އަންނަ މަހުގެ 17 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބޭއްވުމަށް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކެމްޕެއިން ކުރުމުގެ ފުރުސަތު "ވަގުތު" އޮންލައިން އަދި ޓީވީން ހުޅުވާލައިފިއެވެ.

"ވަގުތު" އޮންލައިނަކީ ރާއްޖޭގެ ވެބްސައިޓުތަކުގެ ތެރެއިން ދިވެހިން އެންމެ ގިނަ އިން ޒިޔާރަތް ކުރާ ވެބްސައިޓެވެ. މި މަގާމު "ވަގުތު" އޮންލައިނުން ދަމަހައްޓަމުން އަންނަތާ މިހާރު ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. ރާއްޖޭގައި "އެތައް ސަތޭކަ" އޮންލައިން ނޫހެއް އޮންނަ އިރު، އެންމެ އަވަހަށް ހަބަރުތައް ގެނެސްދިނުމުގައި "ވަގުތު" އޮންލައިނަކީ ނަމޫނާއެކެވެ. ހާއްސަކޮށް ކިޔުންތެރިންގެ މެދުގައި އެންމެ މަގުބޫލު އެކައްޗަކީ "ވަގުތު" ގެ ކުއްލި ހަބަރުތަކެވެ.

ވެބްސައިޓްތައް ރޭންކް ކުރާ "ސިމިލާވެބް" އިން އެންމެ ފަހުން އާންމު ކުރި ރޭންކިން ދައްކާ ގޮތުގައި ދިވެހިން ވަންނަ ވެބްސައިޓްތަކުގެ ލިސްޓްގެ ފަސް ވަނައިގައި "ވަގުތު" އޮތްއިރު އެއީ މިލިސްޓްގެ އެންމެ މަތީ މަގާމެއް ލިބިފައިވާ ރާއްޖޭގެ ވެބްސައިޓެވެ. އެހެންވެ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާ 368 ކެންޑިޑޭޓުންނަށް މިވަނީ "ވަގުތު" ގައި އިސްތިހާރުކޮށް، އެމީހުންގެ ސިޔާސަތުތައް "ވިއްކުމަށް" ރަނުގެ ފުރުސަތެއް ލިބިފައެވެ.

މަޖިލިސް އިންތިހާބުގައި 42 އަންހެން ކެންޑިޑޭޓުންނާއި 326 ފިރިހެން ކެންޑިޑޭޓުން ވާދަކުރައްވާ އިރު، ކޮންމެ ކެންޑިޑޭޓަކަށް ވެސް "ވަގުތު" ވަނީ ހުޅުވާލެވިފައެވެ.

"ރާއްޖޭގައި މިހާރު އެތައް ގިނަ އޮންލައިން ނޫސްތަކެއް ހިމެނޭ. އެކަމަކު، ތެދު، ދޮގު ބަލަން އަބަދުވެސް ދިވެހިން ވަންނާނީ މައިގަނޑު ދެ ތިން ނޫހަކަށް. އެ ނޫހުގެ ތެރޭގައި ވަގުތު ހިމެނޭ ކަމީ އުފަލާ އެކުގައި އަޅުގަނޑުމެން ބަލައިގަންނަ ކަމެއް. އެހެންވެ ރައްޔިތުން އިތުބާރު ލިބިފައިވާ ވަގުތުގައި ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަކޮށްލަން މިއަށް ވުރެ ރަނގަޅު އަދި ފަސޭހަ ފުރުސަތެއް ނުލިބޭނެ،" ވަގުތުގެ ސީއީއޯ އަހުމަދު އަލީ ވިދާޅުވިއެވެ.

ކެންޑިޑޭޓުން ކެމްޕެއިން ކުރަން ވަގުތުގައި މައިގަނޑު ހަތަރު ޕެކޭޖެއް ވަނީ ތައާރަފްކޮށްފައެވެ. އެ ޕެކޭޖްތަކުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ކެންޑިޑޭޓުންގެ ހަބަރުތަކާއި ރިޕޯޓުތަކާއި ވީޑިއޯ ރިޕޯޓުތަކާއި ގެލެރީތަކާއި މީސް މީޑިއާގައި ކެމްޕެއިން ހަރަކާތްތައް އާންމު ކުރުމެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ ވަގުތުގެ ޕެކޭޖް ނަގާ ކެންޑިޑޭޓަކަށް ވީ އެންމެ ފުރިހަމަ އަށް ޕެކޭޖްގެ ދަށުން ކަންކަން ފަހިކޮށް ދިނުން. އަޅުގަނޑުމެން ތަފާތު ވާނެ. ތަފާތު ދައްކާނެ. ހަމަ ގައިމު ވެސް ތިޔަ ކެންޑިޑޭޓުން މާޔޫސްވާކަށް ނުޖެހޭނެ." ސީއީއޯ އަހުމަދު ވިދާޅުވިއެވެ.

ޕެކޭޖްތަކާ ބެހޭ ގޮތުންނާއި "ވަގުތު" ގައި ކެންޑިޑޭޓުން އިސްތިހާރު ކުރަން ބޭނުން ނަމަ، 7730825 ނަންބަރާ ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.