ކުރީ ސަރުކާރުން އެދުނީ ހަމައެކަނި ފުށިދިއްގަރު ފަޅުގެ މަޝްރޫއު ހުއްޓާލުމަށް ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަދި މަޖިލިސް ރައީސް އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނު ލޯންޗު ކުރުމަށް ބޭއްވި "މިސްރާބު ހަމަ މަގަށް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ މަޖިލީހުން މަޝްރޫއުތައް ހުއްޓުވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް ބަޖެޓް ފާސްވެގެންދިޔައިރު މަޝްރޫއުތައް ހުއްޓުމަށް ކުރީ ސަރުކާރުން އެދިފައިނުވާނެ ކަމަށެވެ.

ކުރީ ސަރުކާރުން ހަމައެކަނި އޭރު ވަގުތީ ގޮތުން އެދުނީ ފުށިދިއްގަރު ފަޅު މަޝްރޫއު ހުއްޓާލުމަށް އެކަނި ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އެހެން މަޝްރޫއުތައް ހުއްޓާލުމަށްފަހު މި ސަރުކާރުން ފެށީ އެ މަޝްރޫއު ކަމަށް ވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ ކެނޑިޑޭޓުންގެ ކެމްޕޭން ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ވަގުތު އިމޭޖެސް: އަބްދުالله އަބީދު

ފުށިދިއްގަރު ފަޅަކީ ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. ފުށިދިއްގަރު ފަޅުން ހުޅުމާލެ ދެފިޔަވަހި އެއްކޮށްލީމަ ވާވަރުގެ ތިން ގުނަ ސަރަހައްދެއް ލިބިގެންދާނެއެވެ. އެ ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަަށް ހަވާލުކޮށްފައި ވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ އެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ.

ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ސަލީމް ވަނީ މި ވެރިކަމަށް 100 ދުވަސް ފުރި ހަނީމޫން ފީރިއަޑް ނިމުމުނުއިރު ވަރިފަށަށް އަރައިފި ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ ކެނޑިޑޭޓުންގެ ކެމްޕޭން ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ވަގުތު އިމޭޖެސް: އަބްދުالله އަބީދު

ސަލީމް ވިދާޅުވީ ރައްޔިތުން ފޫހިވެއްޖެ ކަމަށާއި ރައްޔިތުންގެ އަތުން ދިން އެއްޗެއް އަނބުރާ އަތުނުލައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި ނަމަވެސް އެގޮތަށް ކަންތައްތައް ނުކުރައްވާ ކަމަށެވެ.

ހިޔާލު ފާޅުކުރުން އެއީ މިހާރު ބިރަކަށްވެފައި އޮތް ކަމެއް ކަމަށާއި ސަރުކާރުގެ ކަންކަން ސިއްރުވެއްޖެ ކަމަށް ވެސް ވިދާޅުވިއެވެ.

ސަރުކާރު ހަމަ މަގަށް އަޅުވާ ޒިންމާދާރު ކުރުވާތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށާއި މަޖިލިސްގެ މެޖޯރިޓީ އަނެއްކާވެސް ހޯދުމަށް އެމްޑީޕީން މަސައްކަތް ކުރާނެ ކަމަށް އެޕާޓިން އަންނަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ސަލީމު އެޢީމެމްބަރެއްނޫންތަ

  2. ޢެމްޑި

    ސޮރީ ބޮލަކަށް ނޭރެވޭނެ ދެނެއް ވަގުން ހުސްތި

    10
  3. މަތަރަސް

    ބަލަ މެޑަމު މެން ރައްތަރައްގީކުރަން ވެގެ ފާޑުފާޑު ޓީވީން ވެޔަފާރިވެރިންނާ ޗިބޫމެންނައްބިރުދައްކާގެ ރައްތަރައްގީކުރި މިހާރު ޖީބުފުރުނީކަން ރައްޔަތނައްއެގޭ މިފަހަރު މެދަމަން ސަލާމު ގޮޑާ ބައިބައި؟؟

    5
    1
  4. ޒާ

    ސަލީމު ކޮން ދޮގެއް ހަދާކަށް. ވެރިކަން ހަވާލު ކުރީ މޮހޮނަށް އޮޑިދޭގޮތަށް. ގިނަ މަޝްރޫއުތަކަށް ބަޖެޓުގައި ފައިސާ ނެތްކަމާއި ހިނގަހިނގާ ހުރި ބައެއް މަޝްރޫޢުތަކަށް ފައިސާ ހިމަނާފައި ނެތްކަން ބަޖެޓު ބަލާލި ކޮންމެ މީހަކަށްވެސް ފެންނާނެ.

    14
  5. އަލިދޫނި

    އަޖައިބެއް ނުވާނެތަ؟ ކުރީގެ ސަރުކާރަށް އެންގޭތަ އާ ސަރުކާރުން ކުރަންވާ ކަންކަން؟ ދެން ހަމަ ހެވެނީ... ހީވަނީތަ އަދިވެސް ވެރިކަމުގަ ތިބީ ތިމަންމެން ހެން؟

    • ޢަބްދުﷲ

      މި ސަބަބައި ހުރެ އަސްލު މަޖިލީހެއް ދިވެހިރާއްޖެއަށް ބޭނުން ނުވަނީ... މިނިސްޓްރީތަށް ހިންގުމަށް ތިބޭ ވަޒީރުންނާއި، ރަށްތަކަށް ވެރިން އައްޔަން ކުރީމަ ނިމުނީ... ކަން ހިނގާ ގޮތް ބަލަން... އިޚުލާސްތެރިން ނަމަ ޤައުމައިގެން ކުރިއަށް ދާނެ.

  6. ރަޔާން

    ކުރިން އަހަރެން ހީކުރީ ހޯރަފުށީ ދާއިރާގެ މެމްބަރ ސަލީމަކީ ތަންކޮޅެއް އިންޞާފަށް ލޯބި ކުރާ ކޮންމެވެސް މިންވަރަކަށް ޙަޤީޤަތާއި އެއްގޮތަށް ވާހަކަ ދައްކަވާ މެމްބަރެއް ކަމަށް. އެކަމަކު އެއީ ކުރެވުނު ކުށް ހީއެއްކަން މިހާރު ސަލީމް ދައްކާ ވާހަކައިން އެނގޭ.
    ޚިޔާނާތުގެ ގޮތުގައި އެއް ސަރުކާރަކުން ދީފައިވާ ފުލެޓެއް ވިއަސް އަދި އެހެން އެއްޗެއްވިއަސް އެގޮތަށް ދެން އަންނަ ސަރުކާރަކުން ދޭކަށް ނުޖެހޭ. އެ އެއްޗެއް ދޭންވާނީ އެއެއްޗަކީ އިންސާފުން ދެވޭ އެއްޗެއްތޯ ބެލުމަށްފަހު.
    މަޖިލީހުގެ ސްޕަރ ސްޕަރމެޖޯރިޓީ ރައްޔިތުން ދިނީމާ؛ ކުރަން ވަޢުދުވި އެއްކަމެއްވެސް ކުރީކީ އެއްނޫން. އެމް.ޑީ.ޕީ މަޖިލިސް މެމްބަރުން މުޅި ދިވެހި ރާއްޖޭގެ ހުރިހާ ގޭބިސީތަކުގެ ސިޓިންގރޫމްތަކަށް ރައްޔިތުންނަށް ދައްކަމުން ގެންދިޔައީ؛ ޒިންމާދާރު ކަމެއްނެތް އަޚްލާޤީ މިންގަނޑަށް ނުފެތޭ ހަޑިހުތުރު ބަސްތަކާއި މާރާމާރީ ހިންގުން ފަދަ ދަށު ދަރަޖައިގެ އަނިޔާވެރި ޢަމަލުތައް. މިއީ މިއިސްލާމީ ޤައުމުގެ ޤާނޫނު ހަދާ މަޖިލީގެ މެމްބަރުންގެ ކިބައިން ރައްޔިތުން ދެކެން ބޭނުންވާ ކަންކަމެއްނޫން.
    މެމްބަރު ސަލީމް އަކީ މިބާވަތުގެ ޢަމަލުތަކަށް ތާއީދު ކުރާ މީހެއްކަމަށް މީގެ ކުރިން އަހަރެން ހީނުކުރަން.