ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފާޑު ވިދާޅުވެ، އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، ދެއްކެވި ވާހަކަތައް ހަނދާން އާ ކޮށްދެއްވައި ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ، ޖަމީލަށް ފާޑުވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކާ ގުޅިގެން ޖަމީލް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރައްވައި، ޖަމީލްގެ މައްޗަށް އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ޖުލައި 21، 2015 ގައެވެ. ޖަމީލް މަގާމުން ވަކިކޮށްފައި ވަނީ އޭރުގައި މަޖިލިހުގައި ތިއްބަވާ 85 މެމްބަރުންގެ ތެރެއިން މަޖިލީހުގެ 78 މެމްބަރުންގެ ވޯޓުންނެވެ. މަގާމުން ވަކި ކުރެއްވި ފަހުން، ޖަމީލް ވަނީ އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން، ޔާމީން އާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ.

ޔާމީންގެ ވެރިކަން ބަދަލުވުމާ ހަމައަށް ޖަމީލް ހުންނެވީ އަމިއްލަ އަށް އަރުވާލެވިގެން އިނގިރޭސި ވިލާތުގައެވެ.

އަބްދުއްރަހީމް ވަނީ އޭރުގައި އިނގިރޭސި ވިލާތުގައި ހުންނަވައިގެން ޖަމީލް ދެއްކެވި ވާހަކައެއްގެ ވީޑިއޯ "އެކްސް" ގައި އާންމު ކުރައްވައިފައެވެ.

"ފެހި ގާނޫނުއަސާސީއަށް އަމަލު ކުރަންފެށި ފަހުން ރައީސުލްޖުމްހޫރިއްޔާއަށް އެމަނިކުފާނުގެ ނައިބުގެ މައްޗަށް އިތުބާރު ގެއްލިއްޖެ ކަމަށް ބަޔާން ކުރައްވާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން ވަކި ކުރެއްވި ފުރަތަމަ ނައިބު ރައީސްގެ ދޫފުޅުން އެ ދުވަހު ދެއްކެވި ވާހަކަފުޅު،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ޖަމީލް އެ ދުވަހު ވިދާޅުވީ ރައީސް ޔާމީނަކީ ކޮރަޕްޓް ބޭފުޅެއް ކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ ތާރީހު ދެކެފައި ނުވާފަދަ އަނދިރި ވެރިކަމެއް ކަމަށެވެ.

"ކޮންމެ ދަނޑުވެރިޔަކަށް 8000 ރުފިޔާ، ކޮންމެ މަސްވެރިޔަކަށް 10،000 ރުފިޔާ ދޭން ވައުދުވި. މިކަންތައް ކުރާނެ ހަމައެކަނި ގޮތަކީ ދިވެހި ގައުމުގެ ރައުސުލްމާލު ކަމަށްވާ ފަޅު ރަށްތަކާއި ގިރިތައް ބޮޑު ކުރުމެއް ނެތި، އަދި ގައުމު ބޭރުގެ ފަރާތްތަކަށް ވިއްކައިގެން ކަމަށް ވިދާޅެއް ނުވޭ. ރާއްޖޭގެ ލޮބުވެތި ރައްޔިތުން، ރައީސް ޔާމީން ރާއްޖެއަށް ބާރުމިނެއްގެ ގެނެސްދީފަ ވަނީ ފަސާދައާ ކޮރަޕްޝަން، ވައްކަމާ އަނިޔާވެރިކަން. ތާރީހު ދެކެފައި ނުވާފަދަ އަނދިރި ވެރިކަމެއް،" ކުރީގެ ވީޑިއޯގައި ޖަމީލް ވިދާޅުވިއެވެ.

"ވެރިކަމުގެ ފުރަތަމަ ހާފު ނިމިގެން މިދިޔައީ ގައުމު ނުދެކޭ ފަދަ ކޮރަޕްޝަން، އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގައިގެން،. އެއީ އިކޮނޮމިކް ކައުންސިލްގެ ދަށުން ހިންގާ ތަނެއް. ރައީސް ޔާމީނަކީ އިކޮނޮމިކް ކައުންސިލްގެ ރައީސް، ރައީސް ޔާމީން މިކަމުގެ ސީދާ ޒިންމާ ނަގަން ޖެހޭނެ،"

އޭރު ޔާމީންއާ ދެކޮޅަށް އެތައް ވާހަކަތަކެއް ދެއްކެވި ނަމަވެސް، ފަހުން އަނެއްކާވެސް ޖަމީލް ވަނީ އެމަނިކުފާނާ އެކީގައި މަސައްކަތް ކުރައްވަން ފައްޓަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިސްޢާފް ސަލީމް

    ޖަމީލު ، މަލީޙް ދެބޭންގެ ފޮރުވިފައިވާ މަޤުޞަދަކީ ރައީސް ޔާމީނަށް ރާއްޖޭގައި އޮތް ތާއީދު ނައްތައިލުން! ޕީޕީއެމް ޕީއެންސީގެ މެމްބަރުންގެ ހިތުގައި ރައީސް ޔާމީނަށް ނަފްރަތު އުފެއްދުން! މިކަން ވަމުން އެބަ ދޭ! މިކަން ބަރާބަރަށް ފުރިހަމަނުވަނީސް މިދެމީހުންނާ ފެޔަށް ޖެހިވަޑައިގެން ޔާމީން ގެންނެވި ސަރުކާރާއެކު ކުރިޔަށް ވަޑައިގަތުމަށް ރައީސް ޔާމީނަށް އަދަބުވެރިކަމާއެކު ދަންނަވަން!

    27
    2
  2. ގަދަ

    ބަރާބަރު

    44
    14
  3. ނޫނޭ ނުލަފާ

    މި ޖަމީލު ދެން ކިހިނެތް ހެޔޮ ހިތަކައިގެން ރައީސް ޔާމީނަށް ވަކާލާތުކޮށްދެވޭނީ. ނުކުރެވޭނެ ނުވެސް ކުރާނެ. އިޚުލާސްތެރިކަމާއެކު ރަނގަޅަށް ވަކާލާތު ކޮށްދިންނަމަ ޔާމީން މިހާރު ހުރީހީ މިނިވަންވެފަ.

    24
    1
  4. ފާއިޒު

    ކުރީސަރުކާރުން ޔާމީނު އަރިހަށް ފޮނުވި ފަންޏެއްކަމަށްވަނީ އަދި ޖަމީލު އާއި ކުރީސަރުކާރުން ގުޅިގެން ޔާމީން މިނިވަން ނުވީވެސް .. ޔާމީން އަށް ވިސްނޭއިރު ވަގުތު އޮންނާނީ ފާއިތުވެފަ ... ޔާމީން ކައިރިގަ ނެއް ޔާމީން އަށް ހެޔޮ އެދޭއެކަކުވެސް މިހާރަކު

    2
    1
  5. މައްކާރު

    ހުސްގޮނޑި ދައްކައިގެން ވެރިކަމަށް އައިސް މިހާރު ޔާމީން މަތިން ހަނދާންވެސްނެތް. މަޖިލިސް އިންތިޚާބުގައި އަދުރޭއަށް ދައްކާނަން ހުސްގޮނޑި.

  6. އަބްދޫ

    ޖަމީލު އާއި މަލީހު މެން ވިސްނުވައިދިގެން ޔާމިނު މެދުވެރިކޮށް މިގެންދާކަންކަމުން ޔާމީނަކަށް އެއްވެސް ރަނގަޅެއްނެތް. ވަގުތު ފާއިތު ނުވަނީސް ހަމަވިސްނުވަމަށް ޔާމީނު ރުޖޫއުވާންއެބަޖެހޭ، ޕީޕީ އެމްގެ މެމްބަރަކަޥް ވެ ވަޑައިގެން ޕީޕީއެމާއެކު އަލުން ކުރިޔަށް ވަޑައިގަންނަވަން އެބަޖެހޭ.އިތުރަށް ހެދޭ ކޮންމެ ޕާޓީ އަކީ ސިޔާސީ ގެއްލުމެއް. މުޖްތަމައު ބައިބައިވެ ދިއުމަކީ ގައުމުގެ ދުސްމަނުންނަށް ދެވޭ ހިޔްވަރެއް. ޔާމީނުއަށް ކަންކުރެއްވެވުނު ގޮތުގެ ނަތީޖާ އިން ޕީޕީއެމް ފަޅިން ބައިވެ 4 ވަނަ ޕާޓީ މިހާރު އުފައްދަ އުޅުއްވަނީ މިއީ ވަރަށް ބޮޑުގެއްލުމެއް.އެއީ އެމްއެންފީ ޕީއެންސީ އެމްއާރުއެމް މިހާރު އުފައދަންއުޅޭ ޕާޓީ. މި ޕާޓީ ތަކުގެ ސަބަބުން މަޖިލީހުގެ މެޖޯރިޓީ މިފަހަރު ނަގާނީ ވެސް އެމްޑީޕީ މިއީ ހައްތާވެސް ޔާމީނު ގެ އަމަލު ތަކުގެ ސަބަބުން ގައުމަށް ލިބިދާނެ ގެއްލުން. 2019 ގެ މަޖިލިސް ގެ މެޖޯރިޓީ އެމްޑީޕީ އަށް ލިބުނީވެސް ޔާމީނު ހެއްދެވި ގޯސްތަކުގެ ސަބަބުން. ވަގުތު ފާއިތުވުމުގެ ކުރިން އެއްބައިވެލައްވާ. މިކަމަށް ބަޔަކު ނިކުމެ މަސައްކަތް ކުރަން އެބަޖެހޭ.