ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކުރި އަސްކަރީ އެއްބަސްވުމުގެ ދަށުން ރަބަރު ވަޒަނާއި ކަރުނަ ގޭސް "ގަތުމަކީ" ދެރަ ކަމެއް ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު އެގޮތަށް ވިދާޅުވި ނަމަވެސް ރާއްޖެ އާއި ޗައިނާއާ ދެމެދު މި މަހުގެ 4 ގައި ސޮއިކުރި އަސްކަރީ އެއްބަސްވުމަކީ ދިވެހި ސިފައިންނަށް ހިލޭ ތަމްރީނާއި ހިލޭ ނަން ލީތަލް އާލާތްތައް ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ މީޑިއާއެއް ކަމަށްވާ ރިޕަބްލިކް" އިން ގެނެސްދިން "ރިޕަބްލިކް ސަމިޓު"ގެ ތެރެއިން ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ނޮވެމްބަރު 3، 1988 ގައި އޭރުގައި އޮތް ވެރިކަން ބަޣާވާތަކުން ވައްޓާލަން އުޅުމުން އެކަން ނާކާމިޔާބުކޮށްލީ އަވަށްޓެރި އިންޑިއާ އިން ކަމަށެވެ. އަދި ރާއްޖެ އަށް ކޮންމެ ފަހަރަކު ވެސް އަސްކަރީ ނުވަތަ ސަލާމަތަށް ނުރައްކާ ކަމެއް ހިނގައިފި ނަމަ، އެކަމަށް އެހީވަނީ އިންޑިއާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުންތަކާއި ދެ ގައުމުން ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ ތަމްތީނުތަކަކީ އެހެން ގައުމަކާ އަރާ ހަމަކުރެވޭނެ ކަންކަން ނޫން ކަމަށެވެ.

ޗައިނާ އިން ސިފައިންނަށް ހިލޭ ތަމްރީނާއި ނަން ލީތަލް އާލާތްތައް ދޭނެ: ރައީސް

"ވަރަށް ދެރަކަމެއް އެއީ ރަބަރު ވަޒަނާއި ކަރުނަ ގޭސް ޗައިނާ އިން ގަންނަން ޖެހޭކަމަށް ރާއްޖެއިން ނޫނީ ރާއްޖޭގެ ރައީސް ދެކެވަޑައިގަންނަވާ ނަމަ،" ނަޝީދު ވިދާޅުވިއެވެ.

ޑިމޮކްރަސީއެއްގައި ވެރިކަން ކުރަންވާނީ ގާނޫނުގައިވާ ގޮތަށް ކަމަށާއި މި ތަކެތި ބޭނުންކޮށްގެން ދިވެހިންނާ ދެކޮޅަށް ބޭނުން ކުރުމަކީ ތަރުހީބު ދެއްވާނެ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމާ މި ކޮންމެ ހަތިޔާރެއް ގަތަސް އެއީ ބޭކާރު އެއްޗަކަށް ވާން ބޭނުން ވަނީ. އަޅުގަނޑު އުއްމީދު ކުރަނީ ކުރިއަށް އޮތް ތަނުގައި ވެސް އެކަން އެހެން އޮންނާނެ ކަމަށް." ނަޝީދު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ދާދި ފަހުން ވިދާޅުވީ ބޭރު ގައުމުތަކުގެ އެހީއާ އެކުގައި މި މަސައްކަތްތައް ވެސް ކުރެވެނީ އަމިއްލަ ފައިމައްޗަށް ތެދުވުމަށާއި ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަށް އިތުރަށް ވަރުގަދަ ކުރުމަށް ކަމަށެވެ. ރާއްޖެ އާއި ޗައިނާއާ ދެމެދު އަސްކަރީ ދާއިރާ އިން އަބަދުވެސް ގުޅުން އޮންނަ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"މީގެސަބަބުން އިރާދަކުރެއްވިއްޔާ ދިފާއީ ބާރަށް އިތުރު ތަމްރީންތަކާއި ޓެކްނިކަލް ކެޕޭސިޓީ އިތުރުވެގެން ދާނެ،" ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ހުސޭނުބޭ

    ފެބްރުއަރީ 12 ގައި ކަލޭގެ އޯޑަރަށް ރައްޔިތުންނާ ދެކޮޅަށް ރަބަރު ވަޒަން ބޭނުންކުރި ހަދާންނެތުނީތަ؟ ވީމާ ކަލޭ 2 ވަނަ ފަހަރަށް ވެރިކަމަށް އަރާއިރު އޯގާތެރިކަމަށް ހެދިގެން ރައްޔިތުން ހަނާއަރުވާލުމަށް ކުރިޔަށް އެބަޖެހޭ ދެތިން ގުދަން ފުރާ ރަބަރު ވަޒަން ހޯދަން. އޭރުން ކަލެޔަށް ފަސޭހައެއްނު!

    41
    2
  2. ޝާއިމް

    މިބަލާ ދެން ވެސްމަޑުން ނުހުރެވިގެން މިއުޅެނީ މިގައުމު ނަޝީދައް ނޫނެކޭ ބުނެފި ދެން ކޮންމެވެސް އެހެން ކަމަކާ އުޅެން ދޭ މިހާރުވެސް މިގައުމު ފަސާދަ ކުރެވުނު ވަރު ކުޑައީ ދޯ އިންޑިޔާމީހުން ރުޅި އަރުވަނީ މި ކަލޭގެ އާއި އެމްޑީޕީ ވެރިން ރައްޔިތުން ނައް ހުރި ބޮޑު މުސީބަތެއް މީ ދިވެހް ހޭލާފި އަނގަ ހުޅުވުނީ އަހަރެމެބް ހެއްދެވި ފަރާތް ކަން އެނގޭ ސަލާން

    42
    2
  3. ވަރައް ވާހަކަ

    ނޮވެންބަރ3ގެ ވާހަކަ މަނިކުފާނު ނިދައްކާހުރުން ބުއްދިވެރި

    40
    2
  4. އަބްދޫ

    ވަގު ނަސިދު ގެ ބަލާ ވަރަށް ބޮޑު ވެއްޖެ ، ވަގު ނަސީދު މިގައުމަށް އިންޑިޔާ ސިފައިންއެރުވިކަމީ ވަރަށް ދެރަކަމެއް. ވަގުނަސީދަކީ ގާނޫނުއަސާސީ ބުނާގޮތުން ވެރިކަން ކުރި މީހެއްނޫން ވަގެއް. ގާނޫނުއަސަސީގަ އެބައޮތް ވަގަކު ވެރިކަމަށް ނާރުވާށޭ ވަގަކަށް ވެރިކަން ދިޔަސް އެއީ ވެރިޔަކުކަމަށް ގަބޫލުނުކުރާށޭ. ވީމާ އަނަގަ މަަޑުންލައިގެން ނުހުރެވޭނަމަ ސްޕްރީމްކޯޓަށް ހުށަހަޅައިގެ މިހާރު ލިބޭ އިނާޔަތްތައް ކަނޑުވާލަންޖެހިދާނެ.

    37
    1
  5. ނާޒިމް

    މިހިރަ ގަމާރު ނަޝީދޫ. ނޮވެމްބަރު 3 ގެ ބަޣާވާތް ނާކާމިޔާބު ކޮށްލީ ދިވެހި ސިފައިން. ތިޔަ ބުނާ އިންޑިއާ ސިފައިން އައި އިރު ކަލޭގެ އާއިލާއަށް ނިސްބަތްވާ ބަޔަކު އަޑީގައި ތިބެގެން ގެނައި ބާޣީން ފިލަން ދުވަނީ. އިންޑިއާ ސިފައިން މިތަނަށް އައިސް ހަނގުރާމައެއް ނުކުރޭ. އެމީހުންގެ އެހީތެރިކަމަށް ޝުކުރިއްޔާ. އެކަމަކު ރާއްޖެ ސަލާމަތްކުރީ އިންޑިއާ ސިފައިންނޭ ބުނުމަކީ ތާރީޚު އޮޅުވާލުން.

    41
    1
  6. ޙެހެހ

    މީނައަތުން ދިވެހި ރައްޔިތުކަން ނިގުޅާކަށް ނުވޭތަ ، ޤައުމުގައި ފިތުނަ ފަސާދަ އުފައްދާފަ މިހާރު އަވަށްޓެރި.ޤައުމުތަކާއި މެދުވެސް ފިތުނަ އުފައްދަނީ ،
    ބަލަ އިބިލީސް ، ޗައިނާއިން އެއޮތީ ބޮޑު ބުރިޖެއްވެސް އަޅާދީފަ ދިވެހިންނަށް ދުއްޕާން ކުރޭތަ އެބަ ،

    35
    1
  7. ތިބޭ

    މީ ފިތުނަ ފަސާދަ އުފައްދަން ވާހަކަ ދައްކާ އިންޑިއާގެ ޕަޕެޓުން. ރައްޔިތުން ގަބޫލެއް ނުކުރޭ ތި ބޭޅާ ގެ ވާހަކައެއް އިނގޭތޯ.

    35
    1
  8. މާޟީ

    ރާއްޖެ އައްފާޑު ކިއާނެ ކަމެއް ނެތް

    37
    1
  9. ގެރި މޯދީ

    ދެން އިންޑިޔާ އިންތަ ގަންނަންވީ

    33
    2
  10. ހަމަޖައްސާލަ

    ބުރޯ ތިހިރީ ވެރިކަމަކުވެސް ނޫނެންނު ހުރިހާކަމަކާ ނުބެހިބަލަ ފަހުން އިންމީހާ ގޮވައިގެން ރީތިކޮށް އުޅެވޭތޯބަލާބަލަ

    33
    1
  11. ކަންކުނާޑި

    މިބޭޅާ އެފުރިކާހުންނަވާފާވެސް މުކޮސް އނގއރވތ ބޮލަށްތުރާވޭ

    27
    1
  12. ދިވެހިން

    މިމީހާގެ ބަލާވެރިކަން ނުފިލާ ގަމާރާ ހަތިޔާރަކީ އަބަދުވެސް ގަންނަން ޖެހޭ އެއް ނުޖޭ އިންޑިޔާއިން އެތަކެތި ގަންނާކަށް

    32
    1
  13. ޭއެތެރެވަރި

    އިންޑިއާ އެންބަސީން ހިމާޔަތް ހޯދައިގެން ޖަލުން ފިލީ މީހަކަށް އެވަރެއް ނޯންނާނެތާ. ބަބުރުންގެ ތެރޭހުރެވެސް ވަސްވާސްދޭނެ. ވެތުވެދިޔަ ފަސް އަހަރު އިންޑިޔާއިން ކަރުގޭސް ގަނެގެން ދިވެހިންގެ ލޯތައް ކަނުކުރަމުން ދިޔައިރު މީނަގެ އަޑެއް ބަޑެއް ނީވޭ. ވެރިކަން ގެއްލުނީމަ އެކްޓިވޭޓު ވަންޏާ އެމަސައްކަތްކުރަނީ އަމިއްލަ ފައިދާއަށް ރައްޔިތުންގެ ފައިދާއަކަށްނޫން.

    9
    1
  14. ހަސަނުގ

    އެ ގަންނަންވީ ކޮންތާކުން ދެން؟

    7
    1
  15. ލޯބިވާ ވަޠަން

    ދުވަސް ގަނޑަކަށްފަހު ރަންނަމާރި އަރައިފި.

    10
    1
  16. ޙައްޖަ

    މީ ކޮންމަނިކުފާނެއްތަ މީނާއައްކޮޔަނީ މީ ގަންޖާއެއްނޫންތޯ

    8
    1
  17. Anonymous

    އެއްކަލަ ކަޅު މުހައްމަދު އިންޑިޔާއިން ތަޅާނެ ކުދިންކޮޅެއް ހޯދަންތާ މިއުޅެނީ، މީނަ ގާނާގައި ހުރެގެން ރާއްޖެޔާއި ދިމާކުރަނީ ދޯ ، މީނަޔަކީ އުމުރުގެ ބޮޑުބައި ޤައުމުން ބޭރުގައި ހުރެ ޔަހޫދީންގެ އެހީކައިގެން އެމީހުނަށް މަސައްކަތް ކޮށްދޭން ބައިއަތު ހިފައިގެން ދިވެހި ރާއްޖޭގެ ރައީސުގެ ނަމްބޯޑް އަޅުވައިގެން ހުންނަ ޢައްދާރެއް !

    4
    1
  18. ކޮތަރުކޮށި

    މިކަލޭގެ ބުނި ދުވަސްކޮޅަކަށް ސިޔާސީ ދާއިރާ އާ ދުރުވީއޭ. ފައްކާ ޔަހޫދީންގެ ސިފަ ބުނާބަހާ ޢަމަލާ ދިމާނުވާނެ. ބަލަ ކަލޭވެސް ތީ މަޖިލިސްގަ ބަޔަކު ތަމްސީލް މީހެއް ލާކައިފެން ތިހުންނަނީ އެހެން ޤައުމެއްގަ. ކިހާބޮޑު ވަބާއެއް.

    5
    1
  19. އަހަންމަ

    ބަލަގަ ނޮވެންބަރ3 ގައި ޙަމަލާދޭން ފޮނުވީވެސް އިންޑިޔާއިން.. ދެން ސަލާމަތްކުރަންވެސް އަންނަން ޖެހޭނީ އެމީހުނަކަށްނު.. ސަލާމަތްކުރީ އެމީހުންގެ އަބުރު.. ރާއްޖެއިން އެޖެންޓަކަށް ހުރީ ނހރއޕނގެ ބޮޑުބޭބެ.. އަނގަހުޅުވަން ލަދުވެސް ނުގަންނަނީއޭ

    4
    1
  20. ކެރަފާ

    ޢައްދާރު ހިފާ ހައްޔަރު ކުރާށޭ!

    5
    1
  21. އަބޫބޭ

    1988 ކްމައްކުރީމަ މިދިޔަ 5 އަހަރު މި ގައުމު ވިއްކަލި ވަރު މަދުވެގެން ތަ ތި އުޅެނީ

    4
    1
  22. ޒިފްލީން ތިނަދޫ

    ހެލިކޮޕްޓަރު އިންޑިޔާއިން ގެނެސްގެން މިއުޅެނީ ސަލާމަތްނުވެގެން އެގްރިމެންގަ އޮތީ އިންޑިޔާ ހެލިކޮޕްޓަރު ދުއްވާނީ އިންޑިޔާ މީހުންނޭ ހުރިހާ ހަރަދެއް ކުރާނީވެސް އިންޑިޔާއިންނޭ އަދި އިންޑިޔާ ހެލިކޮޕްޓަރު ރާއްޖޭގައި އޮއްވައި ބަލިމީހުން އުފުލުމަށާއި ސާވައިލެންސަށް އެހެން ގައުމެއްގެ ވައިގެ އުޅަދެއް ރާއްޖެގެނައުން ވެސް މަނާކޮއްފަވިއްޔާއޮތީ. ތުރުކީއިން ޑުރޯން ގަތީމަވެސް އިންޑިޔާއަށް ކެތްނުވީއެވެ ދެން ކަރުނަގޭހާއި ރަބަރުވަޒަން ރަބަރުވަޒން ޖަހާ ހަތިޔާރު ޗައިނާއިން ހިލޭ ދިނީމާ ކިޔާ ތުރުތުރެއް އިންޑިޔާ އަޅާނެ އެއީ ވެގެންއުޅޭގޮތަކީ.

  23. ކައުންސެލަރު 🙌

    ދުނިޔޭގެ ސުޕަޕަވަރެއްގެ އަތުގަ ހުންނާނެ ތަކެތީގެ ފެންވަރާ ކައްޕަޅި ބަޔަކު ގެންގުޅޭ އެއޗިހީގެ ތަފާތު އެއީ ނޭނގޭނެކަމެއްނޫން

  24. މުސްއަބު

    އެއީ ދެރަކަމެއްކަމަށް ބުނާނެ މަގުމަތީ ކުދިންކޮޅު. އެކުދިންނަށް މަގުމަތީ ސަކަރާތްޖަހަން އުޅޭއިރު މަގުމަތި އަމާންކުރާ ކުދިން އެކުދިންގެ ކުޅިވަރު ކުޅޭނޭތީ ވަރަށް ކަންބޮޑުވާނެ