އަބަދުވެސް ސިޔާސީ ހަރަކާތްތައް ހިންގުމުގައި މަޝްހޫރު, ނ ކުޑަފަރީ ސްކޫލުގެ ޓީޗަރުން ނިކުމެ ސަރުކާރަށް އިންޒާރު ދީފިއެވެ.

މިހާރު ކުޑަފަރީގައި ކުރިޔަށްދާ އިދިކޮޅު ޖަލްސާގައި ވާހަކަ ދައްކަމުން ކުޑަފަރީ ޓީޗަރުން ސްކޫލުގައި ތަޅު އަޅުވަން ޖެހިދާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

"އަޅުގަނޑުމެން މިދައްކައިދެނީ އަޅުގަނޑުމެން ބިރު ނުގަންނާނެކަން އަޅުގަނޑުމެން ވަޒީފާއިން ވަކި ނުކުރެވޭނެކަން. ވަޒީފާއިން ވަކިކޮށްފިއްޔާ މާދަމާ ޖެހޭނީ ސްކޫލުގައި ތަޅު އަޅުވަންކަން އަޅުގަނޑުމެން ހަނދާންކޮށްދެން" ޖަލްސާގައި ވާހަަކަ ދެއްކި ޓީޗަރަކު ބުނެފައިވެއެވެ.

އިދިކޮޅު ޖަލްސާ އާ ގުޅުނު ކުޑަފަރީ ޓީޗަރަކު ބުނީ ސިޔާސީ ހަރަކާތްތަކުގައި ޓީޗަރުން ނިކުމެ އުޅުމަކީ ހަޑި ކަމެއް ކަމަށް ޤަބޫލު ކުރާ ކަމަށާއި ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ހަނޑިކޮށް ނިކުމެވެސް އިބޫ އާއިއެކު ތިބުން ކަމަށެވެ. އަދި ވިދާޅުވީ "ޤައުމުގެ މުސްތަޤްބަލު އޮތީ އެމްޑީޕީއާއި ގުޅިގެން" ކަމަށެވެ.

މީގެ އިތުރުން މިޖަލްސާގައި ވާހަކަ ދައްކަމުން މި ޓީޗަރު ބުނެފައިވަނީ ސްކޫލުގެ 70 އިންސައްތަ ޓީޗަރުން ތިބީ އިދިކޮޅު އާއެކު ކަމަށާއި މީގެ އިތުރުން ހެލްތް ސެންޓަރގެ މުވައްޒިފުންނާއި މިސްކިތުގެ މުވައްޒިފުންވެސް ތިބީ އިދިކޮޅު ފަރާތްތަކާއިއެކު ކަމަށެވެ. އަދި ބުނެފައިވަނީ 2008 ވަނަ އަހަރުން ފެށިގެން ސީދާ ކެންޕެއިން ހަރަކާތްތަކުގައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިހާރުވެސް އަވަހަށް ސްކޫލް ނިންމާލުމަށްފަހު ޑޯޓުޑޯ އިވެންޓްތަކަށް ކެންޕެއިންއަށް ދާކަމަށެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން ކުޑަފަރީ އެމްޑީޕީ ކެންޕެއިން މެނޭޖަރަކީ ސަރުކާރުގެ ޚަރަދުގައި ޓީޗިން ކިޔަވަމުންދާ މީހެކެވެ.

އިބޫ އެރަށަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ ޓީޗަރުން މަރުޙަބާ ކިޔުމަށް ނިކުމެފައިވާއިރު، އެޑިއުކޭޝަން މިނިސްޓަ އެރަށަށް ވަޑައިގަތުމުން އެމީހުންނަށް މަރުޙަބާ ކިޔުމަށް ގޮސްފައިވަނީ ތިން ދިވެހި ޓީޗަރުން ކަމަށް "ވަގުތު" އަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި އެދުވަހު "ޓެބްލެޓް ވަގު" ޖަހާ ބެނާތަކެއް އެރަށުގެ ބަނދަރު ސަރަހަދުގައިވަނީ ދަމާފައެވެ.

އެނގިފައިވާ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން އެރަށައް ދިޔައިރު އެޑިއުކޭޝަން މިނިސްޓްރީއިން ސްކޫލަށް ފޮނުވި ޓެބްލެޓްތައް ހުރީ ފޮރުވާފައެވެ. އަދި ސްކޫލުގެ ބެލެނިވެރިން ގާތު ބުނެފައިވަނީ ޓެބްލެޓްތައް ނުލިބޭ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރ އެރަށު ތެރެއިން ވަޑައިގަތްއިރު، އަޑުގަދަ ކުރާއިން ލަވަ ޖަހާ ބައިސްކަލެއްގައި އެޑިއުކޭޝަން މިނިސްޓަރ ވަށައިގެން ދުއްވާފައިވެއެވެ. އެނގިފައިވާ ގޮތުން މިބައިސްކަލު ދުއްވާފައިވަނީ ކުޑަފަރީ ސްކޫލުގެ ޓީޗަރެއްގެ ފިރިމީހާއެވެ. އެދުވަހު އެޑިއުކޭޝަން މިނިސްޓަރ އެރަށު ސްކޫލަށް ޒިޔާރަތް ނުކޮށް އެރަށުންވަނީ ފުރާފައެވެ.

މީގެ އިތުރުން ދާދިފަހުން އެރަށައް ހެލްތް މިނިސްޓަރ އެރަށު ސިއްޙީ މަރުކަޒަށް ޒިޔާރަތް ކުރުމުން އެތަނުގައި ތިބި ގިނަ މުވައްޒިފުން މިނިސްޓަރ އާ ސަލާމް ކުރަންވަނީ ދެކޮޅު ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

82 ކޮމެންޓް

 1. ވިސްނާ

  ބިރި ފަހަނަޅާ މިދަނީ. މީ ކުދިންނަށް ނަމޫނާ ދައްކަން ތިބޭ މީހުންގެ ފެންވަރު. ދެން ކިހިނެތް މި މީހުންގެ ވެރިކަމެއްގަ ކަމެއް ރަގަޅު ކުރާނީ. މީ ރީނދޫ ބައިގަނޑު ކުރަން ބޭނުންވާ ކަނަކަން. ރާއްޖެ ހަލާކުކުރުން. ޔަހޫދީންގެ އެގެންޑާ ފެތުރުން. އެކަން ވަރަށް ރަގަޅަށް އެބަކުރޭ. ﷲ ިރާދަކުރެއްވިއްޔާ ތި އެންމެންގެ މައްޗަށް މިހާރުގެ ރައީސަށް ކާމިޔާބު މިންވަރު ކުރައްވާށި.

  • ޙެރެހެެ

   ބަލަ ނަމޫނާ ދައްކަން އަބަދު ހުންނަންވީ ޓީޗަރުންތަ؟ ޓީޗަރަކު ކަމެއްކޮށްފީއާ ދެން ވ ލަދު! ނަމޫނާ ދައްކަން ޖެހޜ މައިންބަފައިން ހެޔޮ ދެއްތޯ ކުދިން ކުރިމަތީ ޒުވާބުކޮށް، އޮޅުލާ،ސިނގެރޭޓް ބޮއެ، ސިޔާސީ ވާހަކަ ދައްކިޔަސް!!
   ކުދިން ހަނޑިކޮށް އުޅެފީއާ ޓީޗަރުން، ބަސްއަހަންޔަ ކިޔާނެ ފުރަތަމަ ބިންގާ މަންމައޭ، ތަރުބިއްޔަތު ކުރިވަނީ މަންމައޭ! ކިޑަކޮށްވެސް ގޯހީޔާ ޓީޗަރުންގެ ބޮލަށް ! #ލަދު

   • ޙސެން

    ?????

   • ސަނާ

    ????????????

 2. މުހައްމާ

  ސިޔާސީ ހަރަކާތުގައި ޓީޗަރުން ނުކުތުން އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް ޓީޗަރުންނަކީ ތަންދޮރު އޮޅުންފިލާ ވާނުވާ ނޭގޭ މީހުންކަން އެހެންމީހުނަށް ދައްކައި ދިނުމަކީ އެއީ މައްސަލައެކެވެ. އަދި ޓީޗަރުން ޒާތީ ތައައްސުބު ގެންގުޅުމަކީ އެއީ ދަރިވަރުންނާ މެދު ހަމަހަމަކަން ނުގެންގުޅޭޅެ ކަމުގެ ހެއްކެކެވެ.

 3. ސާހިލް

  ؛ސަރުކާރު ހަރަދުގަ ކިޔެވުމަކީ ސަރުކާރރަށް ތާއީދު ކުރަން މަޖބޫރު ކަމެއްނޫން. އެމީހަކު ބޭނުން ފިކުރަކައް ތާއީދު ކުރެވޭެނެ. މިހެންވަންޏާ ނޫންތޯ މިނިވަންކަމޭ ކިޔާނީ

  • ވަގުކަލޭގެ

   ނޭނގެ ސަރުކާރުން ޙަރަދުކުރަނީއޭ ބުނީމަ މިމީހުންނަށް ހީވަނީ ޔާމީން ޖީބުންދޭ އެއްޗެކޭ..

   • މުޙައްމަދު އިބްރާހިމް މިނާ ނައިފަރު

    ބަލަ ތިޔައީ ހާދަ ހެއްވާ ވާހަކަ އެކޭ. ސަރުކާރުން ކިޔަވައިދެނީ މަގޭވެސް ޖީއެސްޓީ ދައްކަން.
    މީ މަގޭވެސް ޤައުމު
    ކިޔަވައިދެނިއްޔޭ ކިޔައިފައި ޖެހޭތަ ކޮންމެހެން ސަރުކާރަށް ތާއީދުކުރަން.

 4. Anonymous

  އެހެންވީމާ ވަގުންނަކީ ކޮބައިކަން އެނގިއްޖެންނު!! ތި ބުނީ ޓެބްލެޓްތަށް ހުރީ ފޮރުވާފައޭ!! ފާޅުގައި ގުދޯގުދޯ ގޮވަނީ!!

 5. ޓެބްލެޓުވަގު ޓީޗަރުން

  އެހެންވީމަ ޓެބްލެޓުން ވައްކަންކުރި ޓީޗަރުން ވަގުތުން ވަޒީފާއިންވަކިކުރޭ ތިރަށު ރައްޔިތުންގެ އެއްބާރުލުމާއެކު ތިޓީޗަރުން ތިކަންކުރީ އެހެންވީމަ ސްކޫލުގަ ތަޅުއެޅުވުމަކުން ނެތްމައްސަލައެއް.. ރައްޔިތުން ހިތްހަމަނުޖެހެންޏާ ދަރިންގެންދޭ ޓީޗަރުން ހަމަކޮށްހުރި ސްކޫލަކަށް. މޑޕ އަބަދުވެސް ފަނާކުރަންނޫނީ މަސައްކަތެނުކުރާނެ. ޓީޗަރެ މުދިމެ އެހެންމީހެއް ކިޔާނެކަމެނެތް. މޑޕ އިންކަލޭމެންނަ އެސަރުކާރުން ކޮންކަމެ ކޮއްދީގެންތަ މޮޔަވާވަރުވެގެންތިއުޅެނީ. އޭރުގަލިބުނު ކޯންޗެމިހާރު މަދުވެގެން ތިއުޅެނީ. ވިސްނާދެން މިފެންވަރުގަތިބި ބަޔަކު ކުދިންނަކިޔަވަދިނީމަ ނުކުންނާނެ ނަތީޖާ. މިއީ އެއްވެސް ސިޔާސީބަޔަކު ހިއްވަރުދޭންޖެހޭކަހަލަ ކަމެއްނޫން. އެކަމަކު މޑޕއަށް ވަކިބައެއް ވަކިކަމެ ނޯންނާނެ.. ތިޔައީ ޓެބްލެޓްވަގުން.. ތިވަގުންނަ ފިޔަވަޅުއަޅާ.. ތިފާޑަށްއުޅޭބައެއް އުޅޭނެ ކެދިކުޅަދޫއަށް ނިސްބަތްވާގުރޫޕެވެސް.. ބޭރުފުށުން ސަރުކާރުވާނެ އެތެރެއިން މޑޕ.

 6. ހުސޭނުބޭ

  އެހެންވިއްޔާ ސްކޫލް އުވާލާފައި ދަރިންކޮޅު އެމްޑީޕީ ހަރުގެއަށް ވައްދާ! .......... އިބޫއަށް ތާޢީދުކުރިޔަސް މައްސަލައެއްނެތޭ! ސުވާލަކީ ތި ބުނާ އިބޫގެ 3 އަހަރުގެ ސަރުކާރުގައި ކުޑަފަރީއަށް ކޮށްދީފައި އޮތް ކަމެއް ދައްކާބަލަށޭ! އެސަރުކާރުގައި ތިރަށުގެ ބޮޑަށް ތިބި މީހުންނަށް ބައިތުލްމާލުން ކައްވާލި 4.5 ބިލިއަން ރުފިޔާއިން ބައިއެޅިފައި ވާކަން އެންމެންނަށް އެނގޭ!

 7. ނީރާ

  ތީ ވަރަށް ދަށުދަރަޖައިގެ ފިނޑި ޢަމަލެއް ޓީޗަރުން ނަކީ ދަރިވަރުންނަށް ނަމޫނާ ދައްކަން ތިބޭ ބައެއް.

 8. ސިޔާމް

  ސަރުކާރުން މިފަދަ މީހުން ވަގުތުން ވަޒީފާއިން ވަކިކުރަން ޖެހޭ...

 9. އަޒީޒް

  މަވެސް ކުޑަފަރީ މީހުންނާއެކު. ވަގު ޓެބްލެޓް ނޫނީ ދެކޮޅު ނުޖެހޭ ގޮތަށް ކުރާ ޚަރަދުތަކުން ޓެބްލެޓް ހޯދާގެން މާދަމާގެ މުސްތަޤްބަލުގައި ނުކުންނަން ތިބި ދަރިވަރުންނަށް މާ ބޮޑު ދެރައެއް އެއީ. ސާބަސް ސާބަސް ސާބަސް. ތިއީ މީހުންނަކީ.

 10. ޚާލިދް

  ސަރުކާރުން ޓީޗިން އަށް ހަރަދުކުރާނީ. ބުނި ގޮތުން ހީވަނީ އެހެން މީހަކު ކުރަން ޖެހޭ ކަމެއްހެން.

 11. ފަރި

  ދޮގު ވާހަކަ ނުލިޔޭ

 12. ބިރު

  ޓީޗަރުން ބިރުފަހަނަ އަޅާގޮސް ތިޔޮއްފެންނަނީ ވައްކަން ކުރާތަން...ދެން ކުދިންނަށް ދަސްކޮށްދީ ތިގޮތަށް ބިރުފަހަނައަޅާދާން

 13. ނާޒް

  ތަޅު އަޅުވާފަ ގޭގަ ތިބީމަ ދެރަވާނީ ކޮން ބަޔަކަށްބާ؟ ގަމާރު ވިޔަސް ބޮޑުވަރު!
  ޙީވަނީ މިހާރު ވެސް މާ މޮޅަށް ކިޔަވާ ދޭ ބައެއް ހެން

 14. ޟަމް

  ޙަޔާތް ކުޑަކަން

 15. 3ނިރު

  ތަޅުއެޅުވީމަ ޔާމީނަށްތަ ދެރަވާނީ ހޭބަހައްޓަ ބަލަ ރީނދޫ ހުން ޖެހުނަސް ރަށު ރައްޔިތުންގެ ދަރިން ރައްޔިތުންނަށް ހަމަ ދެރަވާނީ ކީކޭ ބުނާނީ ހޭބުއްދިފިލޤފަބމި ތިބެނީ

 16. ނ

  ކުޑަފަރީން ވެސް ރ ޔާމީނަށް ކާމިޔާބުވާނެ
  އިންސާﷲ. އެމްޑީޕީގެ ދަންތުރާގައި ޖެއްސޭނީ
  މަދުބައެއް އެމީހުމްނަށްވެސް ފަހުން ވިސްނޭނެ
  އަދި އެމްޑީޕީއަށް ނޫނެކޭ ބުނާނެ

 17. ޢަތީޖު

  ސަރުކާރަކީ ވަކިބައެއްގެ ތަރިކަ ވާރުތަ މުދާގަޑެއްތަ.މީހަކަށް މަރުހަބާޑަންނަވަން ދިޔައިމަ ވަޒީފާޢެހެން ރަށަކަށް ބަދަލު ކުރަންޖެހޭތަ. ށިވިލްސާވެންޓުން ވަކިމީހަކަށް ސަޕޯޓު ކުރުމަކީ ލާޒިމް ކަމެއްތަ.ސަރުކާރުން ހުރިހާހަޑުއރެއްހާވާފަ ދެން ރީތިގޮތް ކިޔައިދިނުމުގެ ބޭނުމެއްނެތް.ވަކިބަޔަކަށް ސަޕޯޓު ކުރުވަން މަޖުބޫރުކޮށް ކިތަށް ގޯނާރައްޔިތުންނަށް ކުރިފަހުން މަދުބަޔަކު އެނިކުތީ. ޑައްކުވަން ހުރުކަމެއް ދައްކުވާފަޏިމޭނީ.

 18. ހަބޭސް ބޭބެ

  ވަރަށް ދަށު ދަރަޖައިގެ ހަޑި ަޢަމަލެއް
  ތީ ނަމޫނާ ބައެއް

 19. ސިދުގީ

  ތިރަށުގައި ވަރައް ވަގުންވެސް ގިނަވާނެ

 20. ހުސޭނުބެ

  އިބޫއާ ގުޅިގެން ކަލޭމެންނަށް ހެދޭނީ ކޮސް. ހާދަ ގޮތްކުޑަ ބައެކޭ މީ.

 21. ފަހިމްބެ

  ތިޔަ ސްކޫލުގައި ކިޔަވާނެ ހުރިހާ ފިކުރެއްގެ ދަރިން. ހުރިހާ ފިކުރެއްގެ މީހުންނާ އެކު އުޅެން ދަސްކޮށް ދިނުމަކީ ސްކޫލްގެ އަދި ޓީޗަރުންގެ ޒިންމާ. އެ ޒިންމާ އަދާކުރަންޖެހޭ މީހާ ނުކުމެ ތިމަންނަ މިހިރީ ވަކި އަތެއްގައޭ ބުނީމަ ދެން އޭނާއަށް ހުރިހާ ފިކުރެއް އެއް ހަމައެެއްގައި ތަންފީޒު ނުކުރެވޭނެދޯ

 22. ހަޔާތްކުޑަ ފަރީ

  ތި ރަށުގެ ނަން ހަޔާތްކުޑަ ފަރީއަށް ބަދަލުކުރަން ފެނޭ!

  • ޙަޔާތްކުޑަފަރީ

   ލަދުހަޔާތް ކުޑަކަންދޯ! މުޅި ދިވެހި ހުރިހާ ޓީޗަރުންގެ އަގު ތިވައްޓާލީ. މީހަކަށް ތާއިދު ކުރިޔަސް ތިކަހަލަ ވަޒީފާގަ އުޅޭ މީހުން ވާންޖެހޭނެ ނަމޫނާ ބަޔަކަށް!

 23. ދިއްގާ

  އެނގިފައިވާ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން އެރަށައް ދިޔައިރު އެޑިއުކޭޝަން މިނިސްޓްރީއިން ސްކޫލަށް ފޮނުވި ޓެބްލެޓްތައް ހުރީ ފޮރުވާފައެވެ. އަދި ސްކޫލުގެ ބެލެނިވެރިން ގާތު ބުނެފައިވަނީ ޓެބްލެޓްތައް ނުލިބޭ ކަމަށެވެ.
  އެހެންވީމާ ހަގީގީ ޓެބްލެޓްވވަގުން އެގުނީތާ؟! ވަގަށް ނަގާފަ މިނިސްޓަރު ބޮލުގަ މި އެޅުވީ. ތީ ހަގީޣީ މޮޔަ ބަލިމަޑުކަން ޖެހިފަވާ ވަގު ޓީޗަރުންގެ ޓެގް ގައި. އަވަހަށް ވަގުން ބޭރުކުރަންޖެހޭ

 24. ހިިނިިި އަނަނީ

  ވަކި މީހަކަައް ތާއީދު ކުރުން އެއީ މަސްސަލއެއް ނޫން ސިޔާސީ ޕޯޑިޔަމް ގަ ވާހަކަ ދެއްކުން ވެސް މަސްލައެއް ނޫން އެކަމަކު ސުކޫލު ގަ ތަޅު އެޅުވުން މަސަލައެއް ދަރިވަރުން ނައް ނުދީ ޓެބު ތައް ފޮރުވުން ވެސް ތީ ވަރައް ބޮޑު މަސްސަލަ އެއް ތިކަހަލަ ތާކުން ތާކުން ނުޖެހޭ ކަންތައް ކޮއްގެން ދެރަވާނީ ހުދު ތިމާމެންގެ ދަރިންނައް. ބަންދުތިކޮއްލެވެނީ ހަމަ އެކުދިންގެ މުސްތަގުބަލު. ޢެއްބަޔަކު އަނެއް ބަޔަކައް ސިޔާސީ ކުޅިވަރު ކުޅުނަސް މީި ދެން ފުކެއް ބޮޑުވަރު

 25. މާމިގިލީ މީހާ

  މާމިގިލީ ސުކޫލު ޓީޗަރުން ވެސް ތިބީ އިބޫ އާ އެކު.. މާމިގިލީ އެމްޕީއެލް އަށް ވަޒީފާއްއަށް އިއުލާނު ނުވެސް ކޮށް. ޔާމީނު އައި ދުވަހު ބައިވަރު ކުދިން ވެއްދި.. އެއްވެސް އިއުލާނެއް ނުވެސް ކޮއް.. ޕީޕީއެއް އަށް ސޮއިކުރީ ތީ.؟

 26. މާމުޓާ

  ކުޑަފަރީ ޓީޗަރުން ހަޔާތުގަ ކަންފުޅެއްވެސް ނެތް ދެން ކިހިނެއް ކުދިންނަށް ނަމޫނާ ދައްކާނީ މިތިބީ ދައްޖާލުބައިގައިގެ މީހުންނަށް ބައިއަތު ހިފާފަ މިހާރު ވަގުތު ފާއިތުވެއްޖެ ދެން އިސްލާހެއް ނުވާނެ ވަގުތުން ސުކޫލުން ވަކިކުރުމަށް ސަރުކާރއް ރއްޔިތުންގެ ފަރާތުން ގޮވާލަން އަވަސް ކުރޭ ޕުލީޒު.....

 27. ގަދަ ގަދަ

  ތަޅާ ތިރިގަންނުވާލާ....އޭރުން ހޭ އަރާނެ...

  • Anonymous

   އާދެ ތަޅަން. ބަނދަރުމަތިން ރޯއަރުވާލާނަން

   • ގަދަ ގަދަ

    ތިކަހަލަ ތާކުންތާކު ނުޖެހޭ މޮއްކޯރުން ގިނަވީމަ ގައުމުތައް ހަލާކު ވަނީ... ޙަމަ ތިނަދޫން މީހުން ބޭލިވަރު ކޮށްލާނަން. ޢަދި ގަދަވެޔެއްނު އެބަ.

 28. ރަޝީދު

  ތިޔައީ ވަރަށް އަޚްލާޤު ދަށް ޓީރުން.ދަރިވަރުންނަށް ދައްކައި ތިދިނީ ވަރަށް ހުތުރު ނަމޫނާއެއް.މާދަމާ ތިޔަޓީޗަރާއި ދެކޮޅަށް ދަރިވަރުން ނުކުތުން އެކަށީގެންވެއެވެ.ތިޔަފަދަ ނާތަހުޒީބީ ޢަމަލު ނުހިންގައިވެސް ތިމާއެދޭފަރާތަކަށް ވޯޓްއެޅިދާނެ.

 29. އިބްރާހިމް

  ތިޔަކަލަ ޓިޗަރުންގެ ސަބަބުން ރަށަށްވެސް ލިބޭނީ ގެއްލުން.ތިވައްތަރު ނުޖައްސާވެސް ތިމާއެދޭ މީހަކަށް ވޯޓް އެޅިދާނެ.ތިރަށަށް ކުރިއެރުން ލިބޭނީ ތިޔަ ޓީޗަރުންނަށް ރަގަޅު ފިލާވަޅެއްދީގެން.

 30. ނިޒާމު

  ހެހެ ކަނޑާލީމާ ފެންނާނެ ކޮންމެވެސް މެމްބަރެއްކާރީ އާދޭސް ކުރާތަން ކުދިންތަރުބިއްޔަތެއް ނޫން ކަލޭމެންނަށް ކުރެވޭނީ އަމިއްލަ އެދުމާގެންގޮސް ފޯވެފަ މުސާރަ ބޮޑުކޮއްފި ދެންކިޔާނެއެއްޗެއް ނޯންނާނެ

  • މޮހޯދު

   އިބޫ ދޭނެ ކުޑަފަރީ ކޮންމެ ޓީޗަރަކަށް އުގުޅާ ކުރީމް ފުޅިއެއް، އެ ދެއިރު އުގުޅާ އެރުން މުސާރަ ބޮޑުވާނެ. ކުރިންވެސް ބޮޑުކުރިއެއްނު. ހޭނުކެޑިހުރޭ.

 31. ޓީޗަރުންގެ ކާފަ

  ކޮންވެރިކަމެއްގަތޯ ޖީބުންޚަރަދުކުރީ . އެކަމު ޔާމީންވެރިކަމަށް އައިފަހުންތާ ސަރުކާރުގެ ޚަރަދުގަ ކިޔެވި ޑިގްރީހެދި މިވީ،,، ވަރަށްގިނަވެރިކަންވެސް ހިގައްޖެ ،، ޓެބްލެޓަށް ބަދަލުވުމުގެ ސަބަބުން ދެންނުޖެހޭނެ ކޮންމެ އަހަރަކު ފޮތްތަށް ޗާޕުކޮށް ހަދާކަށް އުމުރަށް އެކަންވެސް ނިމުނީ.. މީހުންނާ ގަމީހުން ވަކިނުވާތި ދެރައީ .. ޝުކުރު.

 32. ޒޯކު

  އަހަރެން ނުފެކެން ތި ވަރުގެ ހަޑިމުޑުދާރު ގޮތްކުޑަ ބައެއް. ކޮންމެ ފިކުރެއްގެ ބައެއް ނަމަވެސް ތިވަރު ބޮޑުވަރު.

 33. ޢާސި

  ބޭނުން ބަޔަކަށް ތާއީދު ކުރެވިދާނެ. ޢެކަމު ޕުރޮފެޝަނަލް ބަޔަކު ކަންކުރިގޮތް ވ. ހަޑި ދޯ!
  ޥިސްނާލާ ޤިޔާމަތްދުވަހުން މުދައްރިސުންނާވެސް ސުވާލުކުރެވޭނެ.

 34. އަންނި

  އެމް ޑީ ޕީ ވެރިކަމަށް އާދެބަލަ ހޭހަން ދައްކާލާނަން ކިނބޫފައިސަލަށް ޕީޕީއެމް ޓީޗަރުން ގިނަ ސްކޫލް ތަށް މާލޭގަ މަދެއް ނުވާނެ އަހރެމެން ފަށާނީ މާލެއިން ކުޅިބަލަން ގަންޖާބޯ ހުރޭ

 35. އިބްރާ

  ކަނާތުން ވާތަށް ފިޔަވަޅު ނާޅައި ކުޑަފަރީގެ ރައްޔިތުންނަށް އޯގާތެރިވުމަށް ސަރުކާރަށް ގޮވައިލަން. ކުޑަފަރީންވެސް މެޖޯރިޓީ ވޯޓް ރައީސް ޔާމީނަށް ލިބުންގާތެވެ.

 36. ޢަލީ

  ކުޑަފަރިއަށް ސަރުކާރުގެ ޓީމެއްގޮސް ޑޯޓުޑޯ ކެމްޕޭނެއްފަށަން ފެނޭ އަދ ދިމާވެގެން އުޅޭ މައްސލއެއް ސާފުކޮށް އެކަމާ ދެފަރާތުން ވާހަކަ ދައްކަން ފެނޭ، ކޮންމެވެސް ކަމެއް ގޯސްވެއްޖެހެން ހީވަނީ،، މިދުވަސްވަރާ ދިމާކޮސް ތިކަހަލަ ކަންކަން ހިނގާނެ ވިސްނުންތެރިކަމާއެކު ހައްލުކުރުން ބުއްދިވެރީ،

 37. ހުސެން

  ތީ މައުމޫންގެ އަހަރުތަކުންފެސިގެން ކޮންމެ ފަހަރަކު ކަލޭމެންޖައްސާވައްތަރު. ކަލޭމެން ވަކިކުރާނީ ސިވިލްސަރވިސް ގަވައިދުދަށުން ޓީޗަރެއްގެ އަހުލާގީ މިންގަންޑުން ފަހަނަ އަޅާދިޔައިމަ، ސްކޫލް ހުޅުވައިގެން ތިކަހަލަ ބަޔަކު ލައްވާ ދަރިންނައް ނަމޫނާދެއްކުމައްވުރެ ތިތަން ބަންދުކުރުން ރަގަޅީ، ބަންދުކުރީމަ ލިބޭގެއްލުން ކަލޭމެންވެސް ފަރުދީ ހައިސިއްޔަތުން ޒިންމާނަގަންޖެހޭނީ

 38. އަތްޗީޑި

  ހާދަ ހަޔާތް ކުޑައޭ

 39. ދާލު

  ބަލަ ވަގުތު ގަ އުޅޭ ނޫސްވެރިންނަށް ނުފެންނަނީތަ ޕީޕީޢެމް ކެމްޕެެއިން އޮފީސް ތަކުގަ އުޅޭ ޓީޗަރުން..އަދި ޕޯޑިއަމް ތަކަށް އަރާ ޓީޗަރުން..އެ ވާހަކަވެސް ޖހާލަ ބަލަ

 40. ނޫނުލަދު

  ނޫނު އަތޮޅަކީ އެންމެ ކޮހުން ގިނަ ހިސާބު. މަނަދޫގަ އުޅޭނީ ސޭކުން. ކުޑަފަރި ތީ ނައިޖީރިއާ ހިސާބުން ބެހިގެން މިރާއްޖެއައި ބަޔެއް

  • އީން

   ސާބަހޭ..

 41. ޖޮއްބެ

  ބަޣާވާތް ކުރެވޭނީ ދެން ތިޔަހާކަންހާވަރަށް. ގައުމުގެ މުސްތަގްބަލް އޮތީ އެމްޑީޕީ އާއި އެކުގައޭ ބުނާއިރު އެމްޑީޕީ އަކީ އަތޮޅާ ރަށްރަށުގެ ތަރައްގީ އަށް ރައްޔިތުން ލޯބޯ ފިއްސައިގެން ހޯދި ލާރިފޮތިވެސް ދަމައިގަނެގެން ދިރުވާލި ބައެއް. އެމްޑީޕީގެ ލާދީނީ ސަރުކާރު ވެއްޓުނުއިރު ގައުމުގެ އިގްތިޞާދު އޮތީ އިނދަޖެހިފައި، ކުންފުނިތައް ވިއްކާލެވިފައި، ސިއްހީ ނިޒާމު ފޭލް ވެފައި ދައުލަތުގެ މާލިއްޔާ ހުސްވެ ސިވިލްސާވަންޓުންނަށް މުސާރަ ނުދެވޭ ހާލަތައްގޮއްސަ، ސަރުކާރުގެ ބޭސްފިހާރަ ތަކަށް ޒަމާނުއްސުރެ ބޭހާ، ފާމަޝޫޓިކަލް ތަކެތި ގެނެސްދޭ އެސްޓީއޯއާ އެކަންޙަވާލު ނުކޮށް، ރީނދޫ އެކްޓިވިސްޓުންގެ ކުންފުންޏަކާ އެތައްމިލިއަން ރުފިޔާއަކަށް އެމަސައްކަތް ޙަވާލުކޮށް، ބޭސްވެސް ނުލިބުނު، ލާރިވެސް ނުލިބުނު، މިއީ އަދި މިމީހުންގެ ވަގު ކަމާ ޚިޔާނާތްތެރިކަމުގެ ތެރެއިން ޒައްރެއްގެ މިންވަރެވެ. އެހެން ނަމަވެސް ރީނދޫ ނަޖިސް މީހުން އެ ބުނަނީ މުސްތަގްބަލް އޮތީ އެމްޑީޕީ އާއި އެކުގައޭ އަޖައިބެއް ނުވާނެތަ.....؟؟؟؟

 42. ގެެެ

  ބަލަ ޓީޗަރުން އެކަނިތަ ޒިންމާ ނަގަން ޖެހެނީ.... ކުޑަފަރީ ޓީޗަރުން ހަމަ ބެސްޓް ...އަމިއްލަ މިނިވަންކަން

 43. ހިންދުކޮޅު

  މީޓީޗަރުންނެއްނުން ޓީޗަރުންމިހާޑީގުރޭޑެއްނުވާނެ

 44. ގެެެ

  ބަލަ ޓީޗަރުން އެކަނިތަ ޒިންމާ ނަގަން ޖެހެނީ.... ކުޑަފަރީ ޓީޗަރުން ހަމަ ބެސްޓް ...އަމިއްލަ މިނިވަންކަން ???????????

  • ބޮޑުވަރު

   ތީގޭން ތިޔައެނގުނީ ކަލޭގެ ހަޔާތްކުޑަކަން.

 45. ނަސްރު

  ﷲ ިރާދަކުރެއްވިއްޔާ ތި އެންމެންގެ މައްޗަށް މިހާރުގެ ރައީސަށް ކާމިޔާބު މިންވަރު ކުރައްވާށި.

 46. ރާކަނި

  މިވަންކަމަކީއެމީހަކު ބޭނުންވާ ފިކުރަކައް މަސައްކަށް ކުރެވޭ ގޮތައް ހުރުން

 47. ފަރިފަރި

  އަސްތާ ސަރުކާރުގައި ކަމެއް ނެތީނު

  އެރަށުގެ ރައްޔިތުން އޯކޭޔޯ ކިޔަވާނުދިނަސް އެހެންވީމާ ތަޅު އަޅުވަންފުރުޞަތުދީ އެޓީޗަރުންތައް ވަޒީފާއިންވަކިކުރޭ އަދި ކުއްވެރިވާ ޓީޗަރުން ހައްޔަރުކުރޭ

  ހަމަ ދެރަވަނީ އެރަށުގެ ރައްޔިތުންނާ އެޓީޗަރުންނަށް

 48. ނުރަބޯ

  މިތިބަ ޖާހިލުން ތަކެއްދޮތަ؟ ބަލަގަ ސަރުކާރުގެ އެހީގައި ކިޔަވަނީ އަމިއްލަ އަށް އެކަން ކުރެވޭވަރުގެ ތަނަވަސްކަންނެތީމަ. ވީމާ ސަރުކާރުގެ ޚަރަދުގައި ކިޔެވިޔަސް އެހެންމީހެއްގެ ޚަރަދުގައި ކިޔެވިޔަސް އެކަމަށްޓަކައި އެ ހެޔޮކަން ފޯރުވި ފަރާތަށް އިޚްލާޞްތެރި ވާންޖެހޭނެ. އިޚްލާޞްތެރި ވުމަކީ ސަރުކާރުގެ ޚަރަދުގައި ކިޔަވައިގެންހުރެ ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ފަހަތައްއަރާ ސަރުކާރަށް ޖެއްސުންކޮށް، ދުއްތުރާ ކުރުމެއްނޫނެވެ.

 49. ޖައްރާފު

  އެބުނާހެން ތިޔައީ ހަމަ “ހަޔާތްކުޑަ”ފަރީ.....!!!. ބޯގަޅިބައެއް.

 50. ޤައުމު

  ކިޔަވާ ކުދިންނަށް ނަމޫނާ ދައްކަން ތިބޭ މީހުންގެ ފެންވަރު ތިތިބީ. ކުދިންނަށް ނަމޫނާ ދައްކަނީ ތިޔަގޮތައްތަ. ސްކޫލްގަ ތަޅު އެޅުވީމަ އެކަމުގެ ދެރަ ލިބޭނީ ކޮންނަޔަކައްކަން ނޭންގެނީތަ. ސަރުކާރަކަށް އެކަމުން ދެރައެއް ނުލިބޭނެ. އަދި ރައީސް ޔާމީން އަކައްވެސް އެކަމުން ދެރައެއް ނުލިބޭނެ. ދެރަ ލިބޭނީ ހަމަ އެކަނި ތިޔަ ކުޑަފަރީއޭ ކިޔާ ރައްޔިތުންގެ ދަރިންނައް. މިބައި މީހުން މިއުޅެނީ ސަރުކާރު ބަދުނާމު ކުރުމުގެ ނިޔަތުގަ. އިބޫއެއްނޫން ކިނބޫ ވެރިކަމުގަ ހުއްޓަސް އެއްމެން ބޭނުންވާ ގޮތެއް ސަރުކާރަކަށް ހަދައެއް ނުދެވޭނެ. ސިވިލްސާވަންޓުންނަކީ ސިޔާސީ ހަރަކާތްތަކަށް ނިކުންނަން ޖެހޭނެ ބައެއް ނޫން. އިރާދަކުރެއްވިއްޔާ ދެންވެސް ހޮވޭނީ ރައީސް ޔާމީން.

 51. އުންމީދު

  ޔާﷲމިގައުމުގެ އަޅުތަކުންނަށް ހެޔޮވިސްނުން ދެއްވާށި ގައުމުބިނާކުރުމަށް މަސައްކަތް ކުރަންތިބިމީހުންނަށް ހެޔޮވިސްނުން ދެއްވައި މިގައުމުގެ ޅަދަރިންގެ އަޚްލާގަށް ހެޔޮގޮތް މިންވަރު ކުރައްވާށި . އާމީން

 52. މަރްޔަމް

  މީ ހާދ ަނާތަހުޒީބް މީހުން އުޅޭ ރަށެކޭ

 53. ޔާސިރުބެ

  ނ.ކުޑަފަރިއަކީ ނުބައިނުލަފާ މީހުންގިނަ ތަނެއް. މިހެން ބުނަސް ލަދުވެސްގަނެ. ނަމަވެސް އެމީހުންނަކީ ދީނީގޮތުންވެސް ހަރުކަށިބައެއް. މީގެ އެތައް އަހަރެއްކުރިން ކުޑަފަރި މީހުންނަކީ ރަމަޟާންމަހުގެ ހަނދާއި ޝައްވާލު މަހުގެ ހަނދު ބެލުމުގައި އަމިއްލަ އުޞޫލްތަކެއް ގެންގުޅެފައިވާ ބައެއް. އެއީ މައުމޫން ވެރިކަމުގައި ހުރުމުން އެކަމާ ހިތްހަމަ ނުޖެހިގެން ކޮށްފައިވާ ހޮޅިކަންކަން. ކަންކަން މިހެން ހުރި އިރު ސްކޫލްގެ ޓީޗަރުންގެ އަމަލުތައް ވަކިން ރަނގަޅަށް ހުންނާނެ ކަމަށް ގަބޫލެއް ނުކުރެވޭ. މުދައްރިސުންނަކީ ދަރިވަރުންނަށް ރަނގަޅު ނަމޫނާ ދައްކައިދީ، ތަރުބިއްޔަތުކޮށް، ތަޢުލީމް ފެތުރުމަށް ތިބޭ ބައެއް.

 54. ނިސާ

  ޓީޗަރުންނަކީ ސިވިލް ސާރވިސް މުވައްޡަފުންކަމަށްވީހިނދު ސަރުކާރަށް އެއްބާރުލުންދީގެން މަސައްކަތް ނުކުރެވެންޏާ ވަޡީފާއިން ވަކިކުރުމަށް ގޮވާލަން. ކޮންމެ ފިކުރެއްވިޔަސް ސަރުކާރު ހިންގިޔަ ދޭންޖެހޭނެ. ތީ ދެން ބޮޑުވަރު.

 55. ނަމޫނާ

  ޓީޗަރުންނަކީ ކުދިބައެއްގެ ތަރުބިއްޔަތަށް ވަރަށް މުހިއްމު ދައުރެއް އަދާ ކުރާ ބައެއް. ތިފެންވަރަށް ވެއްޓިގަތީމަ ޓީޗަރެކޭ ނުކިޔޭނެ.

 56. ޢަހްމަދު

  އަމިއްލަ އަތުން ދެފައި ބަންނަން ތިޔަ ގޮވަނީ، ފައި ބެނދުނީމަ ނުހިނގިފަ އޮންނަންޖެހޭނީ ޔާމީނެއް ނޫން، ހައްތާ ކޮހުން

 57. sandhuvaa

  ލަދުޙަޔާތް ކުޑަބައެއް. ލާދީނީ ފިކުރަށް ކުޑަފަރީމީހުން ތާއީދު ކުރައްވަނީބާވައޭވެސް ހިތަށް އަރަން ފަށައިފި. އެކަމަކު ނ. އަތޮޅުގައި ކުޑަފަރީއަކީ، އެތައްޒަމާނެއް ކުރީއްސުރެން ފެށިގެން، އިސްލާމްދީނަށް އިޙުތިރާމްކޮށް، އިސްލާމްދީނަށް އެއްމެ އަހުލވެރި ރަށް. ޒަމާން ބަދަލްވީތާ.

 58. ބޭބެ

  ސަޕޯޓްކުރާ މީހަކަށް ސަޕޯޓް ކުރަންވީ!! އަދި ވޯޓްލާން ބޭނުން މީހަކަށް ވޯޓްވެސް ލާންވީ!! އެކަމަ ކުޑަފަރީ ޓީޗަރުންގެ ޢަމަލުތައް ހުރީ ރަގަނޅަކަށްނޫން!! އެޑިއުކޭޝަން މިނިސްޓަރ އެރަށަށް ވަޑައިގަތުމުން ޢަމަލުކުރިގޮތާއި ކުދިންނަށް ބަހަން ފޮނުވި ޓެބްލެޓް ފޮރުވުމާއި ބޭއަދަބީ ބަހުން މުޢާމަލާތް ކުރުން!!! މިހުންނަނީ ޕްރޮފެޝަނަލް ބައެއްގެ ކިބައިން ފެނިގެންވާނެ ކަންތައްތަކެއްނޫން!! މިއީ އަޚްލާގީގޮތުން ވަރަށް ދަށުދަރަޖައިގެ ކަމެއް!!! މިކަން ރަގަނޅުކުރުމަށްޓަކައި ފިޔަވަޅު އަޅަންޖެހޭ!! އެއީ ދުވަސްކޮޅަކަށް މުޅި ސްކޫލު ބަންދުކޮށްގެންނަމަވެސް!!! ވޯޓްލުމާ ތާޢީދުކުރުމާ މީ މުޅިން ދެކަމެއް!!

 59. މިލިޓަރީ

  މީތި ކަޑަ

 60. ނަފީލް

  މި ޚާއިނުންނަށް އިރާދަކުރެއްވިއްޔާ ހިތި ފެންނާނެ!

 61. ާޖަމް

  ހާދަ ގޮތެއްނެތް ބަޔެކޭ. ދެން މާދަން ކޮންދަރިވަރެއް މި މީހުންނަށް އިހްތިރާމް ކުރާނީ. ގޮތްކުޑަފަރީ

 62. ސްކޫލު ޕުރިންސިޕަލް

  ވަރަށް ދަށުދަރަޖައިގެ އަމަލެއްތީ. މިހެންވެ މެމްޑީޕީޔައްތާއީދު ނުކުރެވެނީ، މިހަބަރާ ހަމަޔަށް އަހަރެން ހުރީ އިބޫއަށް ވޯޓް ދޭން. އެކަމް މަ ވާ ސަލާމް، ތައުލީމީ ދާއިރާގަ ތިބި ތިކަހަލަ ވިސްނުން ކޮށި މީހުން ދުރު ކުރެވޭނެ ވެރިޔަވީ ރައީސް ޔާމިން މަ ވޯޓް ޔާމީނައް

 63. ޟހ

  ޜަނގަޅަށް ހެދީ

 64. ޙަބޭސް

  ސަރުކާރުޚަރަދުގަ ކިޔަވަންޏާ ޖެހޭނެ ސަރުކާރަށް ތާއިދު ކުރަން ޓީޗަރުން ކިޔަވާދޭއިރު ޖެހޭތަ އެމީހުން ދޭ ފިލާވަޅު ދަސް ކުރަން ޔާމީނުގެ ޚަރަދުގަ އިޅެން
  ޏާ ޖެހޭނެ ޔާމީނު ބުނާ ގޮތް ހަދަން. ސަރުކާރުން ތިމާއަށް ކިޔަވާދީ ތިމާ މީހަކަށް ހަދަނީ ސަރުލާރަށް ގައްދާރުވާކަށް ނޫނެ ޓީޗަރުންނަކީ ދަރިވަރުންނަށް ގައްދާރުވާ ބަޔަކަށް ވެގެން ނުވާނެ.ކަޑާ ބޭރުކުރޭ

 65. Anonymous

  ޓީޗަރުން ސިޔާސީކަންތައްތަކުގެ ކުރީސަފުގައި އުޅުމަކީ، ގަދަރުވެރި ތައުލީމީ ދާއިރާއަށް

  ލިބޭ ވަރަށް ހަޑިހުތުރު ކަމެކެވެ. އަދި ދަރިވަރުން އެ ޓީޗަރަކާއިމެދު ދެކޭގޮތް ބަދަލުވެ،

  ދަރިވަރުން ޓީޗަރުންނަށް ކުރާ ގަދަރާއި، އިޙްތިރާމް ކުޑަވާނެކަމެކެވެ.

 66. ކީކޭ ކީކޭ

  ގަދަ ބައެއްތީ... ރައްޔިތުންގެ އަތުން ނަގާލާރިން މުސާރަ ދެނީ... ސަރުކާރު އޮޅާލާ...!!!!!

 67. ނަސީ

  ޓީޗަރުން ތިބެން ޖެހޭނީ ސައިލެޓް ގައި.އެހެންނޫނީ ޕޭރެންޓުނާއި ޓީޗަރުންނާއި ދޭތެރޭގައި އޮންނަ ގުޅުމަށްެވެސް ޙިނަރުކަން އަންނާނެ

 68. ޭމުދައްރިސެއް

  ޥަރަށް މޮޅު ވާހަކައެއް! މިހުރީ ޓީޗަރުންގެ ފެންވަރު

 69. ސަމަންދަރު

  ގޮތްކުޑަފަރީ މީހުން ހާދަ ހަޔާތް ކުޑައޭ މީރަށުގެ ނަން ގޮތްކުޑަފަރީ އަށް ބަދަލުކުރި ޓީޗަރުން ވަގުތުން ސުކޫލުން ވަކިކުރުމަށް ދަންނަވަން .

 70. އަބްދުއްލާ

  ކުޑަފަރީ މީހުންނަކީ ދީނަށް ލޯބިކުރާ ބަޔެކޯ ބުނާއަޑު އަހަން .ދީނަށް ލޯބިކުރާމީހާއަށް ވާޖިބުވެގެންވޭ ނިސާސޫރަތުގައިވާފަދައިން މާތްﷲ އާއި އެކަނލާގެ ރަސޫލާ އަށާ ވެރިންނަށް ކިޔަމަން ވުން. ތިމާގެ ކޮންމެ ފިކުރެއް ހުއްޓަސް ވެރިމީހާ އަށް ގަދަރާއިހުތިރާމް ކުރަންޖެހޭނެ.

 71. އެޑިޓް

  ކިހާ ބޮޑު ބަލާއެއް!.. ހުރިހާ އާލާތުން ކަނޑާލާފަ ފޮނުވާލަ.. އޭރުން ހުންނާނީ ރާކަނިމަސް ކެވިފަ..!