ރާއްޖެ އާއި އިންޑިއާ އޮންނަ ގާތް ގުޅުން ދުރު ނުކުރެވޭނެ ކަމަށާއި ދެ ގައުމު ވަރިވެސް ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއެއްގައި ނަޝީދު ވިދާޅުވީ މި ދެ ގައުމަކީ އެއް ފޮތަކުން ކިޔަވައިގެން، އެއް ސަގާފަތަކަށް އުޅޭ ގާތް ދެ ގައުމު ކަމަށާއި ދެގައުމުގެ ގުޅުން ވަކިނުވާނެ ކަމަށެވެ.

"އަހަރުމެން ކިޔަނީ އެއް ފޮތެއް. އަހަރުމެން ބަލަނީ އެއް ފިލްމެއް. އަހަރުމެން ކަނީ އެއް ކެއުމެއް. އަހަރެމެންގެ ޘަގާފަތް އެއްގޮތް. އަހަރުމެންނަނީ ވަރަށް އެއްބައިވަންތަ ބައެއް. އަހަރުމެންނަކީ އެއްބައެއް. އަހަރުމެންނާއި އިންޑިއާ އާއި ވަރިއެއް ނުކުރެވޭނެ. އަހަރުމެންނާއި އިންޑިއާ އާއި ދުރެއްވެސް ނުކުރެވޭނެ. " ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މި ސަރުކާރުން ކިތަންމެ ވަރަކަށް އިންޑިއާ އާ ގުޅުން ބާއްވަން ބޭނުން ނުވިޔަސް އެ ގުޅުން ނުކެނޑޭނެ ކަމަށެވެ. ދެ ގައުމުގެ ގުޅުމަކީ އެއަށްވުރެ މާ ވަރުގަދަ އަދި ޑިޕްލޮމެޓިކް ގުޅުމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ގިނަ ޑޮކްޓަރުންނާއި، ޓީޗަރުންނާއި، އެކައުންޓެންޓުންނަކީ ވެސް އިންޑިއާގެ ރައްޔިތުން ކަމަށާއި އިންޑިއާ އާ ދެކޮޅުވެގެން ދިވެހިންނަށް ސިޔާސީ ގޮތުންވެސް އެއްވެސް މަންފާއެއް ނުކުރާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ "އިންޑިއާ އައުޓް" ގޮވަމުން ވެރިކަމަށް އައި ނަމަވެސް ރާއްޖޭގެ ގިނަ ރައްޔިތުން އެ ކެމްޕެއިން ގަބޫލުނުކުރެއެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލައިގެންވެސް ވާކަށް ނެތްކަމަށް ނަޝީދު ވިދާޅުވިއެވެ.

"ރައީސް މުއިއްޒު ބޭނުންވެލައްވަނީ އެކަން އެހެން ގޮތަކަށް ކުރަން. އަޅުގަނޑު ގަބޫލެއް ނުކުރަން އެކަން އެގޮތަށް ކޮށްގެން ވާނެ ކަމަކަށް. އެމަނިކުފާނު ބޭނުންފުޅުވަނީ ސިފައިންގެ ބަދަލުގައި ސިވިލިއަން އެކަން ކުރަން. މިކަން އެންމެ ފުރަތަަމަ ވެސް ކުރަން ނިންމާފައިވާ ގޮތަކީ، އެމީހުން ރާއްޖޭގެ ސިފައިން އެ މަސައްކަތްތައް ކުރަން ޓްރެއިން ކުރަން. އަދި ޓްރެއިނިން ނިމެންދެން އެމީހުން ރާއްޖޭގައި ތިބެން. އަޅުގަނޑު ގަބޫލު ކުރަނީ އެކަން އެގޮތަށް ވާން. އަޅުގަނޑު ގަބޫލު ކުރަނީ އެހެން އެކަން ވާނެ ކަމަށް." ނަޝީދު ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ އެދުމަށް ދެކޮޅު ހެދުމެއް ނެތި އިންޑިއާ ސިފައިން އަނބުރާ ގެންދިޔުމަށް އިންޑިއާއިން އެއްބަސްވެފައިވާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ އިންޑިޔާއިން ރާއްޖޭގެ ނިންމުންތަކަށް އިހްތިރާމް ކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

  1. ގާނާ

    ސިޔާސި ކަންކަމާ ދުރުވީއޭ ބުނި މީހާ މިއޮއް އަނގަތަޅަން ފެށީ. ގާނާގަ މަޑުން އޮވެބަލަ. އިންޑިޔާ މިގައުމަށް މިދިޔަ 5 އަހަރު ހެދިގޮތް މިހާރު އެންމެނަށްވެސް އެނގޭ. އޮޅުވައެއްނުލެވޭނެ

    83
    0
    • Anonymous

      އެއްކަލަ ކަޅު މުހައްމަދު އިންޑިޔާއިން ތަޅާނެ ކުދިންކޮޅެއް ހޯދަންތާ މިއުޅެނީ، މީނަ ގާނާގައި ހުރެގެން ރާއްޖެޔާއި ދިމާކުރަނީ ދޯ ، މީނަޔަކީ އުމުރުގެ ބޮޑުބައި ޤައުމުން ބޭރުގައި ހުރެ ޔަހޫދީންގެ އެހީކައިގެން އެމީހުނަށް މަސައްކަތް ކޮށްދޭން ބައިއަތު ހިފައިގެން ދިވެހި ރާއްޖޭގެ ރައީސުގެ ނަމްބޯޑް އަޅުވައިގެން ހުންނަ ޢައްދާރެއް !

    • ހނހ

      މިޔޮތީ ސާބިތުވެފަ އިންޑިޔާ ސިފައިން ފައިބަނީ ކަން. ނަސީދާ އިންޑިޔާ އެގޮތް ބޭނުން ނުވާކަން.

  2. ޣައްދާރު

    މީ ކީކޭ ކިޔާ ޣައްދާރެއްތަ؟ ކައިވެންޏޭ ވަރިއޭ މިކިޔަނީ. ގައުމު އަޅުވެތި ކުރުމާ އަޅުގަނޑުމެންދެކޮޅު. ގާތްކަން ބާއްވަން ވާނީ ވަކި ހިސާބެއްގަ. ގައުމުގަ އެހެން ގައުމުތަކުގެ ސިފައިން ބައިތިއްބާ ބޭނުން ވަގުތަކު ބޭނުންގޮތަކަށް ބޭނުން އެއްޗެއް ހިފައިގެން އައިސް ބެނުންގޮތަކަށް ބިދޭސީންނަށް އުޅެން ފުރުސަތު ދީގެން ނުވާނެ. މި އަންނި އެބަޖެހޭ ތަންކޮޅެއް ވިސްނައިގެން ވާހަކަ ދައްކަން. މިފަދަ ޣައްދާރުންނާ ހެދި ރާއްޖެ ހަލާކު މިވަނީ. މުޅިންވެސް ދޮގު ދޮލަގު

    72
  3. މީނާ

    ގައުމުގެ ބައިތުލްމާލު ދަވާލަން ދެތިން މަގާމުން މުސާރަ ނަގައިގެން މިހުރީ ގޮސް އެފްރިކާގައި. ދިވެހިންގެ ހައްގުގައި އެއްޗެއް ބުނުމުގެ ހައްގެއް މީނާއަކަށް ނެތް.

    76
  4. އަހަރެން

    މީތަ ސިޔާސީ ކަންކަމާ ދުރަށް ދިޔަ މީހާ

    70
    0
  5. ހޯރޭ

    އަނެއްކާ ހޮރުން ނުކުމެ ފެލެން ފެށީ!!!!!!!!! ކިހާވަރަކުން ދުއްވާލާނެބާ މިފަހަރު!

    66
  6. ވަރި

    ކަލޭ އިދެގެން އުޅެންޏާ އުޅެންވީ. އަހަރެމެން ދުވަހެއްގެ ކޮޅުން ތި ޤައުމަކާ އިންނާކަށް ބޭނުމެއް ނޫން. ތިޔަހެން ސަފުން ބާކީވެގެން ރައްޔިތުންގެ ފައިސާއިން މުސާރަފުޅެއް ނަންގަވައިގެން އަރުވާލެވިގެން ހުންނަވާއިރު ހިދުކޮޅު އައިސްގެން ކޮސް ގޮވޭނެ.

    67
  7. Anonymous

    ވޭންްދެނިވިިމަރަކުންްމީނަަމަރުވެއްޖެނަމަައަހަރެންްއުފާކުރާނަށް

    29
    5
  8. ޝެއިޚް އަޖުމަލް.

    ހުޝާމަތު ކުރިޔަސް ކާފަރު ގައުމެއް، މިއީ މުސްލިމް ގައުމެއް، މިހާރު ބޮވޭ ތަނަކަށްގޮސް ތިއޮތީ، 5000 ރައްޔިތުންނަށް ހަރާމް ކޯރު ވެފަ، މަޖްލިސް ގޮޑި ދޫކޮށްލާ .

    61
  9. އަޙުމަދު

    ރައީސް ނަޝީދު އާއި ތާޢީދު ކުރައްވާ ބޭފުޅުން ބޭނުންވި ގޮތް ތައްޔިތުން ގަބޫލު ނުކުރި. ރާއްޖޭއަކީ މިނިވަން މުސްތަގިއްލު ގައުމެއް، ރާއްޖޭގައި ބޭރު ގައުމު ތަކުގެ އެކި ފަންތީގެ ބޭފުޅުން ވަޒީފާ އަދާ ކުރަނީ ހިލޭ ސާބަހަކަށް ނޫން، ކޮންމެ މަގާމަކަށްވެސް މޫސާރަ ބަރާބަރަށް ދެމުންދަނީ، ފިޔާ އަލުވި އެކްސްޕޯޓް ކުރާ ގައުމުތަކުން ފިޔާ އަލުވި ގެންނަނީ އެއަށް އަގުދައްކާފައި ވިޔަފާރި އުސޫލުން، އަވަށްޓެރި ބައެއް ގައުމުތަކުން ރާއްޖެއާއި ގުޅުން ބޭއްވުމުން އެކަމުގެ މަންފާ ކުރަނީ ވަކި ބަޔަކަށް ނޫން ދެގައުމަށްވެސް ފައިދާ، ނަމަވެސް މަކަރުވެރި ރޭވުންތައް ރާވައި ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަތް ބާނަން ފުރުޞަތު ނުދެވޭނެ އަދި އެގޮތަށް ގުޅުން ބަދަހިވެސް ނުކުރެވޭނެ.

    45
  10. ޝޮކްތެރަޕީ

    މީގެ ފަހުން ރާއްޖެއާ ދެކޮޅު ވާމީހުނާ ދެކޮޅައް ދިވެހިން ތެދުވާނެ. ބޭކާރު އަގަތަޅާ މީހުން ފޭލްވާނެ

    51
  11. ހުސްބަސްތީ

    ދިވެހިންގެ 99.99% މީހުންކަނީ އިސްލާމުން އަންނިގެ ދީން ޔަގީން ނުވާތީ 100% ނުވަނީ އިންޑިޔާގެ 99%އަކީ ހިންދޫން ކާފަރުން މުސްރިމުން އިސްލާނުވެ މަރުވެނެނަމަ 99% މީހުންދާނީ ނަރަކަޔަށް!

    38
  12. ކިހިނއްމިވީ

    ބަލަ މީނަބުނި ތިމަންނަ ސިޔާސީ ކަންތަކުން އެއްފަރާތް ވިއްޔޭ މިމީހުން(މިއެމްޑީޕީ)ނޫނިއްޔާ ނޫޅޭނެ ބުނާ ބަހާ ޢަމަލާ ދިމާނުވާބައެއް ނުކުރާނަމޭ ބުނެފިތަ ކުރާނެކަން ކަށަވަރު

    40
    1
  13. ތައުފީޤް

    ވަރި ނުކުރިއަސް މިހާރު އެކުގަ އުޅެވޭކަށްނެތް. ގެވެށި އަނިޔާ ކުރާވަރުން.

    45
  14. ހަވަރު ތުންފުހި

    ރާއްޖެ ފަސާދަ ކުރަން ނޫޅެ، ނަޝީދު އިންޑިޔާއާއި އިދެގެން، މަޖިލީހަށް ހާޒިރު ނުވެ މުސާރަ ނަގައިގެން ގާނާ މަގުމަތީގަ ސަލާން ޖަހާ ހުރެ ބަލަ.

    36
  15. ގަންޖާބޯ

    މިކަލޭގެ އަނގަޔާހުރެގެން ސަލާމަތް ނުވެގެން ކިހިނެއްވެގެންތަ އެއުޅެނީ؟

    37
  16. މާޟީ

    އިންޑިއާ އައް ގައުމު ވިއްކާފަ ފިލާތިބޭ އަދި މަޖިލިހުގެ ރައީސޯ

    32
    • Anonymous

      ޗޯރު ނަޝީދާއި ޗޯރް އިބްރާހީމް އަކީ ޤައުމު ލޫޓުވާލި ބޮޑު ޗޯރުން !

  17. ޢަލަމް

    ކުރެވޭނެ އެހެންނޫންނަމަ ލާވެސްނުވާނެ ވެރިކަމުންވެސްދުރުކުރިގޮތައް ރައްޔިތުންނިކުމެ އެކަން ކުރާނެ ރައީސްއޮފީސްގަޑިން މިހާރު 12:54 އެވަރިކޮއްބޭރުކުރީ މީދިވެހިރައްޔިތުން އިނގިރޭސިންގެ އަޅުވެތިކަންވެސްނިއްމިދިވެހިން ބަންގާޅި އަލަމްގިރިވެސް ބޭރުކުރީ ދިވެހިފިރި ހެނަކުގެންގުޅެނިކޮއް މީހުންކިޔާއުޅޭ ކެނެރީގެއޭ ވެސް ތިބޮކިއެއްދެނެއް ނުދިއްލޭނެ ދިވެހިމަގު ތަކުން

    26
  18. މޮޔަ ސޮރު

    ބޯގޯސް

    31
  19. ރިސްމީ

    ކަލެޔާ ލައިލާވެސް ވަރިވެސްވެއްޖެ، ވަކިވެސްވެއްޖެ.

    32
  20. އލމގރ

    އަބަދުވެސް ވަރި ވާ ވާހަކަ ބޯހަލާކު

    30
  21. ޙަސަނުބެ

    ކަލޯ ކަލޭ ތީ ކާކު ދިވެހިން ބޭނުންވާ ގޮތް ކަލޭ އިންޑިއާ އަށް ކިޔާއިދޭން ފުރަތަމަ ކަލޭތީ މިހާރު ދިވެހިން ބަލައި ގަންަނަ މީހެއްނޫން ކަލޭ ބޭނުންވާހާ ގޮތަކަށް ޑރ މުއީޒް ކަންތަށް ކުރާކައް ނުޖެހޭނެ ނުވެސް ކުރާނެ ދެން ތިތާ ގޭނި ގޭނި ހުސްވަންދެން ހުރެބަލަ

    33
  22. ބޮޑޭ އަހައްމަދު

    ބަލަ! މަނިކުފާނަށް ލައިލާ ވަރިކޮށްފަ އެހެންމީހަކާ އިދެވުނުއިރު އަހަރެމެން ( ދިވެހިން) ނަށް ކީއްވެހޭ އިންޑިޔާ ވަރިކޮށްފަ ޗައިނާއާ ނުއިދެ ވޭންވީ ؟ ކޮސްވާހަކަ ނުދައްކަވާ ހުންނަވާށެވެ!

    33
  23. މަރިޔަބު ދާތަ

    ރާއްޖެ އާއި އިންޑިއާ ވަރިއެއް ނުކުރެވޭނެ އަދި ދުރެއްވެސް ނުވާނެ: ފުރަތަމަ މޯދީ އަންހެނަކާ އިދެގެންނު ވަރިކުރެވޭނީ އަދިވެސް 15ވަނަ ގަރުނު ފަހަތުގާ މޯދީ އެއުޅެނީ މުސްކުޅިވެ ހަންޓޯޓޯ ވާއިރުވެސް ނަސީދަށް އިންޑިޔާ އެންބަސީން ސިޓީއުރާގަ ރުފިޔާ ކޮޅު ދޭތީ މޯދީ ޖިންނި އަވަލާގެން މިއުޅެނީ

    23
    1
  24. ސުން

    ފަސާދަ ކުރާ މީހުންނާމެދު ޤާނޫނެއް ހަދާ ހިސާބަށް ގޮއްސި...މިކަހަލަ ފިތުނަވެރި ދައްކާ މީހުންނަށް ހަރުކަށި އަދަބު ދޭންޖިހޭ!

    10
  25. ލޮލަ

    ލައިލާ ވަރި ވެއްޖެތާ!

    10
  26. ނަނަނަ

    މިތިބީ 56% ވޯޓުން ވަރިވެގެން. ކަލޭ ހުރޭ ދެން އަނގައަރުވަން.. ޣައްދާރު..

    11
  27. ކަމަނަ

    ކަލޭ އަގަނާރުވާ މަޑުންހުރެބަލަ

    10
  28. ޖގ

    މީނާ ފާޅުވީދޯ ކަސްތޮޅު އަޅުވާ ސައިތާނުން މީނާއާ މަސައްކަތް ހަވާލުކުރީ ތޯއްޗެ

    11
    1
  29. މަޒް

    މުސްލިމުންނާ ބުދު ދީނުގެ މީހުންނާ ކައިވެނި ކުރެވޭނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ. ނުވެސް ކުރެވޭނެ އަދި ނުވެސް ކުރުވޭނެ

    12
  30. Anonymous

    ތިންފަތްވީމަކާ ގުޅޭނެ ގޮތެއްވެސް ނޯންނާނެ، ބަލަ މޮޔަފުޅުވެގެން ތިއުޅެނީ ، މިހާރު ދިވެހިން ވަނީ ނަޝީދު ދޫކޮށްލާފައި، ނަޝީދުވެސް އުޅޭނެ ގޮތަކަށް އުޅެންވީ، ދިވެހިންވެސް އެމީހުންގެ އަމިއްލަ ދިރިއުޅުމާއިގެން އުޅެންވީ، ނަޝިދުވެސް ދިވެހިންނާއި ބެހޭނެ ކަމެއްނެތް ދިވެހިންވެސް ނަޝީދާއިވެސް ބެހޭނެކަމެއްނެތް !

  31. ފޮއްބެ

    އޭ ނަސީދޫ، ކަލޭ މޯދީ އާއި ކައިވެނިކޮށްގެން ވަރިނުވެ އިނދެބަލަ. މި ގައުމު ކަލެއަށްވުރެ މާ ބޮޑު.

  32. އައުޓް

    އިންޑިއާ އައުޓް ކެނެރީގެ ނަޝީދު ގައްދާރު އެއާރޕޯރޓް ވިއްކާލި ބޮޑުވަގު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު ގައްދާރު އެއާރޕޯރޓް ވިއްކާލި ބޮޑުވަގު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު ގައްދާރު އެއާރޕޯރޓް ވިއްކާލި ބޮޑުވަގު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު ގައްދާރު އެއާރޕޯރޓް ވިއްކާލި ބޮޑުވަގު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު ގައްދާރު އެއާރޕޯރޓް ވިއްކާލި ބޮޑުވަގު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު ގައްދާރު އެއާރޕޯރޓް ވިއްކާލި ބޮޑުވަގު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު ގައްދާރު އެއާރޕޯރޓް ވިއްކާލި ބޮޑުވަގު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު ގައްދާރު އެއާރޕޯރޓް ވިއްކާލި ބޮޑުވަގު އައުޓް

  33. މަށަކީ ޚާއިނެއްނޫން

    ޢައްދާރެއް! މިކަލޭގެ އަކީ މިގައުމުގެ އަދުއްވެއް!

  34. ހުސެން

    ކަލޭ ބުނީ ލައިލާ އާއި ވަރި ނުކުރާނަމޭ ވެސް .ކަލޭ ބުނި އެމްޑީޕީ އާ ވެސް ވަރިއެއް ނުވާނަމޭ .ދެނޯ ދެން ލަލާލާ؛ލަލލލލލލލަލާ

  35. އަލީ

    ރާޢްޖޭގެ އެންމެނަށްވެސް އެނގޭ ތިއީކަން އިންޑިއާ ސިފައިން މިތަނަށް އެރުވި މީހަކީ.

  36. އަބްދޫ

    ކަލެއާއި މޯދީ އާއި އިނދެގެންތަ އުޅެނީ ؟

  37. އަބްދޫ

    އިންޑިޔާ އަކީ މިހާރު ދެފިރިހެނުން ކައިވެނިކޮށްދޭ ގައުމެއް 2009 ގަ ރާއްޖޭގެ އާޓިފިސަލް ބީޗް ގެ ދެފިރިހެނުން ކައިވެނިކޮށްދޭށޭ ކިޔާ ކުރި މުޒާހަރާވެސް މިކަލޭގެރޭވުމެއްކަމުގަ ވިސްނެނީ މި ނަސީދު އާއި މޯދިއާއި ކައިވެނި ކުރިނަމަ އަދި ވަރި ނުކުރޭ އެ ދޮގަކަށް ނުވާނެ.