މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިއަދާ ހަމައަށް ގަވާއިދާ ހިލާފަށް އުޅޭ 817 ބިދޭސީން ފުރުވާލާފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީގެ "ހޯމް ޓީމުން" މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައްމާން ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން 527 މީހުން ރީއިންޓަގްރޭޓް ކުރެވި، 290 މީހުން ޑީޕޯޓްކޮށްފައިވާ ކަމަށެވެ. މުޅި ޖުމްލަ 817 ބިދޭސީން ރާއްޖެއިން ފުރުވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާއިތުވި 20 ދުވަހު މުހިންމު ހަ ރެއިޑް އޮޕަރޭޝަން ހިންގާފައިވާ ކަމަށާއި ފުލުހުންގެ އިންޓެލިޖަންސް ގުޅިގެން ތިން އޮޕަރޭޝަން ހިންގާފައިވާ ކަމަށް ޝައްމާން ވިދާޅުވިއެވެ. މި އޮޕަރޭޝަންތަކުގައި 49 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އޭގެ ތެރޭގައި 46 ފިރިހެނުންނާއި 3 އަންހެން ހިމެނެއެވެ.

މީގެއިތުރުން 75 ބިދޭސީން އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަށް ގެނެސް ފުރުވާލުމުގެ މަސައްކަތް ކުރި ކަމަށާއި 68 ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. މީގެއިތުރުން އަމިއްލައަށް ފުރަން ބޭނުންވެގެން 113 ބިދޭސީއަކު ފުރުލާފައިވާ ކަމަށް ވިދާޅުވިއެވެ.

ޝައްމާން ވިދާޅުވީ މިވަގުތު އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި 122 ބިދޭސީން ތިބި ކަމަށެވެ.

ޑިޓެންޝަން ސެންޓަރުގައި ތިބި ބައެއް ބިދޭސީންގެ ތަފްސީލު:

  • ބަންގްލަދޭޝް 103 މީހުން
  • އިންޑިއާ 4 މީހުން
  • ސްރީލަންކާ 4 މީހުން
  • ނޭޕާލް 3 މީހުން

ޝައްމާން ވިދާޅުވީ ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެފަދަ ބިދޭސީން އަތުގައި ޕާސްޕޯޓް ނޯންނަ މައްސަލަ ނުވަތަ ޕާސްޕޯޓް ގެއްލުވާލާފައިވާ މައްސަލަ ކަމަށެވެ.

ގަވައިދާ ހިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވަން ފުލުހުން ގުޅިގެން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ސައީދު ވިދާޅުވީ އިއްޔެގެ ވަގުތެއްގައި ފުލުހުންނާއެކު، ހޯމް މިނިސްޓްރީވެސް ބައިވެރިވެގެން ބައްދަލުވުމެއް ބޭއްވި ކަމަށާއި ބިދޭސީން ކުރާ ވިޔަފާރީތައް ދެނެގަތުމަށްފަހު މިނިސްޓްރީއަށް ފުލުހުން އެންގުމުން، އެ ވިޔަފާރީތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ލޯކަލް ގަވަނަންސް މިނިސްޓްރީން ވެސް ރަށްތަކުގައި އުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމަށް އެދިވަޑައިގެންފައިވާނެ ކަމަށާއި އޭރުން ރަށްތަކުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ދެނެގަންނަން ފަސޭހަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. ތަންފީޒީ އިދާރާތަކުން މައުލޫމާތު ދިނުމުން މިނިސްޓްރީން ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މާރުކޭޓުގައި ބިދޭސީން ހަރަކާތްތެރިވަމުންދާތީ އެއީ އަބަދުވެސް އަންނަ ޝަކުވާއެއްކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ ގިނަ ފަހަރަށް ވިޔަފާރި ރަޖިސްޓްރީކޮށްފައި އޮންނަނީ ދިވެއްސެއްގެ ނަންމަތީގައި ކަމަށާއި ހިންގަން ހަވާލުކުރަނީ ބިދޭސީއަކާ ކަމަށެވެ. މާލެސިޓީ ކައުންސިލުން ބިދޭސީންނަށް މާރުކޭޓުގައި ވިޔަފާރި ކުރުމުގެ ހުއްދަ ދީފައިނުވާނެ ކަމަށާއި އަދި މިނިސްޓްރީން ވެސް އެ ހައްދަ ދީފައިނުވާނެ ކަމަށް ވިދާޅުވިއެވެ.

ތަންފީޒީ އިދާރާތަކާއި މިނިސްޓްރީއާ ގުޅިގެން އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި ދިވެހިންގެ ވިޔަފާރީތައް ދިވެހިންގެ އަތްމައްޗަށް ގެނެވޭނީ ހިތްވަރު ލައިގެން ކަމަށް ވެސް ސައީދު ވިދާޅުވިއެވެ. ދިވެހިންނަށް ހާއްސަ ވިޔަފާރީތައް ކަނޑައަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮރަލް

    ގިނަ ފަހަރަށް ވިޔަފާރި ރަޖިސްޓްރީކޮށްފައި އޮންނަނީ ދިވެއްސެއްގެ ނަންމަތީގައި ކަމަށާއި ހިންގަން ހަވާލުކުރަނީ ބިދޭސީއަކާ ކަމަށެވެ. މިއީ ވ ކޮސް ވާހަކަ އެކެވެ. ދިވެއްސެއްގެ ނަމުގަ އޮންނަ ވިޔަފާރި އެއްހިންގަން ބިދޭސީ އަކު ހުންނަ ނަމަ ހައްޔަރު ނުކުރެވޭނެ ވާހަކަ އޮތީ ކޮން ގާނޫނަކު ތޯ އެވެ.؟ ގޮޅީގަ އެކަނި މާއެކަނި ބިދޭސީއަކު ވިަޔފާރި ކުރަން ހުންނަނަމަ ގާނޫނު ބުނާ ގޮތުން ވަގުތުން ހިފާ ހައްޔަރު ކޮށް ޑިޕޯޓް ކުރެވޭނެ އެވެ.

    16
    • ހުސޭނުބޭ

      ތީ ކޮސް ވާހަކައެއްނޫން. ސީދާ ހަޤީޤަތް

  2. ނަސީރު

    އަޖާއިބެއްތީ ! ކަލޭމެން ބޮންދުން ފޮނުވާލާވަރަކައް މަގުތައް މަތީގަޔާ ، ކޮފީބޯ ތަންތަން އެމީހުން ހުޅުވާލެއް ވަނީ ގިނަ . 1000 ފޮނުވާލާފައި 2000 މީހުން ގެންނަނީތަ އަނެއްކާ.

  3. ގިތެޔޮ

    ދިވެހި ސިފައިންނަށް ހުތުރު އަރުވަންތަ ރަތް މަހުމާ ފޮތިކޮޅު ޖަހައިގެން ތި އިނީ..

  4. ނެތް

    ހާސަރުތަކެއް ދަމާނެކަމެއްނެތް ، ރާއްޖޭގައި ނުގަވައިދުން އުޅޭ މީހުން ބޭރުކުރޭ ، އެކަން ނުވަނީ ކަލޭމެނަށް ޤާނޫނެއް ނެތީމައިތަ؟ ބާރު ނެތީމައިތަ؟ ޔުނީފޯރްމެއް ނެތީމައިތަ ؟ މުސާރަ ކުޑައީތަ ؟ ނުވަތަ ސްޓާފުން ނެތީތަ؟ މަދުވާކަމެއް ބުނެބަލަ ރައްޔިތުން ކަލޭމެން ބޭނުންވާ އެއްޗެއް ދޭކަށް ހުރަހައެއް ނާޅާނެ، ރައްޔިތުން ބޭނުންވަނީ ނުގަވައިދުން އުޅޭ މީހުން މިގައުމުން ބޭރުކުރަން، އަދި ނުގަވައިދުން މީހުން މިގައުމަށް އެތެރެ ވިޔަނުދޭން. ކީއްވެހޭ ގައުމު މިހާލަތަށް އަންނަން ޖެހުނީ؟ ހަވާލުކޮށްފައިވާ ޒިންމާ އަދާކުރާށޭ !!

  5. ބޮޑުރަސްގެފާނު

    ދިވެހި މީހާގެ އެ ވިޔަފާރި ހުއްދަ ބާތިލްކޮށް ،، އަލާފިލާވަރުގެ ޖޫރިމަނާއެއް ކޮށްލާ

  6. އެނޯނިމަސް

    ތިހެންވިއްޔާ ތީގެ 100 ގުނަ މިހާރު އޮންނާނީ ޓޫރިސްޓު ވިސާގައި އެތެރެވެފަ.