ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް ގުޅީފަޅުން ގޯތި ހަމަޖެހުމަކީ ފުރުސަތު އޮތް ކަމެއްތޯ ބައްލަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ކުރީގެ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރާއި ގުޅީފަޅު އަދި ހުޅުމާލެ ފޭސް ތިނަކުންވެސް ގޯތި ދީފައި ވެއެވެ. ގޯތި ދީ، މިހާރު އެތަންތަން ހިއްކުމުގެ މަސައްކަތް ކުރަމުންދާއިރު، މަސައްކަތް ނުހުއްޓި ކުރިއަށްދާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ގިރާވަރުފަޅުން މިހާތަނަށް އައިއިރު 50 އަށް ވުރެ ގިނަ ހެކްޓަރު ހިއްކާފައިވާ އިރު، ގުޅީފަޅުން ވަނީ 100 އަށް ވުރެ ގިނަ ހެކްޓަރު ހިއްކައިފައެވެ. އަދި ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް ވެސް ހަލުވިމިނެއްގައި ކުރިއަށް އެބަދެއެވެ.

ހުޅުމާލެ، ފްލެޓް 159204، އާމިނަތު ލީލާ، ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް، ގުޅީފަޅު ނުވަތަ ހުޅުމާލެއަށް އެ ގޯތި ބަދަލުކުރެވިދާނެތޯ ދެންނެވި ސުވާލަށް ރައީސް ދެއްވި ޖަވާބުގައި ރައީސް ވިދާޅުވީ، އެ ސުވާލު އެމަނިކުފާނާއި އެހެން ބޭފުޅުންވެސް ކުރިމަތި ކުރައްވާއިރު، އަދި އެކަމަށް ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ.

"ތިކަމަކީ ފުރުސަތު އޮތް ކަމެއް، އަދި އެހެން ނަމަވެސް ސިޔާސަތެއް ކަނޑަނާޅާ، ގިރާވަރު ފަޅުން ގޯތި ލިބުނު ބައެއް މީހުންނަށް ގުޅީފަޅުން ޖާގަދޭއިރު، އެެތަނުން ޖާގަ ލިބިދާނެތޯ ނޫންތޯ ކަނޑައަޅާނަން، ދެތަނުގެވެސް ލޭންޑް ޔޫސް ޕްލޭން ފައިނަލް ކުރުމުގެ މަސައްކަތުގައި މި އުޅެނީ،"

އަދި ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް ގުޅީފަޅުން ގޯތި ހަމަޖެހުމަކީ ފުރުސަތު އޮތް ކަމެއް ކަމަށް ބައްލަވާ، ތިކަމަކީ ސީރިއަަސް ކޮށް އެޓެންޑްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ާަަ އަމިނަތު

    ޢަޅުހުގަނޑަށްވެސް ފުރުސަތެއް ދެވްވަ ބައްލަވަ ރައިސް އަރިހުގަ މުހިއްމު ވަާހަކައެއް ދަންނަވަަލަން ހަދަންވި ގޮތެއް ވަގުތު ނޫހުން އަޅުގަނޑަ އަނގަ ވާލަ ދެއްވުން ވ.ބޯޑަށްއެދެން.

  2. Anonymous

    ދަފުތަރުގައިވާ މާލޭގެ ރައްޔިތުންގެ ޙައްޤުތައް ކޮބާ؟ ދަފުތަރުގައިވާ މާލޭގެ ރައްޔިތުންނަށް ގޯތި ނުދިނީ އެމީހުންގެ ގޯތިތައް ގިނަކަމުންތަ؟ ނޫނީ ހިންނަވަރު މީހާގެ ނުބައިކަމުންތަ؟

  3. ރެކިފުތާ

    މިދިޔަ ސަރުކާރުން ގިރާވަރުފަޅުން މަށައްގޯތިދިނީ ފަޅުތެރޭން، އެކަމު އެދީފަ ވެރިކަމުން ފައިބައިގެން ދިއުމުގެކުރިން އެފަޅުތެރެއައް ފެލިއަޅަން އެމީހުން ބަޔަކާހަވާލުކުރި. މިހާރު އެބަކިޔާ އޭރުގޯތި ދޭންބުނި ތަންތަނައް ވެޅިޢަޅައިފިޔޭ.. އެހެން ވެއްޖެޔާ މަގޭގޯތި މިހާރު އޮންނާނީ އެވެލިގަނޑުގެ ދަށުގަ. އެހެންވީއިރު ދެން މިދިޔަސަރުކާރުން މަށައްދިން ގޯތި ހޯދާނީ ކިހިނެއް؟ މަށައް ގޯއްޗެއް ލިބޭނެތަ؟

  4. ޒާ

    އަހަރެމެން ވާނުވާ ނޭނގި މާގިނަދުވަހު ބައިތިއްވައިފި. މުއިއްޒު ލޭންޑްޔޫސް ޕްލޭން ހަދާވާހަކަ ތިދައްދައްކަވަނީ. މުއިއްޒު ވައުދުވީ ކުދިގޯތިވެސް 1450 އަަކަފޫޓްގަދޭން. އެގޮތައްބަދަލުކުރީތޯ. ޣިރާވަރަށް ބްރިޖް އަޅަން ޕްލޭނުގަވެސްނެތް. އެތާ އާބާދުވާން އަދި 20 އަހަރު ހޭދަަޗާނެކަމަށް މިހާރު ލަފާކުރެވޭ. ގުޅީފަޅުންވިޔަސް ތިކަން އަވަހަށް ހަމަޖައްސައިދީ. މިހާލުގާ ލައްކަދުވަހު އުޅެވިއްޖެ. ޑުވަސްވެ ގައިބާރު ބަލިވެއްޖެ.

  5. ނަސް

    ކުރާ ސުވާލައް ޖަވާބެއް ނެތް މީހަކު ދެން ކޮންކަމެއް ކުރެވޭނީ ޔާމިން ކަރުގައި ހިފިމީހަކައް ދެން ރައްއިތުން ވާނީ ކޮންބަޔަކައް