ.

ތ. ގުރައިދޫގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ރައީސް އޮފީސް

"ރައީސް ޑރ.މުހައްމަދު މުއިއްޒު އެ ވަޑައިގަންނަވަނީ އެމަނިކުފާނު ވެ ވަޑައިގަތް ވައުދުތައް ދިވެހި ސަރުކާރުގެ ފުދުންތެރިކަން ފޯރުންތެރިކަން ހުރި މިންވަރަކުން ފުއްދަވަމުން." އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ގުރައިދޫ ބަނދަރުމަތިން މިއަދު ފެނިގެންދިޔައީ ރައީސް މުއިއްޒުގެ ވައުދުފުޅުތައް އެމަނިކުފާނު ފުއްދަވަމުން ގެންދަވާ ކަމުގެ ހެކި ކަމަށެވެ. އަދި އެމަނިކުފާނު ހުންނެވީ ރައްޔިތުން ހަވާލުކުރެއްވި މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ދެގޮތެއް ނުވެ ކަަމަށް އޭނާ ވިދާޅުވިއެވެ.

ތ. ގުރައިދޫގައި ބޭއްވި ޖަލްސާ. --- ފޮޓޯ: ރައީސް އޮފީސް

ގުރައިދޫ ރައްޔިތުންގެ ފަރާތުން އަބްދުއްރަހީމް އެދިވަޑައިގަތީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ގުރައިދޫ ދާއިރާގެ ގޮނޑި ޕީޕީއެމް/ޕީއެންސީ އަށް ދިނުމަށެވެ. އޭގެ ސަބަބުން ދިވެހި ގައުމަށް ގެންނަން ބޭނުންވާ ތަރައްގީ އާއި ކުރިއެރުން ފަސޭހަކަމާއެކީގައި ގެނެވޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު ހާސިލްކުރަން ބޭނުންފުޅުވާ ލަޑުދަނޑިތައް ހާސިލް ކުރުމަށް މަޖިލިސް ތެރެއިން ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އިތުރު ގާނޫނުތައް ހެދުމާއި މިހާރު ހެދިފައިވާ ގާނޫނުތަކަށް އިސްލާޙު ގެނައުމުގެ އިތުރުންވެސް ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ.

މި މަސައްކަތްތައް ކުރެވެން އަންނަނީ މަޖިލީހުގެ މެޖޯރިޓީ ދިވެހީންގެ ރާއްޖެއަށް ލިބިގެން ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ލޯތްބާއި އިހުތިރާބް ލިބޭ ރައްޔިތުން ބަލައިގަންނަ ތަނަކަށް މަޖިލިސް ހަދަން އެބަޖެހޭ ކަމަށާއި އެތަނުން ކުރާ މަސައްކަތަކީ ޤާއުމަށް ފައިދާ ހުރި މަސައްކަތަށް ހަދަން އެބަޖެހޭ ކަމަށްވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދަތްނެތްކުއްޖާ

    އިނބަމެން ތިހެން ބުނި ވެރިކަން ލިބިއްޖެ ނަމަ ރަޢީސް ޔާމީނު މިނިވަން ކުރާނަމޭ! ހަމަ ހައްތަހާވެސް ހަދަނީ މަތި މައްޗަށް ހުސް ބުޙުތާނު ދޮގު. މިހާރު ތިޔަ ޒާތުގެ ވާހަކަ ތަކެއް ރައްޔިތުންނެއް އަޑެއް ނާހާނެ. ތިވާހަކަތައް ދެއްކުން ބުއްދިވެރިވާނެ ޗައިނާ ކުދިންގެ ގާތުގައި. ވ ވެދުން.

    13
    4
    • ޙުއްރިއްޔަތުލްވަޠަން

      މުއިއްުޒު އަށް މަވެސް ވޯޓް ދިނިން. އެކަމަކު ޔާމީނު މިނިވަން ކުރުމުގެ ބޭނުމުގައެއް ނޫން.

      3
      4
  2. އަހްމަދު

    ތަފާތުކުރޭ! މިހާރުގެ ވާހަކަ ހުރިގޮތުންވެސް އެނގޭ ތަފާތުކުރާކަން!!!

    11
    2
  3. އަހުމަދު

    ސަނާކިޔަން މާއަވަސްއަދި! ފުރަތަމައެކަން ސާބިތުކޮށްދީ!

  4. ވަފާތެރި

    ފުރަތަމަ ދަތުރުންވެސް ތަފާތުވެއްޖެ. މެޖޯރިޓީ ނުލިބޭ ރަށަކަށް ނާރާ ޙާލު ނުބަލާ. ކީއެއްޗަކާ ދިމަލެއްނުވި